އެމްއެމްޕީއާރުސީ ރިޕޯޓު އެބައޮތް، ހާމަކުރާނަން: ނަޝީދު

Apr 18, 2022, 4:07 PM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ވިދާޅުވީ އޮޅުން އަރާނަމަ އެމްއެމްޕީއާރުސީގެ ރިޕޯޓު ހިއްސާކުރައްވާނެ ކަމަށް --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ވިދާޅުވީ އޮޅުން އަރާނަމަ އެމްއެމްޕީއާރުސީގެ ރިޕޯޓު ހިއްސާކުރައްވާނެ ކަމަށް --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާ ގުޅޭ ރިޕޯޓު އެބައޮތް ކަމަށާއި "އޮޅުން އަރާ ކަމަށް ވާނަމަ" އެ ރިޕޯޓު ހިއްސާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރެއްގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ތިބި ކަމަށް ބުނެ ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން މިހާތަނަށް އެކަށީގެންވާ ނަތީޖާ ނެރެވިފައި ނުވާތީ ވެސް ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.

މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިމެނޭހެން ދައުލަތުން ހިންގާފައިވާ ކޮރަޕްޝަންތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި އެސެޓު ރިކަވަރީ ކޮމިޝަނުން "ވަރަށް ރަނގަޅު މަސައްކަތްތަކެއް" ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އޭގައި ހުރީ ދެން އިތުރަށް ތަހުގީގުކުރަން ވި މީހުންނާއި އަދި ޝަރީއަތަށް ފޮނުވަންވީ މައްސަލަތައް،" އެ ރިޕޯޓާ ގުޅޭގޮތުން ނަޝީދު ވިދާޅުވި އެވެ.

އަދި، އެމްޑީޕީގެ މެމްބަރުންނަށް އެ މައްސަލައާ ގުޅޭގޮތުން އޮޅުންތައް އަރާނަމަ އެކަން ސާފުކޮށްދިނުމަށް ރިޕޯޓު ހިއްސާކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެއީ، ރައީސް ސޯލިހުއަށް އެސެޓު ރިކަވަރީ ކޮމިޝަނުން ހުށަހެޅި ރިޕޯޓު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނަށް، މަޖިލިސް މެޖޯރިޓީ ޕާޓީއަށް މިހާ ބޮޑު އޮޅުމެއް އަރާނަމަ ގައުމީ މަޖިލިސް އިން މިކަމުގައި އިސްނަގަން ފެނޭ،" މިއަދު ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު މި ވިދާޅުވެފައިވާ ރިޕޯޓުގެ އިތުރުން ފުލުހުންނާއި، އޭސީސީ އަދި އެސެޓު ރިކަވަރީ ކޮމިޝަން ގުޅިގެން އެކުލަވާލި ރިޕޯޓެއް މަޖިލީހުން އާންމުކުރި އެވެ. އަދި، އެ ލިސްޓު މެއި 12، 2021 ގައި ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެވެ.

އެސެޓު ރިކަވަރީ ކޮމިޝަނުން އެކުވާލި ރިޕޯޓު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރުސީ މައްސަލާގައި އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައި ނުވަނިކޮށް މިދިޔަ މާޗް 17، ގައި ވަނީ އެސެޓު ރިކަވަރީ ކޮމިޝަން އުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox