ފެކްޓް ޗެކް: ރަސްމާލެއަށް އިންވެސްޓު ކުރަނީ 12 ބިލިއަން ޑޮލަރު، 20 ބިލިއަން ޑޮލަރެއް ނޫން

ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން: ރަސްމާލެއަށް އީގަލް ހިލްސްއިން އިންވެސްޓްކުރަނީ 12 ބިލިއަން ޑޮލަރު ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން: ރަސްމާލެއަށް އީގަލް ހިލްސްއިން އިންވެސްޓްކުރަނީ 12 ބިލިއަން ޑޮލަރު ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމުގައިވާ އީގަލް ހިލްސްއާ އެކީ ދިވެހި ސަރުކާރުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ދިވެހި ސަރުކާރުން ބުނަނީ އެ މަޝްރޫއަކީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. 

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސް ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އީގަލް ހިލްސްއިން މި މަޝްރޫއަށް 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ރާވާފައިވާ ކަމަށާއި އެކަން ކުރުމަށް ހަމަޖެހިފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. 

ނަމަވެސް އީގަލް ހިލްސްގެ ރަސްމީ ވެބްސައިޓުގައި ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން އީގަލް ހިލްސްއިން މި މަޝްރޫއަށް އެކި މަރުހަލާތަކަށް ބަހާލައިގެން އިންވެސްޓް ކުރަން ހަމަޖެހިފައިވަނީ 12 ބިލިއަން ޑޮލަރެވެ. 

މި މަޝްރޫއުގެ އަގު ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައިވާ އަދަދާއި އީގަލް ހިލްސްއިން ހާމަކޮށްފައިވާ އަދަދު ދިމާނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މި އަދަދުތައް ދިމާނުވުމާ ގުޅިގެން އާންމުން ސުވާލު އުފައްދަމުންދާއިރު، ހައުސިން މިނިސްޓްރީން މިކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އެ ޕްރޮޖެކްޓު އިއުލާނު ކުރަން ދުބާއީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޔޫއޭއީގެ ދަ ނޭޝަަނަލް ނިއުސްއިން ފުރަތަމަ ރިޕޯޓުކުރީ މި މަޝްރޫއުގެ އަގަކީ 20 ބިލިއަން ޑޮލަރުގެ ކަމަށެވެ. ނަމަވެސް އެ ނޫހުން ފަހުން ވަނީ އެ މަޝްރޫއުގެ އަގަކީ 12 ބިލިއަން ޑޮލަރު ކަމަށް ބުނެ، ލިޔުން އިސްލާހުކޮށްފަ އެވެ. 

ދުނިޔޭގެ އެންމެ ނަން ހިނގާ ނޫސްތަކުގައި މި ޕްރޮޖެކްޓްގެ އަގު ކަމަށް ލިޔެފައިވަނީ 12 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ރޮއިޓާސް އާއި ބްލޫމްބާގް އަދި ގަލްފް ނިއުސް ވެސް ހިމެނެ އެވެ. އެ ހުރިހާ ނޫހަކުން ހަވާލާދީފައިވަނީ އީގަލް ހިލްސްގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ނޫސް ބަޔާނަށެވެ. 

މި ޕްރޮޖެކްޓުގެ ބައެއް އަންދާޒާތައް ދިން ނަމަވެސް މި މަޝްރޫއުގެ މާލީ ކަންކަމާއި، އިމާރާތްކުރުމުގެ ތާވަލާއި، އަދި ހަރަދުކުރާ ފައިސާގެ ތަފުސީލުތަކެއް ހާމަނުކުރެ އެވެ. 

މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މިއީ އެސްއީޒެޑު ގާނޫނުގެ ދަށުން ޓައުންޝިޕްއެއްގެ ގޮތުގައި ހާއްސަ ޓެކްސް އަދި ޑިއުޓީ ޒޯނެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެކެވެ. 

އެ ގޮތުން އީގަލް ހިލްސްގެ ޕްރޮޖެކްޓުގެ ބޭނުމަށް ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފުށިދިއްގަރު ފަޅުން ހިއްކާނެ ކަމަށް ބުނެފައިވާ 1,058 ހެކްޓަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔެވެ.

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯނުގައި ބައިިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން،  ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި 5،000 ސޯޝަލް ހައުސިން ޔުނިޓު އަޅައިދޭނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox