އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ، 99 އަހަރަށް އެއްވެސް ކުއްޔެއް ނުނަގާ

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް: މިއީ 12 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އީގަލް ހިލްސްއިން ބުނޭ --- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް: މިއީ 12 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އީގަލް ހިލްސްއިން ބުނޭ --- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދެނީ ލީސް އެކުއިޒިޝަން ކޮސްޓު (ބިން ހޯދުމުގެ އަގު) ނުނަގާ، 99 އަހަރުގެ މުއްދަތުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަަށް ކަަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި ހިންގާ ޕްރޮޖެކްޓާ ގުޅޭ ގޮތުން މުއްތަލިބު އޭނާގެ ލިންކްަޑިއިންގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ، ބިން ހޯދާށާއި އެ ބިމުގެ ކުލީގެ ގޮތުގައި އީގަލް ހިލްސްއިން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލޭން މި ގޮތަށް ލިބެން ހުރި ފައިސާތައް ސަރުކާރުން ދޫކޮށްލީ، އޭގެ މުގާބިލުގައި ސަރުކާރަށް މުޅި ޕްރޮޖެކްޓުގެ މުއްދަތުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ ގޮތުންނެވެ. އެ ގޮތުން މިހާރު ރިސޯޓުތައް ތަރައްގީކުރަން ދޭ ގޮތާ ހިލާފަށް، ރަސްމާލޭގެ ބިމުގެ ބަދަލުގައި ސަރުކާރަށް ލިބެނީ އާމްދަނީ އާއި ޓެކްސްތަކެވެ. 

ރަސްމާލޭގެ ބިމުގެ މުގާބިލުގައި ސަރުކާރަށް ލިބޭ އާމްދަނީ

  • ރަސްމާލޭގައި ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުންނާއި ވިއްކާ މުދަލުން، ރިސޯޓުތަކުން ދައްކާ ރޭޓުގައި ޓެކްސްތައް
  • ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ޑިވެލޮޕަރު ވިއްކާ އަގުގެ 10 ޕަސެންޓު
  • ރަސްމާލޭގައި ހިންގާ ކޮންމެ ޕްރޮޕަޓީ މުއާމަލާތަކުން ހަތަރު ޕަސެންޓު

ބިމަށް އަގެއް، ކުއްޔެއް ނުނަގާ ގޮތަށް ދޫކޮށްލުން ދިފާއުކުރައްވަމުން މުއްތަލިބު ވިދާޅުވަނީ ސަރުކާރުގެ ބޭނުމަކަށްވީ، ޓީޖީއެސްޓީ އާމްދަނީ ކަށަވަރުކުރުން ކަމަށެވެ. ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ދާއިރާކަން ފާހަގަކުރައްވަމުން، މުއްތަލިބު ވިދާޅުވީ ދުރު މުސްތަގުބަލަށް ވިސްނާއިއު މިއީ މާ ފައިދާ ބޮޑު ގޮތެއް ކަމަށެވެ.

މިކަމަަށް ބާރު ދެއްވަން މުއްތަލިބު ހިއްސާކުރެއްވި ނަމްބަރުތަކުގައި ވަނީ ޓޫރިޒަމުގެ ބިމު ކުލީގެ ގޮތުގައި 2024 ގައި ލިބުނީ 1.88 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ލިބުނީ 2.07 ބިލިއަން ރުފިޔާ ކަމަށެވެ. މި އަދަދުތަކާ ޓީޖީއެސްޓީގެ ގޮތުގައި ވަން އަދަދުތަކަށް އަޅާބަލާއިރު އުޅެނީ ފަސް ގުނަ މަތީގަ އެވެ. ޓީޖީއެސްޓީގެ ގޮތުގައި 2024 ގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު 10.9 ބިލިއަން ރުފިޔާ ލިބުނެވެ. 

"އެކުއިޒިޝަން ފީ އާއި ލީސް އެކްސްޓެންބަން ފީ ވަންނަނީ އެކަން ހިނގާ އަހަރުތަކުގައި އެއް ފަހަރު ވަންނަ ފައިސާގެ ގޮތުގައި. އެއްވަރަކަށް، ކުރިއަރަމުން އަންނަ އާމްދަނީ ލިބެނީ ހަރަކާތުން ނަގާ ޓެކްސް އިން: ޓޫރިސްޓުން އައުމާއި، ހަރަދުކުރުމާއި، އެނބުރި އައުމުން،" މުއްތަލިބު ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާ ކުރަނީ، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓުގެ ހުރިހާ މަރުހަލާއެއް ނިމި ފުރިހަމަ ވުމުން، ރަސްމާލެއަށް އެކަނި އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ތަންތަަން ތަރައްގީކުރުމުގެ މަރުހަލާގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. 

އޭގެ އިތުރުން، 54000 ވަޒީފާ އުފެދިގެން ދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox