ރަސްމާލެއިން ބައެއް ބޭރު ބަޔަކަށް ދިނުމަކީ އަންނަން އޮތް ޖީލަށް ދެވޭ ނިކަމެތިކަމެއް: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: ބޭރު ބަޔަކަށް ރަސްމާލެއިން ބައެއް ދިނުމާ އޭނާ ދެކޮޅުކަން ވަނީ ހާމަކުރައްވާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: ބޭރު ބަޔަކަށް ރަސްމާލެއިން ބައެއް ދިނުމާ އޭނާ ދެކޮޅުކަން ވަނީ ހާމަކުރައްވާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަސްމާލެއިން ބައެއް ބޭރު ބަޔަކަށް ދިނުމަކީ އަންނަން އޮތް ޖީލަށް ދެވޭ ނިކަމެތިކަމެއް ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ. 

ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ.

އައްބާސް ވިދާޅުވީ ބޮޑު ހޭދައެއް ކޮށްގެން ރަސްމާލެ ހިއްކުމުގެ މަގްސަދު ސަރުކާރުން އޮޅުވާލައި، ރަސްމާލެއިން 550 ހެކްޓަރު 99 އަހަރަށް ބޭރު ބަޔަކަށް ދިނުމަކީ ގައުމުގެ ރައްޔިތުންނާއި އަންނަން އޮތް ޖީލަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. 

"ރައްޔިތުންގެ ޓެކުސް ފައިސާއިން ބޮޑުހޭދައެއްކޮށް ރަސްމާލެ ބިން ހިއްކުމުގެ މަގުސަދު ސަރުކާރުން އޮޅުވާލައިފި. ރަސްމާލެއިން ހިއްކަން ކިޔާ 1150 ހެކްޓަރުގެ ތެރެއިން ހިއްކިފާ އޮތް 550 ހެކްޓަރު ބިން 99 އަހަރަށް ސަރުކާރުން ބޭރުބަޔަކަށް ދިނުމަކީ ކަޑައެޅިގެން މި ގައުމުގެ ރައްޔިތުންނަށް، އަންނާންއޮތް ޖީލަށް ދެވޭ ވަރަށްވެސްބޮޑު ނިކަމެތިކަމެއް،" އައްބާސް ވިދާޅުވި އެވެ. 

އައްބާސް ވިދާޅުވީ ރައްޔިތުންގެ ޓެކްސްފައިސާއިން 750 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިއްކާފައޮތް ބިމުން ބޭރުބަޔަކަށް ވަޒަންވެރިވޭ ގޮތަށް އިމާރާތް އަމިއްލަ ކުރެވޭނެހެން 99 އަހަރަށް ސަަރުކާރުން ދިނުމަކީ ރާއްޖޭގެ ވަޒަންވެރީންގެ ގޮތުގައި އެހެން ދީންތަކުގެ މީހުން އާބާދުވުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. 

މީގެއިތުރުން ޔަހޫދީ އިޒުރާއީލްގެ އަނިޔާވެރި، އިންސާނިއްޔަތު ކަމެއް ނެތް ސިޔާސަތާއި، ފިކުރާ ހިޔާލަށް ތާއިދު ކުރާ، ޔަހޫދީ ދައުލަތަށް ފަންޑު ކުރަމުންދާ އީގަލް ހިލްސްއާއެކު މިފަދަ އެއްބަސްވުމަކަށް ދިއުމަކީ ކަންބޮޑުވާ ބިރުބޮޑު ކަމެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ. 

"ދިވެހި ދައުލަތުން ސޮއިކޮށް އަމަލުކުރަން ޖެހިފައިވާ ބޭރުގެ މުއާހަދާތަކުގެ ތެރެއިން ސަމާއޯ އެއްބަސްވުމަށް ބަލާނަމަ، އެހެންދީނެއްގެ ބަޔަކު މިތަނަުގައި ވަޒާންވެރިވެއްޖެނަމަ، އެބައެއްގެ އިންސާނީހައްގުތައް ކަށަވަރުވެފައި އޮންނާންޖެހޭނެ. އަދި އެމީހުންގެ ދީނީ މިނިވަންކަން ހޯދައި ދިނުމަކީ ދިވެހި ސަރުކާރަށް ލާޒިމް ކުރާކަމެއް،" އޭނާ ވިދާޅުވި އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެ ގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox