ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު އިއްޔެ މެންބަރު ވަޒީރުންނާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު ވާހަކަ ދައްކަވަނީ: ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ. ހަމަ ޔަގީނުންވެސް އެއްބަސްވުން ސަރުކާރުން ސިއްރުކޮށްފާ ބާއްވަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް -- ފޮޓޯ:  އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު އިއްޔެ މެންބަރު ވަޒީރުންނާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު ވާހަކަ ދައްކަވަނީ: ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ. ހަމަ ޔަގީނުންވެސް އެއްބަސްވުން ސަރުކާރުން ސިއްރުކޮށްފާ ބާއްވަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރަސްމާލެ ބިމުން ފައްސަތޭކަ ހެކްޓަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އީގަލް ހިލްސްގެ ފައުންޑަރ އަދި ޗެއަރމަން މުހައްމަދު އަލައްބާރާއި އިޒްރޭލާ އޮންނަ ގުޅުމަށް އަލިއަޅުވައި މިދިޔަ ހަފުތާގައި އަޅުގަނޑު މަޒުމޫނެއް ލިޔެ ޝާއިއުކޮށްފައިވާނެއެވެ. އޭނާއާއި އިޒްރޭލާ ގުޅުން އޮތީ އެ ލިޔުމުގައި އަޅުގަނޑު ބަޔާންކޮށްފައިވާ ގޮތަށެވެ. ރަސްމާލެ ބިމުގެ މުއާމަލާތާ ގުޅިގެން އެނގެން ހުރި މައުލޫމާތުތަކުގެ އަލީގައި ވާހަކަދައްކަމުންދާ ކަމުވޮށިގެންވާ ފަރާތްތައް ހާމަކުރަމުންދާ ގޮތުގައި، ދިވެހި ސަރުކާރާއެކު އަލައްބާރުގެ އީގަލް ހިލްސްއިން ހަދާފައިވާ އެއްބަސްވުން އޮތްގޮތުން، ރަސްމާލެ ބިމުން އެތައް ތަނެއް އެމީހުން ބޭނުން ބަޔަކަށް ނުވަދިހަ ނުވަ އަހަރަށް ތަކުރާރުކޮށް ނިމުމެއް ނެތް ގޮތަށް ދެމުން ގެންދެވޭނެއެވެ. 

ކުރީގެ ލިޔުމުގައި އަޅުގަނޑު ހާމަކުރި ހަގީގަތްތައް އެ ލިޔުމުގައި އެހުރި މަގަށް ހުރިހިނދު، އެބިމުން ބޮޑު ބަޔެއް އިޒްރޭލުގެ ޔަހޫދީންގެ ރައްޔިތުން ގަނެ އެ ބިމުގައި އިޒްރޭލުގެ ޔަހޫދީން ވަޒަންވެރިވުމަކީ ނުވުމަށްވުރެ ވުން ނުވަދިހަ ނުވަ ޕަސެންޓުން ކައިރީގައި އޮތް ކަމެކެވެ. ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ 'މަދަނީ ޖަމިއްޔާތައް' އެކަށީގެންވާ ގޮތުގައި މިކަމާ ކަންބޮޑުވާ ތަނެއް އަދިއެއް ނުފެނެއެވެ.

ނިމިގެންދިޔަ ހަފުތާގައި ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ނަމުގައި ހިންގާ ހަރަކާތާއި ޖަމިއްޔަތުއްސަލަފާއި އަދާލަތު ޕާޓީއާ މިކަމުގައި ކޮންމެވެސް ވަރެއްގެ ހިލަންތަކެއް ގެންގުޅުނުތަން ދުށީމެވެ. އަދާލަތު ޕާޓީއަކީ ސަރުކާރާ މިވަގުތު ބައިއަތުގައި ނެތް ޕާޓީއެއް ވިޔަސް އެޕާޓީގެ އިސް ބައެއް އިލްމުވެރިން މިސަރުކާރުގެ މަގާމުތަކުގައި ތިއްބަވައިގެން މުސާރަ އެބަ ނަންގަވައެވެ. އަދި އިލްމުވެރިންގެ ގުޅުމުގެ ނަމުގައި ހަރަކާތްތެރިވާ އެތައް އިލްމުވެރިންނަކާއި ޖަމިއްޔަތުއްސަލަފަށް ނިސްބަތްވާ އެތައް އިލްމުވެރިންނެއް މި ސަރުކާރުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އަދިވެސް ހަރަކާތްތެރިވަމުން ގެންދަވާތީ ފެނެއެވެ. 

Advertisement

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ. ހަމަ ޔަގީނުންވެސް އެއްބަސްވުން ސަރުކާރުން ސިއްރުކޮށްފާ ބާއްވަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

"ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ވެރިންތަކެއް އަންނާނެއެވެ. އެބައިމީހުން ސިފަޖެހިފައިވަނީ އަނިޔާވެރިކަމުގެ ސިފައިންނެވެ. ފަހެ އެބައިމީހުންގެ ކައިރިޔަށް ގޮސް އެބައިމީހުންގެ ދޮގުވެރިކަން އެއީ ތެދުކަމުގައި ހަދައި، އަދި އެމީހުންގެ ނުބައިކަމަށް އެއްބާރުލުންދީފި މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިންވާ މީހެއް ނޫނެވެ. އަދި ތިމަންކަލޭގެފާނުވެސް ވަނީ އެފަދަ މީހުންގެ ތެރެޔަކުން ނޫންމެއެވެ. އަދި އެބައިމީހުން ޙައުޟުގައި ތިމަންކަލޭގެފާނާ ބައްދަލެއް ނުވާނެއެވެ. އަދި އެފަދަ މީހުންގެ ކައިރިޔަށް ނުގޮސް އެބައިމީހުންގެ ދޮގުވެރިކަން ތެދުކަމުގައި ނުހަދައި، އެބައިމީހުންގެ ނުބައިކަމަށް އެއްބާރުލުން ނުދޭ މީހާ އީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިންވާ މީހެކެވެ. އަދި ތިމަންކެލޭގެފާނު ވަނީ އެފަދަ މީހުންގެ ތެރެއިންނެވެ. އަދި ޙައުޟުގެ ކައިރިން ތިމަންކަލޭގެފާނާ އެފަދަ މީހުންނާ ބައްދަލުވާނެއެވެ."

އިބްނު އަބީ ޢާޞިމް، އަދި އިމާމް ޠަބަރާނީއާއި އިމާމް ތިރުމިޛީ އަދި އިމާމް އަންނަސާއީ އަދި އިމާމް އަޙްމަދުއާއި އެނޫންވެސް ހަދީސް އިލްމުވެރިން ރިވާކުރައްވައި ގެންނަވާފައިވާ މިހަދީސަކީ ސައްހަ ހަދީސެއްކަމަށް އިމާމް މުޙައްމަދު ނާޞިރުއްދީނުލްއަލްބާނީވެސް ވިދާޅުވެފައިވެއެވެ. އެހެންވީމާ މި ހަދީސްގެ ސަނަދާއި މަތުނުގެ ސައްހަކަމާމެދު ބަހުސެއް ނެތެވެ. 

ޙައުޟަކީ ޤިޔާމަތް މަޙްޝަރު މައިދާނުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މާތް ނަބިއްޔާގެ ޝަރަފާއި ޢިއްޒަތުގައި އެކަލޭގެފާނަށް ޚާއްސަކުރައްވާފައިވާ ފެންބުސްތާނެކެވެ. ރިވާޔަތްތަކުން ސާބިތުވާގޮތުގައި ހަތަރެސްކަނަށް އޮންނަ މި ފެންގަނޑުގެ ހަތަރުފަރާތުންކުރެ ފަރާތެއްގެ ބޮޑުމިނުގައި މަސްދުވަހުގެ ދަތުރެއްގެ ރާސްތާވެއެވެ. އެއީ އެންމެ ހުދުކަން ގަދަ ކިރު ނުވަތަ ގަނޑުފެނަށްވުރެ ސާފުތާހިރު، މާމުޔަށްވުރެ ފޮނިމީރު، ގޮމަސްކަސްތޫރިއަށްވުރެ ވަސްމީރު ފެންގަނޑެވެ. 

އެފެންގަނޑުން ބުއިމަށްޓަކައި ހާއްސަކުރެވިފައިވާ ތަށިތަކާއި ކަންވާރުތައް އުޑުގެ ޒީނަތްތެރި ތަރިތައް ފަދައެވެ. އެފެންގަނޑުން އެންމެ ކޯވަރެއް އެހެންނާ ފޮދުވަރެއް ހިފައިފި މީހާވެސް ދެން ދުވަހަކު ކޮޅުންވެސް ކަރުހިއްކުމެއްގެ އަސަރު ނުދެކޭނެކަމުގެ ވައުދުބަސްފުޅު އައިސްފައިވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތްތާއެވެ! އެފެންގަނޑަށް ދެމިގެން އޮހިއޮހިގެންވާ ގޮތުގައި ފެން ވެހޭ މަންބައަކީ މާތް ނަބިއްޔާއަށް ސުވަރުގޭގައި ދަރުމަކުރެވިގެންވާ ކައުސަރޭ ކިޔުނު ފެންއާރެވެ.

ޤިޔާމަތް މަޙްޝަރު މައިދާން ސިފަކުރައްވައި، ޢަބަސަ ސޫރަތުގެ 34 ވަނަ އާޔަތުން 37 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ އަންގަވާފައިވެއެވެ. "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ.  (އެއީ) މީހާ އޭނާގެ އެކުވެރިޔާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެމީހުންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި އުޅެންޖެހިދާނެކަމެއް އެދުވަހުން ވެއެވެ."

މާތް ނަބިއްޔާގެ ބަސްފުޅު ސައްހަ ސަނަދުން ވާރިދުވެގެން އައިސްފައިވެއެވެ. "ޤިޔާމަތް ދުވަހުގައި އިރު ހުންނާނީ ޚަލްޤުތަކުންނާ މޭލެއްހާ ކައިރީގައެވެ. އެބައެއްގެ އަމަލުތަކުގެ މިންވަރަކުން އެބަޔަކަށް ހޫނުވެ ދާހިލެމުންދާނެއެވެ. ބައެއް މީހުންގެ ދާ އެމީހުންގެ ތަނބިކަށްޓާ ހަމައިގައި އަނެއް ބަޔަކުގެ ދާ އެމީހުންގެ ކަކުލާ ހަމައިގައި އަނެއް ބަޔަކުގެ ދާ އެމީހުންގެ އުނަގަނޑާ ހަމައިގައި ހުންނާނެއެވެ. އަނެއް ބަޔަކު އެދަލުގެ ތެރެއަށް ގެނގިގެނބިގެންވާ ހާލުގައެވެ."

އެހެން ބަސްފުޅެއްގައި މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ އަރިހަށް (ޙައުޟަށް) އަންނާނެ ބަޔަކަށް އިންތިޒާރުކުރައްވަން ތިމަންކަލޭގެފާނު ޙައުޟު ކައިރީގައި ހުންނަވާނަމެވެ. ފަހެ، ތިމަންކަލޭގެފާނާ ހަމައަށް ނުފޯރަނީސް ބަޔަކު މީހުން (މަލާއިކަތުން) ހިފަހައްޓަވާނެއެވެ. އެހިނދު ތިމަންކަލޭގެފާނު ދަންނަވާނަމެވެ: އޭ ހައްދަވާ ބޮޑުކުރެއްވި ކަލާކޯއެވެ! އެއީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނެވެ. އެހިނދު ބަސްފުޅު އިއްވެވޭނެއެވެ. ކަލޭގެފާނަށްފަހު އެބައިމީހުން ކުރި ކަންތައްތައް ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟ ﷲ ގަންދީ ބުނަމެވެ؛ އެބައިމީހުން ތިބީ ފަހަތަށް އެނބުރި (ތިމަންކަލޭގެފާނަށްފަހު) ދީން ބަދަލުކޮށްގެންނެވެ." 

ތަނެއްގައި މީހަކު ވެރިކަން ކުރުމުގައި އިސްލާމްދީނާ ޚިލާފަށް ވަރަށް ގިނަ ކަންކަން ކުރުމާއި، ތިމާ މިކުރަނީ މާބޮޑު އިސްލާމީ ވެރިކަމެއް ކަމަށް ދައުވާކޮށްގެން، ދީނީ އިލްމުވެރިންނަށް ދޮގުހަދައި އޮޅުވާލައިގެން، ދީނުގެ ނަމުގައި ބާރާއި ނުފޫޒު ހޯދައިގަނެގެން ވެރިކަން ކުރުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ. ދެވަނައަށް މިދެންނެވި ކަންތަކަކީ އެކަން އެގޮތަށް ހިނގާނަމަ އެކަމާ ދެކޮޅަށް ކޮންމެ މީހަކުމެ ބަސް ބުނެ ވަކާލާތުކޮށް އެކަމުގެ ދޮގުވެރިކަމާއި މަކަރުވެރިކަން ފަޅާއަރުވައި، ރައްޔިތުން އެކަމަށް ހޭއަރުވައި ހޭލުންތެރިކުރުން ފަރުޟު ޢައިނެއްކަމުގައި މާއައުލާކޮށް ވެގެންދާނެ ޚާއްސަ ހާލަތެއްވެސްމެއެވެ. 

އެހެނީ ފުރަތަމަ ހާލަތުގައި ހުންނަ ވެރިޔަކު ދީނާ ޚިލާފުކަމީ ބަހުސެއް ނެތި އޮޅުމެތް ނެތި އެނގެން އޮންނާނެ ކަމެކެވެ. ދެވަނަ ހާލަތުގައި އާންމުންނަށް އިސްލާމީ އުސޫލުތައް ވެސް އޮޅި އިސްލާމްދީނުގެ ތަސައްވުރު ބަޔަކު މީހުންގެ ކުރިމަތީގައި ކިލަނބުވެގެންދިއުމުގެ ފުރުސަތުވެސް އޮންނާނެއެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox