ވަގުތު ފާއިތުވުމުގެ ކުރިން ގައުމުގެ ދިފާއުގައި ތެދުވުމަށް އައްބާސް ގޮވާލައްވައިފި

Oct 12, 2026, 9:16 AM
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. ފޮޓޯ: މަޖިލިސް އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. ފޮޓޯ: މަޖިލިސް އިދާރާ

ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލައި، އަމިއްލަ އެދުން ދޫކޮށް ގައުމުގެ ދިފާއުގައި ތެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ. 

"އެކްސް" ގައި އައްބާސް ކުރެއްވި ޕޯސްޓުތަކެއްގައި ވިދާޅުވީ، މިއަދު އަމިއްލަ އެދުމާއި، ވަގުތީ މަގާމާއި، މާއްދީ ދަހިވެތިކަމުގައި ހައްގު މަގު ދޫކޮށްލާ ކޮންމެ މީހަކު ހަނދާންކުރަންވީ މުހިންމު ހަގީގަތެއް އެބައޮތް ކަމަށެވެ. އަދި މިއަދު ނިންމާ ކޮންމެ ނިންމުމެއްގެ ހިތްދަތި ނަތީޖާ މާދަމާ މި ގައުމުގެ އަންނާން އޮތް ޖީލުތަކަށް ތަހައްމަލުކުރަން ޖެހިދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

"ގައުމާއި ދީނުގެ މަސްލަހަތަށްވުރެ އަމިއްލަ ފައިދާ އިސްކޮށް، ވެރިންގެ ނިންމުންތަކަށް ލޯމަރާލައިގެން ތިބޭ ތިބުމަކީ ތާރީހުގެ ކުރިމަތީގަ އާއި، މާތް الله ގެ ހަޟްރަތުގައި މާދަމާ ވަކިވަކިން ޖަވާބުދާރީވާންޖެހޭނެ ބޮޑު ޒިންމާއެއް،" އައްބާސް ވިދާޅުވި އެވެ. 

Advertisement

"ދުނިޔެވީ ވަގުތީ އުފަލަށްވުރެ ގައުމީ ސިޔާދަތާއި ދީނީ އެއްބައިވަންތަކަން މާ މަތިވެރިވާނެ."

މީގެ އިތުރުން، ރޭ އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވެސް އައްބާސް ވަނީ މި މޭރުމުން ވާހަކަދައްކަވާފައެވެ. އެގޮތުން، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކުގެ ހިތްދަތި ނަތީޖާ މާދަމާގެ ޖީލުތަކުން ތަހައްމަލުކުރާނެ ކަމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން ހޭލަންވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމާލެ ވިއްކާލުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށް ފާޑުވިދާޅުވަމުން އައްބާސް ވަނީ، ވަގުތު ފާއިތުވުމުގެ ކުރިން ހޭލުންތެރިވެ، އަމިއްލަ އެދުމުން ދުރުވެ، ހެޔޮވިސްނުމައިގެން ގައުމުގެ ދިފާއުގައި އެކުގައި ތެދުވުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox