ވަޒީފާގެ ބިރާއި ރިޝްވަތުގެ ތުހުމަތުތަކާ އެކު، ޕީއެންސީން އެއްލައްކަ މެންބަރުން ހަމަކޮށްފި

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން މެންބަރުން ވައްދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށް، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް މިރޭ އަރުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން މިރޭ 10:37 ގެ ނިޔަލަށް ޕީއެންސީގައި ތިބީ 100،083 މެންބަރުންނެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި 74،048 މެންބަރުން ތިބިއިރު، މިއީ 26،035 މެންބަރުންގެ އިތުރުވުމެކެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ޕީއެންސީން އެއްލައްކަ މެންބަރުން ހަމަކުރީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން އެ ޕާޓީއަށް ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކައިގެންނެވެ. 

މީގެ އިތުރުން ޕީއެންސީން ވަނީ މެންބަރުން އިތުރުކުރުމުގެ ގޮތުން ބައެއް މީހުންނަށް އެކި އަދަދުތަކުން ފައިސާދީފައިކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ. އެގޮތުން ބައެއް މީހުންނަށް 500ރ. އަދި ބައެއް މީހުންނަށް 2،000ރ. ވެސް ދީފައިވެ އެވެ. 

ޕީއެންސީން އެންމެ ފުރަތަމަ އަމާޒު ހިފީ މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ލޯންޗުކުރި އިހުތިރާމު އަދާކުރުމުގެ ކެމްޕެއިން ލޯންޗިން ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަކުރާށެވެ. އެކަމަކު އެ އަމާޒަށް ވާސިލުނުވެވި އެ ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަކުރެވިފައި މިވަނީ އޭގެ ފަސް ދުވަސް ފަހުންނެވެ. 

ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިރޭ 22:37 ގެ ނިޔަލަށް:

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 100،083 މެންބަރުން
  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 53،747 މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭޕީ) - 7،751 މެންބަރުން
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 5،749 މެންބަރުން
  5. އަދާލަތު ޕާޓީ (އޭޕީ) - 5،530 މެންބަރުން
  6. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 2،809 މެންބަރުން
  7. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) - 2،536 މެންބަރުން

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދަފްތަރުގައި ތިބި މެންބަރުންގެ އަދަދާ އަޅާ ކިޔާއިރު އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީންނެވެ. އެ ޕާޓީން 4،592 މެންބަރުން ވަކިވި އެވެ. 

ނަމަވެސް އިދިކޮޅު އެމްޑީޕއަށް މިދިޔަ އަހަރާ އަޅާބަލާއިރު މެންބަރުން ވަދެވަފައިވާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން އެ ޕާޓީއަށް 10،000 އަށްވުރެ ގިނަ މެންބަރުން ވަދެފައިވެ އެވެ. ނަމަވެސް އޭގެތެރެއިން ބައެއް މެންބަރުން އެ ޕާޓީން މިހާރު ދަނީ ވަކިވަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 2024 ވަނަ އަހަރު ނިމުނުއިރު 68،968 މެންބަރުންނާއެކު އޮތީ ޕީއެންސީ އެވެ. ޕީއެންސީއާ ޖެހިގެން 43،142 މެންބަރުންނާއެކު އޮތީ އެމްޑީޕީ އެވެ. ތިންވަނައިގައި 13،826 މެންބަރުންނާއެކު ޖޭޕީ އޮތްއިރު، އޭރު ދަފްތަރުގައި އޮތް ޕީޕީއެމްގައި 12،174 މެންބަރުން ތިއްބެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު ނިމުނުއިރު އެމްޑީއޭގައި 9،210 މެންބަރުން ތިބިއިރު، އަދާލަތުގައި ތިބީ 9،049 މެންބަރުންނެވެ. ޑިމޮކްރެޓްސްގައި އެ މުއްދަތުގައި 3،667 މެންބަރުން ތިބިއިރު، އޭރު ދަފްތަރުގައި އޮތް އެމްޓީޑީގައި 2،359 މެންބަރުން އަދި ޕީއެންއެފްގައި 2،822 މެންބަރުން ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox