ރަސްމާލެ
142 ލިޔުން
ފަހުގެ
ހަބަރުގައުމުގެ ދިފާއުގައި ތެދުވުމަށް އައްބާސް ގޮވާލައްވައިފި
ރަސްމާލެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ތެދުވެ، އަމިއްލަ އެދުމަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް މެންބަރު މުހައްމަދު އައްބާސް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. މިއަދު ނިންމާ ނިންމުންތަކުގެ ހިތްދަތި ނަތީޖާ އަންނަން އޮތް ޖީލުތަކަށް ތަހައްމަލުކުރަން ޖެހިދާނެ ކަމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން ގައުމުގެ ދިފާއުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބަރުހުލާސާކޮށް އިއްޔެ: އަލައްބާރަށް ސާފު ޖަވާބެއް ނުދެނު ސުވާލު
ރަސްމާލެ މަޝްރޫއުގެ ބިން މިލްކުވާ މުއްދަތާ ގުޅޭގޮތުން އީގަލް ހިލްސްގެ ވެރިޔާ ސީދާ ޖަވާބެއް ނުދެއްވިއިރު، ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އެބަދެއެވެ. މީގެ އިތުރުން، ސެކިއުރިޓީ ދާއިރާ ރެގިއުލޭޓްކުރުމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
