އަލައްބާރު ރާއްޖޭގައި، މިނިސްޓަރުންނާއި މެންބަރުންނާ ބައްދަލުކުރުން މާދަމާ ފޭދޫފިނޮޅުގައި

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން: ސަރުކާރުން ބުނަނީ މި ޕްރޮޖެކްޓަކީ އިގުތިސޯދީ އަދި އިޖުތިމާއީ މަންފާތަކުން ފުރިބަރާވެފައިވާ ޕްރޮޖެކްޓެއް ކަމަށް -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން: ސަރުކާރުން ބުނަނީ މި ޕްރޮޖެކްޓަކީ އިގުތިސޯދީ އަދި އިޖުތިމާއީ މަންފާތަކުން ފުރިބަރާވެފައިވާ ޕްރޮޖެކްޓެއް ކަމަށް -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭގައި ވޯޓާފްރަންޓް އެންޑް މެރީނާއެއް ހިމެނޭ ގޮތަށް ބޮޑު ޝަހަރެއް ތަރައްގީކުރަން އުޅޭ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެ އައިސްފި އެވެ.

އަލައްބާރުގެ ދަތުރާ ގުޅޭ ގޮތުން އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ މެންބަރުންނަށް މި ޕްރޮޖެކްޓު ކިޔައިދިނުމެވެ.

އެ ގޮތުން އަލައްބާރު ވެސް ބައިވެރިވާ ގޮތަށް މާދަމާ ބްރީފިންތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުންތައް އޮންނަނީ މާލެ ކައިރީ އޮންނަ ފޭދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ޑުސިތު ޑީޓޫގައި އެވެ. 

ވަކިވަކިން ބާއްވާ ބްރީފިންތަކުގައި މަޖިލިސް މެންބަރުންނަށް މައުލޫމާތު ދިނުން އޮތީ މާދަމާ ހަވީރެވެ. އަދި، މިނިސްޓަރުންނަށް މައުލޫމާތު ދިނުން އޮތީ މާދަމާ ރޭގަނޑެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުންތަކާއި އެ ނޫން ހުރިހާ  ހަރަދުތައް ހަމަޖައްސަމުން ދަނީ އަލައްބާރުގެ ކުންފުނިންނެވެ. 

ސަރުކާރުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން އަވަސް ވެގަނެގެން އުޅޭއިރު، ގިނަ ބަޔަކު އަންނަނީ މި ޕްރޮޖެކްޓާ ދެކޮޅު ހަދަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ސަރުކާރުން މި ތަން ދޫކޮށްލަން އެއްބަސްވެފައިވާ ގޮތުން އެ ބިންތައް ދިވެހިންގެ އަތުން ތާއަބަދަށް ބީވެގެން ދަނީ ކަމަށެވެ. 

ނަމަވެސް ސަރުކާރުން ބުނަނީ މިއީ އިގުތިސޯދީ ފައިދާ އާއި އިޖުތިމާއީ މަންފާ ބޮޑު، ރާއްޖެއަށް ކޮންމެހެން ބޭނުންޖެހިފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ. އަދި، މި ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށްވެ، ދެން އޮތް ހަރުފަތަކަށް ނުދެވޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ މެސުޖުތައް ތަކުރާރުކުރުމުން ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ މެންބަރުން ވެސް އަންނަނީ މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ޖެހޭ ކަމަށް ވަކާލާތުކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ މި ޕްރޮޖެކްޓަށް ނުރުހޭ އެންމެންނަކީ ގައްދާރުންނާ އެއްފަދަ ކޮށްފަ އެވެ. 

މިއަދާ ހަމައަށް ވެސް ތަފުސީލުތައް ކަށަވަރުވެފައި ނުވާ މި ޕްރޮޖެކްޓުގެ ބޭނުމަށް އީގަލް ހިލްސްއަށް ރަސްމާލޭން ދެނީ 500 ހެކްޓަރުގެ ބިމެވެ. އެ ކުންފުނިން ބުނަނީ މި ތަނުގައި ބިދޭސީން ދިރިއުޅެން އަމާޒުކޮށްގެން ޒަމާނީ ޝަހަރެއް ތަރައްގީކުރަން 12 ބިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށެވެ.

ސަރުކާރުން ބުނަނީ މި ތަނުގައި ތަރައްގީކުރާ ތަންތަން ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ 10 ޕަސެންޓުން ތިން ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި މި ތަން ތަރައްގީކުރާ މުއްދަތުގެ ތެރޭގައި ލިބޭ އެހެން އާމްދަނީތައް ހިމަނައިގެން 10 އަހަރު ދުވަހުގެ ތެރޭގައި 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. 

އޭގެ އިތުރުން މި ޕްރޮޖެކްޓުގެ ހުރިހާ ފިޔަވައްސެއް ނިމުމުން، މި ތަނުން އަހަރަކު އެއް ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ރަސްމާލޭގެ ބިންތައް އީގަލް ހިލްސް ކުންފުންޏަށް ދެނީ އެއްވެސް އަގެއް، އެއްވެސް ކުއްޔެއް ނުނަގާ ގޮތަށެވެ. މީގެ މުގާބިލުގައި އެ ކުންފުނިން ތަރައްގީކޮށްދެނީ 5000 ހައުސިން ޔުނިޓެވެ. މި ހައުސިން ޔުނިޓުތަކަށް އަގު ދައްކަން ޖެހެނީ ދިވެހި ސަރުކާރަށް ކޮމިޝަނުން ލިބޭނެ ކަަމަށް އަންދާޒާކުރާ ތިން ބިލިއަން ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox