ރާއްޖެ ދިވެހީންގެ އަތުގައި އޮވެދާނެތޯ ސުވާލު އުފައްދައި، ރަސްމާލެ މަޝްރޫއުއާމެދު މަތީނުގެ ކަންބޮޑުވުންތަކެއް

Sep 30, 2026, 7:58 AM
އެމްޑަބްލިޔޫއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަތީން

އެމްޑަބްލިޔޫއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަތީން

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލައިފި ނަމަ ދިވެހީންގެރާއްޖެ ދިވެހީންގެ އަތުގައި އޮވެދާނެ ކަމާމެދު މި ސަރުކާރުގައި އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުލް މަތީން ސުވާލު އުފައްދަވައިފި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސްޓޭޓު މިނިސްޓަރަކާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި މަތީން ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ރަސްމާލެ ފަދަ ތަންތަން ބިދޭސީންނަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި މިފަދަ ކަންކަމުގައި ފުންކޮށް ވިސްނައި، އިލްމީ ބަހުސަކަށް ދާން އޭނާ ގޮވާލެއްވި އެވެ.

"މި ވިޔަފާރި މޮޑެލްގައި ސަތޭކަ ވަރަކަށް އަހަރުގެ ރާސްތާ ކަޑައްތުކުރާއިރު ދިވެހީންގެރާއްޖެ ދިވެހީންގެ އަތުގައި އޮންނާނެތޯ އެއީ ވަކިފަރާތަކަށް ނުޖެހި ކުރަންޖެހޭ އިލްމީ ބަހުސެއް. މިކަންކަމާގުޅޭ ލިޔެކިޔުންތައް ރައްޔިތުންނަށް ހާމަވާންޖެހޭ. ނިންމުންތަކުގެ ދެފުށްފެންނަން ޖެހޭ. މި ބަހުސްގައި ބައިވެރިވުމަކީ ތަރައްގީއާއި ދެކޮޅުހެދުމެއް ނޫން. އެއީ ދިވެހީންގެރާއްޖޭގެ ހިމާޔަތާ ރައްކާތެރިކަމަށްޓަކައި މި ޖީލުގެ ދިވެހީން އުފުލަންޖެހޭ ޒިންމާއެއް،" މަތީން ވިދާޅުވި އެވެ. 

ދުނިޔޭގެ އެންމެ އުސް ބިނާ، ބުރުޖް ހަލީފާގެ ހިންގާ ކުންފުނީގެ ވެރިޔާ އީގަލް ހިލްސްއަށް ނިމުމެއް ނެތް މުއްދަތަކަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދޫކޮށްލަން މުއިއްޒު ވަނީ ނިންމަވައި، އެކަމުގެ ޝަރުތުތައް އެކުލެވޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

އީގަލް ހިލްސްއިން ތަރައްގީކުރާ ރަސްމާލެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއުގެ ދަށުން ބިދޭސީންނަށް އެތަނުން ގެދޮރު ގަނެ އެތަނުގައި އެމީހުން ވަޒަންވެރިކުރުވުން ހިމެނެ އެވެ. 

މަތީން ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ  ދުނިޔޭގެ އެހެން ގައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިޔަށްގެންގޮސްފައިވާ ވިޔަފާރި މޮޑެލްތައް ރާއްޖެއަށް ގެންނަން ވިސްނާއިރު އޭގެ ސަބަބުން ރާއްޖޭގެ އަސާސީ ސިފަތަކަށް ކޮށްފާނެ އަސަރާމެދު ފުންކޮށް ވިސްނާންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖެއަކީ ހަމައެކަނި ދިވެހި ދަރިކޮޅުގެ، ސުންނީ މުސްލިމް ގައުމެއް،" އޭނާ ވިދާޅުވި އެވެ. 

ބިދޭސީން ގެދޮރު ގަނެގެން ދިގު މުއްދަތަކަށް ރާއްޖޭގައި ދެމި ތިބެވޭ ވިޔަފާރި މޮޑެލް ރާއްޖެއަށް ގެނެވޭތޯ ބަޔަކު މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިހާރު މިވަނީ އެ މޮޑެލް ފުޅާކޮށް ސަހަރުތައް ބިނާކުރުމުގެ މަސައްކަތް ފެށިފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރަސްމާލެއާއި، ނޫނުއަތޮޅާއި ތާ އަތޮޅުގައެވެ. އެތައްހާސް ބިދޭސީންގެ ބަޔަކު ގެދޮރުގަނެގެން ރާއްޖޭގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމަކީ ހަމައެކަނި ވިޔަފާރިއާއި އިގުތިސާދީ ކަމެއް ނޫން. އެދެކެވެނީ ބަވަނަކުރެވި ހުޅުވާލެވިފައިވާ މުޖުތަމައުތަކެއް ރާއްޖޭގައި ބިނާކުރާވާހަކަ. އެހެނަސް އެއީ ތަފާތު ދީންތަކާ ތަފާތު ސަގާފަތްތަކާ، އާދަކާދަތަކުގެ އަހުލުވެރި މުއްސަދި ނުފޫޒުގަދަ މީހުން އެމީހުނަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިހަރުކުރާ ވާހަކަ ނޫންކަން ދިވެހި ރައްޔިތުންނަށް ޔަގީންވާން ޖެހޭ،" މަތީން ވިދާޅުވި އެވެ. 

ކެބިނެޓުގައި ވެސް އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާ ނުކޮށް، ސިއްރިޔާތުގައި ނިންމި މި މުއާމަލާތާމެދު ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ދަށުން މި މަޝްރޫއަށް ހުއްދަ ނުލިބޭތީ، 12 ބިލިއަން ޑޮލަރުގެ މަޝްރޫއުއަށް މަގުފަހިކުރަން އާ ގާނޫނުތަކެއް ހަދަން ނިންމާފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. 

ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ 99 އަހަރަށެވެ. ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީ މީހާއަށް ލިބޭ 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox