ނިމިދިޔަ ހަފުތާ: މަސްވެރިންގެ ފާޑުކިޔުން ސަރުކާރަށް

ނިމިދިޔަ ހަފުތާ: މަސްވެރިންގެ ފާޑުކިޔުން ސަރުކާރަށް

މިދިޔަ ދުވަސްތަކުގެ ތެރޭ ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު މަސް ނުކިރޭތީ މަސްވެރިން ވަނީ ވަރަށް ބޮޑަށް ސަރުކާރާ މެދު ނިމިދިޔަ ހަފްތާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބޮޑު ބަހުސެއް ކޮށްފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މިދުވަސް ވަރު ރަނގަޅުވެފައި ވާއިރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައި ވާތީ މަސްކިރުވަން، މަސްވެރިން އެތައް ދުވަހަކު ކިއުގައި ތިބެން ޖެހޭ ކަމަށެވެ. މަސްވެރިކަމަށް ބޭނުންވާ އައިސް ހޯދާށާއި މަސްދޯނި ފަހަރަށް އަޅާނެ ތެޔޮ ހޯދަން ވެސް އެގޮތަށް ކިއުގައި ތިބެން ޖެހޭ ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

ދަރަނި ނެގުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދަރަނި ނަގަނީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ދަރަނި ނަގައިގެން ކަންކަން ކުރަނީ، ކުރިއަށް އޮތް ޖީލުތަކަށް، އެބައެއްގެ އަމިއްލަ ވަޒަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރަން ރާއްޖޭގެ ގާބިލުކަން އެބަހުރި ކަމަށާއި އިގްތިސާދު އޮތީ ގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ދެއްވީ ނިމިދިޔަ ހަފްތާގަ އެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓާއި، މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްރޮޖެކްޓާއި، [އެހެން ޕްރޮޖެކްޓުތައް] ވެސް އަވަސް ކުރަން މަސައްކަތްކުރާނަން. އެއީ ވީހާވެސް އަވަހަށް އެ ޕްރޮޖެކްޓުތަކުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިއްބައިދިނުމަށް،" ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުންދާ ކަމަށާއި އެހެން ނަމަވެސް އާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލުމާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އާ ރިސްކުތަކެއް ކުރިމަތިވެފައިވާ ކަމަށާއި ތަކެތީގެ އަގު އުފުލުމުން އެކްސްޓާނަލް ރިޒާވުތަކަށާއި ސަރުކާރުގެ ކޭޝްފްލޯއަށް އަންނަނީ އަސަރު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން، 27، އެންމެ ފަހުން ފެނުނީ ހުޅުމާލެއިން ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން ހާމަކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. އެއަށްފަހު އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިވާއިރު އަދިވެސް އޭނާ ފެނިފައެއް ނުވެ އެވެ.

އިސްލާމް ދީނަކީ ގައުމިއްޔަތުގެ ތަނބު ކަމަށާއި ޓެރަރިޒަމްއަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީނަކީ ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި ޓެރަރިޒަމް ފަދަ ކުށްތަކަކީ "ދިވެހިން ދަންނަ ކަމެއް ނޫން" ކަމަށެވެ. ދިވެހިންނަކީ އިސްލާމް ދީނަށް ލޯބި ކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ ސުލްހަވެރި ދިރިއުޅެއް އުޅެން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދޭން ނުފެށިވަނީ އެކަމަށް އެކަށީގެންވާ ބަޖެޓު ނެތުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެއްދަންފަޅިއަށް ބަދަލު ކުރުން ނޫން ކަމަށާއި ނަމަވެސް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ ކޮންސެޕްޓުގެ ދަށުން 44 ސްކޫލެއް އެގޮތަށް ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ހާމަކުރީ ނިމިދިޔަ ހަފްތާގަ އެވެ. އެ ކޮމިޝަނަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާ ގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް މި ހިނގަމުންދާ މަޖިލިސް ދައުރަށް ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭޖީން ބުނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވުން
  • އިންވެސްޓަރުންނާއި ކުންފުނިތައް ގުޅާލަދޭ ޑިޖިޓަލް ޕްލެޓްފޯމު ވިޔަނަ އިފްތިތާހުކުރުން
  • އަަސާސީ މުދާ ގަންނަން 189 މިލިއަން ޑޮލަރުގެ ކްރެޑިޓި ފެސިލިޓީއެއްގައި ސޮއިކުރުން
  • މާލޭ ސަރަހައްދުގެ ބިން ވަކި ބަޔަކަށް ދިނުން އިންސާފުވެރިއެއް ނޫން ކަމަށް ނާޒިމް ވިދާޅުން
  • ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް 38.5 ބިލިއަން ރުފިޔާގެ މާލީ ހިރާސް ހުރި ކަމަށް ވޯލްޑް ބޭންކުން ބުނުން
  • އިސޫ، އަހަނދު، މުއާގެ ޝަރީއަތް ސިއްރުކުރުން
  • ހަދިޔާ ކުރާނެ ކަމަށް ބުނި ދެ މިލިއަން ރުފިޔާ ރާއްޖެ ޓީވީއަށް ލިބުނުކަން ހާމަވުން

ޕީޕީއެމްގެ ރަސްމީ ވިިސްނުން؛ ޔާމީނަށް ވާދަނުކުރެވޭ ގޮތަށް އިންތިހާބު ބޭއްވިޔަ ނުދިނުން

ހަފްތާގެ ހޮވޭލެވޭ ލިޔުންތައް

  • ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ، އެމްއެމްޕީއާރުސީ ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އިސް ފަރާތެއް ކަމުގައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އިނގިރޭސިވިލާތުގައި ކުންފުނިތަކެއް ރަޖިސްޓްރީކޮށް، ވިޔަފާރިތަކެއް ފަށައިގެން އުޅޭކަމުގެ ތަފްސީލު މި ރިޕޯޓު މެދުވެރިކޮށް އަމަން ހަލީމް ވަނީ ގެނެސްދީފަ އެވެ.
  • މުޅި ދުނިޔެ ވެސް އިގްތސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި އޮތް ވަގުތުގައި ވެސް ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި އާމްދަނީ އާ ނުބައްދަލު ހަރަދުތައް ސަރުކާރުން ކުރުމަކީ އިގްތިސާދު ކުރިއެރި ނަމަވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް މުހައްމަދު ވިޝާމްގެ މި ރިޕޯޓުން އެނގެ އެވެ.
  • ރާއްޖެއަށް މުދާ އިމްޕޯޓުކުރާ މައި ގޭޓު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އިތުރަށް އެތަނުގެ ހިދުމަތްތައް ފުޅާކުރެވެން ނެތުމާ އެކު ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓުގެ މަޝްރޫގެ ސަބަބުން އެ ކަމަށް ހައްލު ލިބި ރާއްޖޭގެ އިގްތިސާދަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ސާއިފް ޝިޔާދުގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox