ގައުމަށް ހެޔޮ އެދޭ ނަމަ ޕީއެންސީގެ މަޖިލިސް މެންބަރުން ގޮނޑި ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި

Apr 26, 2026, 9:19 AM
ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި -- ފޮޓޯ: އިމްތިޔާޒް މޫސާ / އަދަދު

ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި -- ފޮޓޯ: އިމްތިޔާޒް މޫސާ / އަދަދު

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ގައުމަށް ހެޔޮ އެދޭ ނަމަ ގޮނޑި ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ޕާޓީގެ މެންބަރުންނަށް ނަޝީދު ނަސޭހަތް ދެއްވީ ރައީސް މުހައްމަދު މުއިއްޒުއާ ދުރަށްޖެހި، މަޖިލީހުން އިސްތިއުފާ ދެއްވުމަށެވެ. 

"އަޅުގަނޑު ދަންނަވާނަން، ޕީއެންސީގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތިބޭފުޅުން ރާއްޖެއަށް ހެޔޮ އެދޭނެމަ [ގޮނޑި] ދޫކޮށްލައްވާށޭ. ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ތިބޭފުޅުން ތިއްބަވައިފި ނަމަ ތިބޭފުޅުންނަށް ވާ ގޮތް ކައުންސިލް އިންތިހާބުގައި ވަރަށް ސާފުކޮށް ފެނިގެން އެދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މިންވަރަކަށް މަސައްކަތް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް ވެސް ނަޝީދު ފާޑުވިދާޅުވި އެވެ. 

"ދެން ރައީސް ވަޑައިގެން ވިދާޅުވީ ތިބޭފުޅުން މަސައްކަތް ނުކުރެއްވީއޭ. ނޫން، ފަލްސަފާއެއް ނެތީ، ވިސްނުމެއް ނުތުނީ، ތަސައްވުރެއް ނެތުނީ، މަންޒަރެއް ނުކުރެހުނީ، އުއްމީދެއް ނުދެވުނީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، 2028 ގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށެވެ. 

"އަޅުގަނޑު ޕާޓީގެ ޗެއާޕާސަން ކަމާ ހަވާލު މިވަނީ، ހަވާލުވުމަށް އަޅުގަނޑު އެދެނީ، އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް. [މުއިއްޒުގެ] ސަރުކާރު ބަދަލުނުވެ 2028 ވަނަ އަހަރު އަތުވެއްޖެނަމަ، އެއީ މި ދިވެހިރާއްޖެއަށް އަޅުގަނޑު ދެކޭ ގޮތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox