ރަސްމާލެ ޑީލްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ މައްސަލަ އޭސީސީއަށް

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަނީ: އެ މައްސަލަ އޭސީސީއަށް ވަނީ ހުށަހަޅާފައި

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަނީ: އެ މައްސަލަ އޭސީސީއަށް ވަނީ ހުށަހަޅާފައި

މި ސަރުކާރުން ފުށިދިއްގަރު ފަޅުގެ ހިއްކި ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދޭން ނިންމާފައިވާ އެއްބަސްވުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ. 

ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލޯޔަރު އަލީ ހުސައިން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ އެތައް ފައިސާއެއް ހަރަދުކޮށްގެން ރަސްމާލެ ހިއްކިއިރު، އެ ތަނުގެ ބޮޑު ބައެއް އެއްވެސް ބިޑުކުރުމެއް ނެތި އީގަލް ހިލްސްއަށް ދިނުމުން ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. 

Advertisement

މި މައްސަލަ އޭސީސީއަށް ހުށަހަޅަން ޖެހުނީ މަޝްރޫއުގެ އެގްރީމަންޓުވެސް ހާމަނުކުރާތީ އާއި ގާނޫނުއަސާސީއާ ހިލާފަށް މިކަންތައް ކުރިއަށްގެންދާތީ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

"އެންޓި ކޮރަޕްޝަނަށް މި މައްސަލަ ހުށަހަޅަން ޖެހުނީ މީގައި އެގްރީމަންޓެއްވެސް ހާމައެއް ނުކުރޭ އެނގޭތޯ. ވެފައި އޮތް އެއްްބަސްވުމެއް ހާމައެއް ނުކުރޭ. އޭގައި އޮތީ ކޯއްޗެއް ކަމެއް ނުވެސް އެނގޭ،" އަލީ ހުސައިން ވިދާޅުވި އެވެ. 

"އަދި ހަމައެއާއެކު ގާނޫނުއަސާސީގައި އެބަ ބުނޭ 99 އަހަރަށްވުރެ ދިގު މުއްދަތަކަށް އެއްވެސް ބިމެއް ބޭރުގެ ފަރާތަކަށްވެސް ނުވަތަ އެހެން މީހަކަށްވެސް ހަގީގަތުގައި ކުއްޔަކަށްވެސް އަދި އެހެން ގޮތަކަށްވެސް ނުދެވޭނެއޭ އެނގޭތޯ. އެހެންވީމަ ހުސްނުވާ 99 އަހަރު ނުވަތަ ނުނިމޭ 99 އަހަރަކަށް މި ބިން އީގަލް ހިލްސްއަށް ދީފައި މިއޮތީ." 

ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އަލީ ހުސައިން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފަ އެވެ. 

އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެ ގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox