ރަސްމާލޭގެ ސިއްރު ޑީލަށް އާނއެކޭ ބުނެ، ޖާގަ ދީގެން ނުވާނެ: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ރަސްމާލެ މަޝްރޫއުގެ ތަފްސީލްތައް އާންމުކުރުމަށް އެމަނިކުފާނު ގޮވާލެއްވި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ރަސްމާލެ މަޝްރޫއުގެ ތަފްސީލްތައް އާންމުކުރުމަށް އެމަނިކުފާނު ގޮވާލެއްވި

ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނުމުގެ ސިއްރު އެއްބަސްވުމަށް އާނއެކޭ ބުނެ، އެކަމަށް ޖާގަ ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިހު ވިދާޅުވީ ފޮރިން އިންވެސްޓްމަންޓާއި ރެސިޑެންސް ވިސާ ދިނުމުގައި މައްސަލައެއް ނެތަސް، ސިއްރުން ހެދޭ އެއްބަސްވުންތަކާ ދެކޮޅު ކަމަށެވެ. އެގޮތުން އެފަދަ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށް އެމްޑީޕީ ސަރުކާރެއްގައި ޖާގަ ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ފޮރިން އިންވެސްޓްމަންޓާ ދެކޮޅު ހަދަނީއެއް ނޫން. އަދި ރެޒިޑެންސް އިންވެސްޓްމަން ވިސާވެސް އުސޫލުތަކުގެ މަތިން ދިނުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން. އެހެން ނަމަވެސް ސުވާލަކީ ނޭނގޭ ކަންތައްތަކެއް މީގެ ތެރޭގައި އޮތީމަ. މި ކޮންގްރެސްއިން މި ސަރުކާރަށާއި އީގަލް ހިލްސްއަށް ގޮވާލަން ޖެހޭނެ މައުލޫމާތު ހާމަކުރުމަށް،" ސޯލިހު ވިދާޅުވި އެވެ. 

"ސިއްރު އެއްބަސްވުމަކުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާނއެކޭ ބުނެގެން ނުވާނެ. އަދި އެފަދަ މަސައްކަތެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރިއަށް ގެންދިޔުމަށް ޖާގަވެސް ދީގެން ނުވާނެ."

ސޯލިހު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން 700 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަނުން 500 ހެކްޓަރު ބޭރު ބަޔަކަށް ދޭއިރު އެތަނުން ރައްޔިތުންނަށާއި ސަރުކާރަށް ލިބޭ އެއްޗެއްވެސް ސާފުވާން ޖެހޭނެ ކަމަށެވެ. 

"ފުށިދިއްގަރު ފަޅު 1،150 ހެކްޓަރުގެ ބިން މި ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން. ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ރައްޔިތުން އެތަނަށް އެބަ ހޭދަކުރޭ. އޭގެ ތެރެއިން 500 ހެކްޓަރު، މުޅި މާލޭގެ ދެ މާލެއަށްވުރެ ބޮޑު ބިމެއް ހިލޭ ބޭރުގެ ބަޔަކަށް ދޭ ވާހަކަ މިއަދު މި އަޑު އިވެނީ. ސުވާލަކީ ރައްޔިތުންނަށް މީގެއިން ވަނީ ކޮން ފައިދާއެއްތޯ. ސަރުކާރަށް މީގެއިން ލިބެނީ ކޯއްޗެއްތޯ،" ސޯލިހު ވިދާޅުވި އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

މިދިޔަ އެމްޑީޕީ ވެރިކަމުގައި ވ. އަތޮޅު ފޮއްތެޔޮ ފަޅު ބޭރު ބަޔަކަށް ދީގެން ސަރުކާރަށް 43 މިލިއަން ޑޮލަރު ވަތްކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ އެ ފަޅުގައި ބޭރު މީހުންގެ ފައިސާއިން ބިން ހިއްކައިގެން ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށްޓަކައި ހަވާލުކުރި ކަމަށެވެ. 

މީގެއިތުރުން މިދިޔަ އެމްޑީޕީ ވެރިކަމުގައި ނ. އަތޮޅުން 27 މިލިއަން ޑޮލަރު އެޑްވާންސް ފައިސާގެ ގޮތުގައި ނަގައި ދިން ފަޅު އެސްސީޒެޑްގެ ތެރެއަށް މި ސަރުކާރުން ލުމުގެ ސަބަބުން ޓޫރިޒަމް ގާނޫނުގެ ދަށުން ކުރިން އެތަނުން ލިބެން އޮތް އެތައް ފައިސާއެއްވެސް ގެއްލިގެން ގޮސްފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް މިރޭ ހުޅުވުމަށްފަހު މާދަމާ މެންދުރުފަހުން ފެށިގެން ރޭގަނޑަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންވެސްޓްމަންޓް ފޯރަމެވެ. އެއަށްފަހު ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox