ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ރަސްމާލެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ބެލެވޭ ގޮތުގައި މިތަން ތަރައްގީ ކުރަނީ ޓައުންޝިޕެއްގެ ގޮތުގައި -- ފޮޓޯ: އިންޓަނެޓް

ރަސްމާލެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ބެލެވޭ ގޮތުގައި މިތަން ތަރައްގީ ކުރަނީ ޓައުންޝިޕެއްގެ ގޮތުގައި -- ފޮޓޯ: އިންޓަނެޓް

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމުގައިވާ އީގަލް ހިލްސްއާ އެކީ ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޔޫއޭއީގެ ދަ ނޭޝަަނަލް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ދުބާއީގައި އެވެ. މި ރަަސްމިއްޔާތުގައި އީގަލް ހިލްސް އާއި އެމާރު ޕްރޮޕަޓީސްަގެ ބާނީ މުހައްއްމަދު އަލައްބާރާއީ ހައުސިން މިނިސްޓަރު އަބްދުالله މުއްތޮލިބާއި ސަރުކާރުގެ ވަފުދެއް ބައިވެރިވި އެވެ. 

އީގަލްސް ހިލްސާ ހަވާލާދީ ލިޔެފައިވާ ހަބަރުގައި ވަނީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓްގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި، ފެންވަރު ރަނގަޅު އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަާފްރަންޓް މަގުތަކާއި، ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހިމެނޭނެ އެވެ.

Advertisement

އީގަލް ހިލްސްއިން މި މަޝްރޫއަށް 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން  ރާވާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. މި ޕްރޮޖެކްޓުގެ ބައެއް އަންދާޒާތައް ދިން ނަމަވެސް މި މަޝްރޫއުގެ މާލީ ކަންކަމާއި، އިމާރާތްކުރުމުގެ ތާވަލާއި، އަދި ހަރަދުކުރާ ފައިސާގެ ތަފުސީލުތަކެއް ހާމަނުކުރާ ކަމަށް ދަ ނޭޝަނަލްގެ ހަބަރުގައި ވެ އެވެ. 

އީގަލް ހިލްސްގެ ރަސްމާލެ ޕްރޮޖެކްޓުގެ އަންދާޒާތައް

  • ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރު
  • ރާއްޖެއަށް ވަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް 18 ބިލިއަން ޑޮލަރު
  • 54،000 ވަޒީފާ އުފިދިގެންދާނެ
  • އަހަރަކު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން
  • އަހަރީ އާމްދަނީ ދެ ބިލިއަން ޑޮލަރު

މި މުއާމަލާތާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް އަދަދު ނޫހުން ވަނީ މި މުއާމަލާތް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކަން ރިޕޯޓުކޮށްފަ އެވެ. 

ރަސްމާލޭގެ އެއްބައި ޔޫއޭއީގެ އެމާރަށް ވިއްކާލަން މަޝްވަރާކޮށްފި

ރަސްމާލޭގެ ޓޫރިޒަމް ޒޯނުން ބައެއް ޔޫއޭއީގެ އެމާރު ކުންފުންޏަށް ވިއްކާލުމާ ގުޅޭގޮތުން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށްފި. މި މަޝްވަރާތަކުގެ ބަދަލެއްގެ ގޮތުން ރަސްމާލޭގައި ސޯޝަލް ހައުސިން ޔުނިޓުތައް އެޅުމަށް ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވޭ.

މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މިއީ އެސްއީޒެޑު ގާނޫނުގެ ދަށުން ޓައުންޝިޕްއެއްގެ ގޮތުގައި ހާއްސަ ޓެކްސް އަދި ޑިއުޓީ ޒޯނެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެކެވެ. 

އެ ގޮތުން އީގަލް ހިލްސްގެ ޕްރޮޖެކްޓުގެ ބޭނުމަށް ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފުށިދިއްގަރު ފަޅުން ހިއްކާނެ ކަމަށް ބުނެފައިވާ 1058 ހެކްޓަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox