ބިދޭސީ މީހާގެ މަރާ ގުޅިގެން ހޯދަމުންދިޔަ ޝެފް ހައްޔަރުކޮށްފި

Apr 16, 2022, 9:45 PM
ޕާކިސްތާނަށް ނިސްބަތްވާ އާބިދު: ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި

ޕާކިސްތާނަށް ނިސްބަތްވާ އާބިދު: ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި

ހުޅުމާާލޭ ޚާންޖީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޕާކިސްތާނަށް ނިސްބަތްވާ ޝެފެއް ކަމަށްވާ މުހައްމަދު އާބިދު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޕާކިސްތާނަށް ނިސްބަތްވާ މުހައްމަދު އާބިދު, 26 މިހާރު ވަނީ އަތުލައިގަނެވިފަ އެވެ. އޭނާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ދެންމެ ކުރި ޓްވީޓެއްގައި ފުލުހުން ބުންޏެވެ.

ޚާންޖީ ރެސްޓޯރެންޓް ތެރޭ ހިނގި ދެބަސްވުމުގައި އާބިދު ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓްގައި ވޭޓަރެއްގެ ވަޒީފާ އަދާކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކަށެވެ. އޭނާގެ ބޮލަށާއި ކަރަށް އަނިޔާވެފައިވާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ހަމަލާދިނުމަށްފަހު, އާބިދު އެތަނުން ފިލި އެވެ. އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށް ބުނީ, އެއީ ވަރަށް ނުރައްކާތެރި މީހެއް ކަމަށެވެ. އޭނާގެ ދަންނަ މީހުން ބުނާ ގޮތުގައި ވަރަށް އަވަހަށް ރުޅި އަންނަ, ރުޅި ގަދަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި މާރާމާރީއެއް ހިންގާފައިވެ އެވެ.

ހަވީރު ރެސްޓޯރެންޓްގެ ބަދިގެ ތެރޭ ހިނގި ދެބަސްވުމުގެ ސީދާ ސަބަބު ސާފުވެފައި ނުވީ ނަމަވެސް, އެނގިފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ އާއި ބަންގްލަދޭޝް މީހާއާ ދެމެދު މީގެ ކުރިން ވެސް ދެބަސްވުންތައް ހިނގަ އެވެ.

"އަދަދު"އަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި, ބަންގްލަދޭޝް މީހާ ރެސްޓޯރެންޓްގެ ތަޅުންގަނޑު މަތީ އޮތްއިރު އެތަނުގައި ތިބި އެހެން މުވައްޒަފުން އޭނާއަށް ސީޕީއާރްދީ, މޫނަށް ފެން ޖަހައި ހޭއަރުވަން މަސައްކަޔް ކުރާތަން ފެނެ އެވެ.

އޭނާ ބާއްވާފައި އޮތީ ހަމަލާދިން ތަނުގައި ކަމެއް ސާފެއް ނޫނެވެ. އެތަނުގައި ލޭ ފެންނާކަށް ނެތެވެ. އެކަމަކު ޓީޝާޓް އޮތީ ލެއިން ފޯވެފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބަންގްލަދޭޝް މީހާއަށް ސީޕީއާރްދީ, އޭނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ޕާކިސްތާނަށް ނިސްބަތްވާ އެހެން މުވައްޒަފުންތަކެއް އުޅެ އެވެ. އުރުދޫ ބަހުން އެމީހުން ވާހަކަ ދައްކަމުން ދިޔައިރު, ކަން ހިނގި ގޮތް އެމީހުންނަށް ވެސް އޮޅުންނުފިލައިގެން އުޅޭ ތަން ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox