ހުލާސާކޮށް އިއްޔެ
1494 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު
ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
ހަބަރުހުލާސާކޮށް އިއްޔެ: މަޝްރޫއުތައް މަޑުޖެހިފައި، އަދި އަބުރުގެ ބިލް
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކި ޕާޓީއަކަށް ވަންނަން މަޖުބޫރުކުރުން ކުށަކަށް ހަދަން ބިލެއް ހުށަހަޅާފައިވާއިރު، އަބުރުގެ ބިލާ މެދު އިދިކޮޅު މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދައުލަތުގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފައިވާއިރު، ރަސްމާލެ ފަދަ މަޝްރޫއުތަކުގެ ސަބަބުން މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެއެވެ.
