ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން ގިނަ މެންބަރުން ވަކިވެއްޖެ

އެންމެ ގިނައިން މެންބަރުން މަދުވި ހަތަރު ޕާޓީގެ ލޯގޯ

އެންމެ ގިނައިން މެންބަރުން މަދުވި ހަތަރު ޕާޓީގެ ލޯގޯ

ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ (އޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގިނަ އަދަދެއްގެ މެންބަރުން ވަކިވެއްޖެ އެވެ. 

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދަފްތަރުގައި ތިބި މެންބަރުންގެ އަދަދާ އަޅާ ކިޔާއިރު އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީންނެވެ. އެ ޕާޓީން 4،573 މެންބަރުން ވަކިވި އެވެ. 

މީގެއިތުރުން މިދިޔަ އަހަރުގެ ނިޔަލަށް ދަފްތަރުގައި ތިބި މެންބަރުންގެ އަދަދާ އަޅާކިޔާއިރު އެމްޑީއޭއިން 3،913 މެންބަރުން ވަކިވެފައިވާއިރު، އަދާލަތުން 2،723 މެންބަރުން ވަކިވި އެވެ. އަދި އެމްއެންޕީން 2،310 މެންބަރުން ވަނީ ވަކިވެފަ އެވެ. 

ނަމަވެސް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޕީއެންސީއަށް 25،586 މެންބަރުން އިތުރުވިއިރު، އެމްޑީޕީއަށް 10.089 މެންބަރުން ވަނީ އިތުރުވެފަ އެވެ. 

ޕީއެންސީގެ މެންބަރުންގެ އަދަދު ކުއްލިއަކަށް މިހާ ގިނަވީ ސަރުކާރު އޮފީސްތަކާއި އެސްއޯއީތަކުގެ މުވައްޒަފުންނަށް ޕާޓީއަށް ވަންނަން މަޖުބޫރުކޮށްގެންކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުންނަށް ޓާގެޓްކޮށްގެން އެ މެންބަރުން ޕީއެންސީއަށް ވައްދަމުންދާކަން ވަނީ އެނގިފަ އެވެ. 

މިދިޔަ އަހަރާ އަޅާބަލާއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައިސްފައިވާ ބަދަލު: 

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - މިދިޔަ އަހަރުގެ ނިޔަލަށް 74،048 މެންބަރުން ތިބއިރު، މިރޭ 7:30 ގެ ނިޔަލަށް ތިބީ 99،634 މެންބަރުން
  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - މިދިޔަ އަހަރުގެ ނިޔަލަށް 43،784 މެންބަރުން ތިބިއިރު، މިރޭ 7:30 ގެ ނިޔަލަށް 53،873 މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭޕީ) - މިދިޔަ އަހަރުގެ ނިޔަލަށް 12،343 މެންބަރުން ތިބިއިރު، މިރޭ 7:30 ގެ ނިޔަލަށް 7،770 މެންބަރުން
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - މިދިޔަ އަހަރުގެ ނިޔަލަށް 9،686 މެންބަރުން ތިބިއިރު، މިރޭ 7:30 ގެ ނިޔަލަށް 5،773 މެންބަރުން
  5. އަދާލަތު ޕާޓީ (އޭޕީ) - މިދިޔަ އަހަރުގެ ނިޔަލަށް 8،267 މެންބަރުން ތިބިއިރު، މިރޭ 7:30 ގެ ނިޔަލަށް 5.544 މެންބަރުން
  6. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - މިދިޔަ އަހަރުގެ ނިޔަލަށް 5،133 މެންބަރުން ތިބިއިރު، މިރޭ 7:30 ގެ ނިޔަލަށް 2،823 މެންބަރުން
  7. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) - މިދިޔަ އަހަރުގެ ނިޔަލަށް 3،012 މެންބަރުން ތިބިއިރު، މިރޭ 7:30 ގެ ނިޔަލަށް 2،561 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖޫން 30، 2025، ގެ ނިޔަލަށް ތިބި މީހުންގެ އަދަދު:

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 68.665 މެންބަރުން
  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43،765 މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭޕީ) - 13،456 މެންބަރުން
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 9،011 މެންބަރުން
  5. އަދާލަތު ޕާޓީ (އޭޕީ) - 8،844 މެންބަރުން
  6. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 5،836 މެންބަރުން
  7. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) - 3،046 މެންބަރުން
  8. ދަ ޑިމޮކްރެޓްސް - 3،547 މެންބަރުން
  9. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) - 1،874 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 2024 ވަނަ އަހަރު ނިމުނުއިރު 68،968 މެންބަރުންނާއެކު އޮތީ ޕީއެންސީ އެވެ. ޕީއެންސީއާ ޖެހިގެން 43،142 މެންބަރުންނާއެކު އޮތީ އެމްޑީޕީ އެވެ. ތިންވަނައިގައި 13،826 މެންބަރުންނާއެކު ޖޭޕީ އޮތްއިރު، އޭރު ދަފްތަރުގައި އޮތް ޕީޕީއެމްގައި 12،174 މެންބަރުން ތިއްބެވެ.

މީގެއިތުރުން 2024 ވަނަ އަހަރު ނިމުނުއިރު އެމްޑީއޭގައި 9،210 މެންބަރުން ތިބިއިރު، އަދާލަތުގައި ތިބީ 9،049 މެންބަރުންނެވެ. ޑިމޮކްރެޓްސްގައި އެ މުއްދަތުގައި 3،667 މެންބަރުން ތިބިއިރު، އޭރު ދަފްތަރުގައި އޮތް އެމްޓީޑީގައި 2،359 މެންބަރުން އަދި ޕީއެންއެފްގައި 2،822 މެންބަރުން ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox