ރަސްމާލޭގެ އެއްބައި ޔޫއޭއީގެ އެމާރަށް ވިއްކާލަން މަޝްވަރާކޮށްފި

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެ: ރަސްމާލޭގެ ދެކުނު ހާއްސަކުރަނީ ބޯހިޔާވަހިކަމަށް، އުތުރު ޓޫރިޒަމަށް --- ފޮޓޯ: އެކްސް/މައުމަން707

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެ: ރަސްމާލޭގެ ދެކުނު ހާއްސަކުރަނީ ބޯހިޔާވަހިކަމަށް، އުތުރު ޓޫރިޒަމަށް --- ފޮޓޯ: އެކްސް/މައުމަން707

ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން އާބާދުކުރުމަށް ނިންމައި، ހިއްކަން ފަށާފައިވާ ރަސްމާލޭގެ އެއްބައި ޔޫއޭއީގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ކުންފުނި އެމާރަށް ވިއްކާލުމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށްފި އެވެ.

އަދަދު ނޫހަށް އިތުބާރު ކުރެވޭ މަސްދަރުތަކުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ރަސްމާލޭގެ ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގެ ދެނީ ޓައުންޝިޕް އުސޫލުން ތަރައްގީކުރާށެވެ. މިއީ ނ. ދިގުފަރު ފަޅާއި ދެކެނަންފަރާއި ކުަރަމާދޫ ހިމެނޭ ގޮތަށް ތަރައްގީކުރަމުން އަންނަ "އައިލާ" އުސޫލުން ހާއްސަ ޓެކްސް ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެ ސަރަހައްދެކެވެ. 

ސަރުކާރާއީ އިމާރުން މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ރަސްމީ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތް ކަމަށެވެ. 

މި މަޝްވަރާތަކުގައި ވާހަކަ ދެކެވެމުން ދަނީ ރަސްމާލޭގެ ބައެއް އެެމާރަށް ދީގެން، އޭގެ ބަދަލެއްގެ ގޮތުގައި ސޯޝަލް ހައުސިން ޔުނިޓުތައް އެޅުން ފަދަ ކަންކަން ހިމަނައިގެންނެވެ. މި ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ސަރުކާރުން ބޭނުންވަނީ ރަސްމާލޭގައި ސަރުކާރުން ރާވާފައިވާ ކަންކަން ކުރެވޭނެ ގޮތަކަށް އެއްބަސްވުމަކަށް އަންނަން ކަމަށެވެ. 

"މި މަޝްރޫއުތަކުގެ މަޝްވަރާތަކަށް ސަރުކާރުގެ ޓީމެއް ދުބާއީއަށް އެބަދޭ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރަން ފެށީ  ޑިސެމްބަރު 18، 2023 ގައި އެވެ. ސަރުކާރުން އެންމެ ފުރަތަމަ ބުނީ 1153 ހެކްޓަރުގެ ސަރަހައްދެއް، އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާ، ދެން ހުރި މަސައްކަތްތައް ފަަށާނެ ކަމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ބުނި ނަމަވެސް، ބިން ހިއްކަން ފެށިތާ މި އަހަރުގެ ޑިސެންބަރަށް ތިން އަހަރު ވާއިރު، ރަސްމާލެއަށް ބޭނުންވާ ބިން ހިއްކާ ނުނިމެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބިން ހިއްކާ މިންވަރު އިތުރުކޮށް، މިދިޔަ މަހުގެ ނިޔަލަށް 70 ޕަސެންޓު ވަނީ ހިއްކާ ނިންމާފަ އެވެ. 

ރައީސް މުހައްމަދު މުއިއްޒު މިހާރު ވިދާޅުވަނީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރަސްމާލެއަށް ބޭނުންވާ ބިން ހިއްކާ ނިންމާލަން ކަމަށެވެ. 

ރަސްމާލެއަށް ހިއްކަން އޮތް ސަރަހައްދުތަކުގެ ތެރޭގައި، ރަސްމާލޭގެ އެންމެ ބޮޑު ސައިޓު ކަމުގައިވާ "ސައިޓު ޑީ" ހިމެނޭހެން އަދިވެސް ފަސް ސައިޓެއް އެބަ އޮތެވެ.  މި ސައިޓުތަކުގެ ތެރެއިން ރަސްމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ "ސައިޓު އީ"  ހިމެނެ އެވެ. ލަފާކުރެވޭ ގޮތުގައި އެމާރަށް ދޫކޮށްލަނީ މި ސަރަހައްދެވެ. 

މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި ހިންގަމުން އަންނަ ރަސްމާލެ މަޝްރޫއަކީ، ސަރުކާރުން ބުނާ ގޮތުގައި، ވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް އޮތް ވަށައިޖެހޭ ފުރިހަމަ ހައްލު ނުވަތަ "ޓޯޓަލް ސޮލިއުޝަން" އެވެ. އަދި މި ތަން ވާނީ މިއީ ތިމާވެއްޓާ ރައްޓެހި، މޫސުމީ ބަދަލުތަކަށް ވިލުންވެރި، ޒަމާނީ "އެކޯ-ސިޓީ" އަކަށް ކަމަށް ވަނީ ބުނެފަ އވެެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox