ނިމިދިޔަ ހަފުތާ: އަނިޔާވެރި ގަތުލެއްގެ އިތުރުން "އިންޑިއާ އައުޓް" ހުއްޓުވަން ރައީސްގެ ގަރާރެއް

ނިމިދިޔަ ހަފުތާ: އަނިޔާވެރި ގަތުލެއްގެ އިތުރުން "އިންޑިއާ އައުޓް" ހުއްޓުވަން ރައީސްގެ ގަރާރެއް

މިދިޔަ ހަފުތާގައި ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި މީހަކު މަރާލުމާއި އަދި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ގަރާރެއް ނެރެއްވުމެވެ.

ހާންޖީ ރެސްޓޯރަންޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކަށް ހަމަލާދީ މަރާލީ އެ ރެސްޓޯރަންޓުގެ ކައްކާ އެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ މުހައްމަދު އާބިދު, 26 އެވެ. އޭނާ އަތުލައިގަތީ ހުޅުމާލޭ ފޭސް 2 ގެ ބީޗުންނެވެ. އޭނާގެ ބަންދަށް 15 ދުވަސް ވެސް މިދިޔަ ހަފުތާ ވަނީ ޖަހާފަ އެވެ. އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ބަންގްލަދޭޝް މީހާގެ ބޮލަށާއި ކަރަށް އަނިޔާވެފައިވާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އެ މީހާ ރެސްޓޯރެންޓްގެ ތަޅުންގަނޑު މަތީ އޮތްއިރު އެތަނުގައި ތިބި އެހެން މުވައްޒަފުން އޭނާއަށް ސީޕީއާރްދީ, މޫނަށް ފެން ޖަހައި ހޭއަރުވަން މަސައްކަތްކުރި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ" އައުޓް" ހަރަކާތް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަން ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ ވެސް މިދިޔަ ހަފުތާގަ އެވެ. ރައީސް މިދިޔަ ހަފުތާގައި ނެރުއްވި އެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ފުލުހުން ވަނީ ރައީސްގެ މި ގަރާރާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމު ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ އެގެޔަށް ވަދެ ނަގާފަ އެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އަންގަވައި ނެރުއްވި ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އެ ގަރާރު ބާތިލުކުރުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެލިވަރާއި ކޫއްޑޫގެ އަޕްގްރޭޑިން މަސައްކަތްތައް އެންމެ އަވަހަށް ވެސް ނިމޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ނިމިދިޔަ ހަފުތާގަ އެވެ. ފައްޔާޒު މިހެން ވިދާޅުވީ މިހާރު ޕްރޮޖެކްޓުތައް ހުރި ތާރީހުތަކުން މި ރިޔާސީ ދައުރު ނޮވެމްބަރު 2023 ގައި ނިމުމުގެ ކުރިން މި ޕްރޮޖެކްޓުތައް ނުނިމޭނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ޖަލުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްކޮށްފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ވެސް މިދިޔަ ހަފުތާގަ އެވެ. އަދި، ރާއްޖޭގެ ޖަލުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެންމެ މުހިންމު ވާޖިބެއް ކަމުގައި ދެކެނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރިޒަން ސާވިސްއެއް ގާއިމުކުރުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވެސް މިދިޔަ ހަފުތާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގިނަ ކަންކަމުގައި ހިޔާލު އެއް ގޮތަސް ހުންނަވާނީ މިނިވަން ޗެއާޕާސަނެއްގެ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ ވެސް ނިމިދިޔަ ހަފުތާގަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާ ގުޅޭ ރިޕޯޓު އެބައޮތް ކަމަށާއި "އޮޅުން އަރާ ކަމަށް ވާނަމަ" އެ ރިޕޯޓު ހިއްސާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެސް މިދިޔަ ހަފުތާގަ އެވެ. އެމްޑީޕީގެ މެމްބަރުންނަށް އެ މައްސަލައާ ގުޅޭގޮތުން އޮޅުންތައް އަރާނަމަ އެކަން ސާފުކޮށްދިނުމަށް ރިޕޯޓު ހިއްސާކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެއީ، ރައީސް ސޯލިހުއަށް އެސެޓު ރިކަވަރީ ކޮމިޝަނުން ހުށަހެޅި ރިޕޯޓު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްސަލަތައް ނިމެންދެން އޭނާގެ ވާހަކަ ނުދެއްކުމަށް ދައުލަތުގެ ވެރިންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރީ މިދިޔަ ހަފުތާގަ އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކޯޓުން ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިންކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާ މަދަނީ މިންގަނޑަށް ފެތޭ ކަމާއި އެ ދައުވާ ކްރިމިނަލް ކޯޓުގައި ގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރީ ވެސް މިދިޔަ ހަފުތާގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރިސޯޓު ހަދަން ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމުން ނިންމުން
  • ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލްގެ ކުރެހުންތައް ދައްކާލުން
  • ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދޫވި ދެ މީހެއްގެ މައްސަލަ އިސްތިއުނާފްކުރުން
  • ޕީޕީއެމުން މެމްބަރުންތަކެއް މަދުވުން، އީސީގެ ރެޖިސްޓްރޭޝަން އޮޑިޓެއް ހަދަން ނިންމުން
  • ފައްޔާޒަށް ކުރާ ތުހުމަތުތައް ބަލަން އޭނާ ގޮވާލެއްވުން
  • އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް މަހުޖޫބު ޝުޖާއު އައްޔަނުކުރުން
  • މީރާއަށް ލިބެންޖެހޭ ރިސޯޓު ކުލީގެ 17 ބިލިއަން ނުލިބޭ ކަމަށް އޮޑިޓުން ދެއްކުން
  • އައިއެސް މެންބަރެއް ކަމަށް ބުނާ ހޫދު ޝަރީއަތް ނިމެންދެން ބަންދުކުރުން

ހަފުތާގެ ހޮވާލެވޭ ލިޔުންތައް

  1. މި ރިޕޯޓުގައި މަހްފޫޒު ސައީދު ވަނީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގެ މުހިންމު ބިނާއެއް ކަމަށްވާ ހ. ވެލާނާގެ ދައުލަތަށް ނެގުމަށް ނިންމި ނިންމުމާ ގުޅޭ ތަފްސިލީ މައުލޫމާތުތައް ހިމަނާފަ އެވެ.
  2. މިއީ އުމުރުން އެންމެ 17 އަހަރުގައި ލޮލުގެ ފެނުމުން މަހުރޫމްވި ފަޔާޒް، 36، ގެ ހަޔާތް ބަދަލުވި ގޮތާއި އޭނާ ކުރިއަށް ދިއުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މުހައްްމަދު ހަމްދޫން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
  3. ރާއްޖޭގައި ތިބި ހަމައެކަނި ދެ އަންހެން ސީޕްލޭން ފަޅުވެރިން ކަމަށްވާ އާމިނަތު ތަސްލީމާ (ތައްތި) އަދި އައިޝަތު މުޒްނާ (ޗޮއްޕި) ގެ ވަޒީފާއާ ގުޅޭގޮތުން އެ މީހުންނާއެކު ކުރި ދަތުރުގެ ތަޖުރިބާތައް މި ރިޕޯޓުގައި އައިމިނަތު އިބްރާހިމް ގެނެސްދީފައިވެ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ހިއުމަން ރައިޓްސް ރިޕޯޓު 2020"

މިއީ ރާއްޖެއިން އިންސާނީ ހައްގުތައް ދަމަހައްޓައި ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އެ ހައްގުތަކާ ހިލާފަށް ކުރާ ކަންތައްތައް ބަޔާންކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ލިއްބައި ދިނުމަށް ބައެއް ކަންކަން ވެސް ސަރުކާރަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox