ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސް އިބްރާހިމަށް

ދައުލަތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްބާސް އިބްރާހިމަށް އެރުވުން -- ފޮޓޯ؛ ރައީސް އޮފީސް

ދައުލަތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްބާސް އިބްރާހިމަށް އެރުވުން -- ފޮޓޯ؛ ރައީސް އޮފީސް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ރަޝީދު އިބްރާހިމް އާއި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވިރިޔާ އައްބާސް އިބްރާހިމްއަށް މިރޭ އަރުވައިފި އެވެ. 

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މުހައްމަދު ރަޝީދަށް ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ރޮނގުން ކަމަށްވާއިރު، އައްބާސް އިބްރާހިމަށް އެންމެ މަތީ ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ރޮނގުންނެވެ. 

މުހައްމަދު ރަޝީދު އިބްރާހީމް ވަނީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފަ އެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އޭނާ ވަނީ ޕީއެޗްޑީ ވެސް ހާސިލުކުރައްވާފަ އެވެ.

މިސްރުން މަތީ ތައުލީމް ހާސިލުކުރައްވައިގެން މުހައްމަދު ރަޝީދު އެނބުރި ރާއްޖެ ވަޑައިގެން ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1981 ގައި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އެއަށްފަހު އެ އޮފީހުގެ ހާއްސަ ވަކީލުގެ މަގާމުވެސް އޭނާ ފުރުއްވި އެވެ. 

އަލްމަދުރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން އެ މަދުރަސާގެ މުދީރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ރަޝީދު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަމުގެ އިތުރުން  އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމު ފުރުއްވި އެވެ. 

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އައްބާސް އިބްރާހިމަކީ ނޫސްވެރިކަމުގެ ދާއިރާއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ ރައީސްކަން 12 އަހަރު ކުރެެއްވި އެވެ. 

އައްބާސްގެ ހިދުމަތުގެ ތެރޭގައި ދިވެހި ބަސްފޮތް ޑިޖިޓަލްކޮށް ކޮމްޕިއުޓަރުން ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެއްވުން ހިމެނޭއިރު، އޭނާ ވަނީ ދިވެހި ބަހުގެ އެކަޑަމީގައި އޮންނަ ބަސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފަ އެވެ. އޭގެ އިތުރުން އެ ކޮމިޓީގެ ބަހުގެ ގަވާއިދު ކޮމިޓީގެ ރައީސަކީ އަދިވެސް އޭނާ އެވެ. 

އެކިއެކި މައުލޫތަކަށް މަޒުމޫނު ލިޔުއްވާ އައްބާސް ވަނީ އެކިއެކި ވާހަކަތައް ލިޔުއްވައި، ބޭރުގެ އެކި ވާހަކަތައް ދިވެހި ބަހަށް އޭނާ ވަނީ ތަރުޖަމާކޮށް ނެރުވައްވާފަ އެވެ. އޭނާގެ ހިދުމަތްތަކުގެ އަގުވަޒަންކުރަން ދައުލަތުން ވަނީ އެކި ޝަރަފު މީގެ ކުރިން އަރުވާފަ އެވެ. 

އައްބާސް އިބްރާހީމް މިހާރު ހުންނެވީ، ހެރިޓޭޖް މިނިސްޓްރީގެ މުޝީރުގެ މަގާމުގަ އެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އޭނާ ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox