މުއިއްޒުގެ ވެރިކަން ބަދަލުކުރަން އައްބާސްގެ ފުރިހަމަ ތާއިދު

MP Abbas. -- Photo: People's Majlis

MP Abbas. -- Photo: People's Majlis

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން، ދައުރު ހަމަވުމުގެ ކުރިން ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފުރިހަމައަށް ތާއިދުކުރައްވައި، ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

އެމްޑީއޭއަށް ނިސްބަތްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ދެއްކެވި ވާހަކަ އަށް "އިންސައްތަ ސަތޭކަ" ތާއިދުކުރައްވާ ކަމަށެވެ.

2028 ގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ގައުމުގެ ސަލާމަތަށްޓަކައި 2028 ވަނަ އަހަރުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ޕާޓީ ވަރުގަދަކޮށް އެމްޑީޕީގެ ސަރުކާރެއް އަލުން ގާއިމުކުރުން ކަމަށެވެ.

ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ

"އެ ނޫން ގޮތެއް ފެންނާކަށް ނެތް،" އައްބާސް ވިދާޅުވި އެވެ. 

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އައްބާސް ވިދާޅުވީ، މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު ރައްޔިތުންނަށް އޮތް ހަމައެކަނި ހައްލަކީ ވެރިކަން ބަދަލުވުން ކަމަށެވެ.

"މިހާރު މިއޮތް ހާލަތަށް ބަލާއިރު ޤައުމަށް ރައްޔިތުންނަށް އަދި ގައުމުގެ މުސްތަގުބަލަށް އެނޫންގޮތެއް ފެންނާކަށް ނެތް. ރައީސް ޑރ. މުއިއްޒު ވެރިކަމުގައި ހުންނަ ކޮންމެ ދުވަހެއްގެ ސަބަބުން ގައުމުގެ އިޤްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ލޮޅުންތަކެއް އަރަމުންދަނީ." 
އައްބާސް

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިގުތިސާދީ މި ދަތިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ދަށަށެވެ.

އައްބާސްގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވީ ސަރުކާރު ހިންގުމުގެ ނިޒާމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ހުރިހާ މައްސަލައެއްގެ އަސްލަކީ ރައީސް މުއިއްޒަށް "ސަރުކާރު ހިންގަން ނޭގުން" ކަމަށެވެ. މިނިސްޓްރީތަކަށް މިނިސްޓަރުން ހަމަޖައްސާ ނުނިމޭ ކަމަށާއި، ކުންފުނިތަކުގެ ވެރިން މެދުނުކެނޑި ބަދަލުކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލީ ހާލަތަށް ބެލުމެއް ނެތް "މަތިބަރު" ސަރުކާރެއް އުފަންކޮށްފައިވާ ކަމަށާއި އެހެން މީހުންނަށް އިހުތިރާމު ކުރުމާއި، މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ތަރުތީބު ނުކުރާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox