ހުލާސާކޮށް އިއްޔެ: ކުނިވެފައިވާ ލޭ އެޅި މައްސަލަ

Apr 25, 2026, 6:37 AM
ލޭ ހަދިޔާކުރުން

ލޭ ހަދިޔާކުރުން

ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރާ ފްރިޖަކަށް ދިމާވި  މައްސަލައަކާ ގުޅިގެން، ފިނިކަން ކެނޑި ކުނިވެފައި ހުރި ލޭ ތިން ކުއްޖެއްގެ ގަޔަށް އެޅި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފްރިޖުގެ ފިނިހޫނުމިނަށް ދިމާވި ބަދަލަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ސިއްހީ ނިޒާމުގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

އިއްޔެގެ ހަބަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

ލޭ ރައްކާކުރާ ފްރިޖު ހަލާކުވެގެން ކުނިވެފައި ހުރި ލޭ ތެލެސީމިއާ ކުދިންތަކެއް ގަޔަށް އަޅައިފި

ތެލެސީމިއާ ސެންޓަރުގެ ފްރިޖެއް ހަލާކުވެ، އޭގައި ހުރި ކުނިވެފައިވާ ލޭ ތިން ކުއްޖެއްގެ ގަޔަށް އެޅި މައްސަލައެއް ފެންމަތިވެއްޖެ. މި ހާދިސާއާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސްއިން އާއިލާތަކުގެ ކިބައިން މައާފަށް އެދިފައިވާއިރު، މިކަން ހިނގަން މެދުވެރިވި ސަބަބު ބަލައި އިތުރު ފްރިޖްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.

ޑެންގޫ ހުން ޖެހިގެން ޒުވާން ކުއްޖަކު ނިޔާވުން

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގޫ ހުން ޖެހިގެން ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. މަރުވީ މުލީ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ އައިޝަތު އަންޖަލްއެވެ. އާއިލާއިން ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި ހާދިސާއާއެކު ޑެންގޫ ފެތުރޭ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި އާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ޑެންގޫ ޖެހިގެން މ. މުލިން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މި ހާދިސާގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކުރާއިރު، މިއީ މި މަހުގެ ތެރޭގައި ރާއްޖެއިން ޑެންގޫ ބަލީގައި ނިޔާވި ދެވަނަ މީހާއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މައްސަލަ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލެވޭނީ ވަކި މުއްދަތެއްގެ ކުރިން ޕާޓީއަށް ވަންނަ މެންބަރުންނަށް ކަމަށް ކަނޑައެޅުމުން، އެއީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލައާ ގުޅިގެން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރުމަށް އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ވަނީ އަންގަވާފައެވެ. މީގެ އިތުރުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވަނީ ޕާޓީގެ މެންބަރުން ތިބީ "ހިތުގައި ޖެހިފައި" ކަމަށް ވިދާޅުވެ، އެކަން ބަދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ވަކި ދުވަހެއްގެ ކުރިން ވަންނަ މެންބަރުންނަށް އެކަނި ވޯޓުލެވޭނެ ގޮތް ނުހެދޭނެ ކަމަށް ބުނެ އެމްޑީޕީއަށް މައްސަލައެއް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ވޯޓުލެވޭނީ ވަކި މުއްދަތެއްގެ ކުރިން ވަންނަ މެންބަރުންނަށް ކަމަށް ކަނޑައެޅުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފިއެވެ. މި ޝަކުވާއާ ގުޅިގެން، އިންތިޚާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ވަނީ އަންގާފައެވެ.

ޕާޓީގެ މެންބަރުން ތިބީ ހިތުގަިއ ޖެހިފައި، އެކަން ބަދަލުކުރާނަން: މީކާއިލް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވީ، ޕާޓީގެ ކަންކަން ހިނގާފައިވާ ގޮތުން މެންބަރުން ތިބީ ހިތުގައި ޖެހިފައި ކަމަށާއި އޭނާގެ އަމާޒަކީ އެކަން ބަދަލުކުރުން ކަމަށް. އަދި ޕާޓީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލީޑާޝިޕުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މީހުން ދޫކޮށްލުން

"އޮޕަރޭޝަން އަލިމަގު" ގެ ދަށުން ގއ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކު، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުގެ އެންގުމަށް ދޫކޮށްލައިފިއެވެ. މި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފައިސާ ލޯންޑާ ކުރާ ކަމުގެ ތުހުމަތު ކުރެވުނު ބައެކެވެ.

ހެކި ނެތިގެން ގއ. އަތޮޅު ޑްރަގް ނެޓްވޯކްގައި ހިމެނޭ ހަތަރު މީހުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ ވިޔަފާރިކޮށް ފައިސާ ލޯންޑާކުރާ ނެޓްވޯކަކާ ގުޅުންހުރި ކަމަށް ތުހުމަތުކޮށް "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހަކު، ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތުމުން ޕީޖީގެ އެންގުމަށް ދޫކޮށްލައިފި. މީގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ ކުރަން ޑްރަގް ކޯޓަށް ހުށަހަޅާފައި.

އިގުތިސާދާއި ދައުލަތުގެ ހަރަދުތައް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުލަތަށް ލިބޭ އާމްދަނީ ދަށްވަމުންދާއިރު ވެސް ސަރުކާރުގެ ހަރަދުތަކާއި އިސްރާފު އިތުރުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިންޑިއާއިން ދިން ޑޮލަރު ސްވޮޕް ފެސިލިޓީއަށް ޝުކުރު އަދާކުރައްވަމުން ނަޝީދު ވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.

އާމްދަނީ ދަށްވާއިރު ވެސް ސަރުކާރުގެ ހަރަދުތައް ބޮޑު: ނަޝީދު

ދައުލަތުގެ އާމްދަނީ ދަށްވެ، އިސްރާފާއި ޚަރަދުތައް ބޮޑުވަމުންދާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި. އަދި އިންޑިއާއިން ދިން 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއަކީ ކުރީގެ ދަރަނި ދެއްކުމަށް ނެގި އާ ދަރަންޏެއްކަން ފާހަގަކުރައްވައި، ދަރަނި މެނޭޖްކުރުމުގެ ހަރުދަނާ ޕްލޭނެއް ސަރުކާރުން ގެންގުޅެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި.

ސައިންސް އަދި ތާރީހީ ރިޕޯޓުތައް

ސައިންސްވެރިން ވަނީ ސިކުނޑީގެ ސެލްތަކާ މުއާސަލާތު ކުރެވޭ ފަދަ އާޓިފިޝަލް ނިއުރޯންތަކެއް އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައެވެ. މިއީ ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، އިންސާނީ ތާރީހުގައި ލޮނުގެ މުހިންމުކަމާއި، އާއިލީ ގުޅުންތަކުގެ މުހިންމުކަމާ ގުޅޭ ހާއްސަ ރިޕޯޓުތަކެއް ވެސް ވަނީ ޝާއިއުކޮށްފައެވެ.

ލޮނާ ބެހޭ ގޮތުން އެނގޭ މައުލޫމާތުގެ ލޮނުހެޔޮވަރު ކޮށްލުން

ލޮނަކީ މިއަދު އާދައިގެ އަގުހެޔޮ އެއްޗަކަށް ވީނަމަވެސް، އެއީ އިންސާނީ ތާރީހުގައި އިގުތިސާދުތަކާއި ދައުލަތްތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި ނުފޫޒުގަދަ މުދަލެކެވެ.

އާއިލާއަށް ނުބެހެއްޓުނު ކުލުނެއް ރައްޔިތަކަށް ނުހުންނާނެ

ތިމާގެ އެންމެ އިސް އަރިހުގައި ތިބޭ މީހުންނަކީ ހަމަ އެއްވެސް ބަޔެއް ނޫންކަމަށް ތިމާގެ މިނިސްޓަރުންނަށާއި އެޑްވައިޒަރުންނަށް ވިސްނައިދީފައި އޮންނަ ވެރިކަމަކީ އިސްލާމްދީނުގައި އޮތް މަޝްވަރާގެ މަތިވެރި އުސޫލުން ހިނގާ ވެރިކަމަކަށް ނުވާނެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރެވޭ އާޓިފިޝަލް ސެލްތަކެއް އުފައްދައިފި

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox