ނިމިދިޔަ ހަފްތާ: ހިޔާލު ތަފާތުވުންތައް ނައްތާލައި 2023 ކާމިޔާބުކުރަން އެމްޑީޕީން އަމާޒުހިފުން

މިދިޔަ ހަފްތާގައި ބޭއްވި ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ޗެއާޕާސަން ފައްޔާޒު އިސްމާއިލް (މ) އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާކުރައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ ހަފްތާގައި ބޭއްވި ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ޗެއާޕާސަން ފައްޔާޒު އިސްމާއިލް (މ) އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާކުރައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނިމިގެންދިޔަ ހަފުތާއަކީ ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ހަރަކާތްތެރި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމާ ގުޅޭ ގޮތުން މުހިންމު ނިންމުންތަކެއް ނިންމި ހަފުތާއެކެވެ. ސަރުކާރުގެ މައި ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތް ދަނޑިވަޅެއްގައި ބޭއްވި ކޮންގްރެސްގައި އެ ޕާޓީން ވަނީ 2023 ކާމިޔާބު ކުރުމަށް އެ މައްސަލަތައް އެއްފަރާތްކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މެމްބަރުންނަށް ދީފަ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިހީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސަށް ހުށަހަޅުއްވަން ނިންމެވި ނަމަވެސް އެންމެފަހު ވަގުތު އެ ގަރާރު އަނބުރާ ގެންދެވި އެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ކޮންގްރެސް ފެށުމުގެ ކުރިން ވެސް އެ ގަރާރަށް ތާއިދު ނުކުރައްވާ ކަމާއި ގަރާރު އަނބުރާ ގެންދިޔުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގަތެވެ.

ކޮންގްރެސްގެ ފަހު ދުވަހަށް ގަރާރު އެޖެންޑާ ކުރި ނަމަވެސް ދެ ރައީސުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ ގަރާރު މިވަގުތަށް ހުށަނާޅައި މަޑުޖައްސާލުމަށެވެ. އަދި، އެއަށްފަހު ދެ ބޭފުޅުން ވެސް ވަނީ ދެބަސްވުންތަކުގެ ތެރެއިން ހައްލު ހޯދައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ މެމްބަރުންނަށް ދެއްވާފަ އެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް ބޮޑު ސުވާލަކަށް ލިބިގެންދިޔަ ޖަވާބެކެވެ.

އެމްޑީޕީގެ ކޮންގްރެސް ނިމުމުގެ ކުރިން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޮތީ ހިޔާނާތުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. ޖަޒުބާތީ ބަހުސްތަކެއް ކުރުމަށްފަހު އެމްޑީޕީން ކޮންގްރެސް ނިންމާލިއިރު ދެ ރައީސުން ވެސް ވަނީ އެކުގައި ތިބެ އިންތިހާބުތައް ކާމިޔާބު ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު، 87 ގައި ހިފަހައްޓައި އެއަށްވުރެ އެ އަދަދު ގިނަ ނުވާނެ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށައެޅުއްވީ ވެސް ނިމިދިޔަ ހަފުތާގަ އެވެ. އިގުތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ގާސިމް ހުށަހެޅުއްވި އިސްލާހަށް ނަޝީދު ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.

ލިވާތު ކުރުމާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ދެ ކުށް ކަމުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅީ ވެސް މިދިޔަ ހަފުތާގަ އެވެ. އެ ދެ ކުށް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާންކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އެވެ. މިހާރު ގާނޫނު އޮތް ގޮތުން, ޖިނާއީ ބޮޑެތި ކުށްތައް ގޮތުގައި ކަނޑައަޅާފައިވަނީ 12 ކުށެކެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތަކެއް ހުރި ތިން ފޯން ތަހުލީލުކޮށް ބެލި އިނގިރޭސި ވިލާތުގެ ފަރަޑޭ ފޮރެންސިކްސްގެ ޓެކްނިކަލް ޑައިރެކްޓަރު މާކް އެމްޑްރޫ ރިގްބީއަށް އެ ފޯނުތައް ލިބުނުއިރު އެއީ ކޮން ބައެއްގެ އަދި ކޮން ކަހަލަ މުއާމަލާތްތަކެއް ހުރި ފޯނުތަކެއް ކަން ނޭނގޭ ކަމަށް ޝަރީއަތުގައި ބުނީ ވެސް މިދިޔަ ހަފުތާގަ އެވެ. ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަން އަށް މާކް ހާޒިރުކޮށް، ވީޑިއޯ ކޯލް މެދުވެރިކޮށް މާކްގެ ހެކިބަސް ނެގީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގަ އެވެ.

ބަންޑާރަ އުސޫލުން ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ނިމިދިޔަ ހަފުތާގައި ވިދާޅުފަ އެވެ. ރާއްޖޭގައި އާބާދީ ކުރިއަށް އޮތްތަނުގައި ވެސް ދާނީ އިތުރުވަމުން ކަމަށާއި ރައްޔިތުން ބޭނުންވާ ވަރަށް "އަބަދަކު ނުހިއްކޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެއާއެކު ބިމުގެ ވިޔަފާރި ވެސް ދާނީ ބޮޑުވަމުން ކަން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގައި ނުހިންގާ މީޑިއާތަކާއި ނޫސްތަކަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާ, އައިއެފްޖޭ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފި އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ން މިދިޔަ ހަފުތާ ތެރޭ ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ނޫސް ބަޔާނުގައި ބުނީ މީޑިއާ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަކަށް ވެސް ލިބިގެންވާތީ، ނޭދެވޭ ނަތީޖާ ވަރަށް ބޮޑު ކަމަށެވެ.

އިންޑަސްޓްރިއަލް އައިލެންޑް ތިލަފުއްޓާއި ވިލިމާލެ އާއި ވެރިކަން ކުރާ ރަށް މާލެ ގުޅުވާލުމަށް ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރަނިކޮށް ވިލިމާލޭ ފަރަށް އެރި މާސިންގާ ޕްލެޓްފޯމެއް ބުނި ތާރީހަށް ނުނެގުނީ މޫސުން ގޯސްވެގެން ކަމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން ބުނީ ވެސް ނިމިދިޔަ ހަފުތާގަ އެވެ. އޯގަސްޓު 16، ގައި ފަރަށް އެރި އެ ޕްލެޓްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށް ބުނި ނަމަވެސް އިއްޔެ ނެރުނު ކުރު ބަޔާނެއްގައި އެ ކުންފުނިން އަނެއްކާ ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަންޖެހުނީ ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކަށާއި އެހެނިހެން ކަންކަމަށް ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަކަށް 2026 ގައި އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށް ވާލްޑް ބޭންކުގެ ރިޕޯޓަކުން ހާމަވިކަން ރިޕޯޓުކުރީ ވެސް މިދިޔަ ހަފުތާގަ އެވެ. ވާލްޑް ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިޕޯޓުގައިވާ ގޮތުގައި 2021 ގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ދައުލަތުގެ ދަރަނި ހުރީ 6.1 ބިލިއަން ޑޮލަރު (93.3 ބިލިއަން ރުފިޔާ) ގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 125 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބޮޑު ހިޔާނާތުގެ އިތުރު ދައުވާތަކެއް ކުރަން ފޮނުވަން އޭސީސީން ތައްޔާރުވުން
  • ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މަރުގެ ހަމަލާއެއް ދިނުން
  • ވެންޓިލޭޓަރު މައްސަލަ ފައިލްކުރުމުން ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފެއްދުން
  • ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން ހަމަޖެއްސުން
  • އޭލެވެލް ދަރިވަރުންނަށް އެޑެކްސަލްގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ނިންމުން
  • ބޮޑު ހިޔާނާތް ހިންގި އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ދޫކޮށްލުން
  • ރާއްޖޭގެ ފުރަތަމަ ފަޔާ ސިމިއުލޭޓާ އާރުއޭސީއެލުން ފެށުން
  • ޓީޓީ ތަރި ދީމާގެ ތަމްރީނުތައް އޮލިމްޕިކް ސްކޮލާޝިޕްގެ ދަށުން ފްރާންސްގައި

ހަފުތާގެ ހޮވާލެވޭ ބައެއް ލިޔުންތައް

  • ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އުފެދުނު މައިގަނޑު އެއް ސަބަބަކީ އަނިޔާވެރިކަން ނައްތާލުން ކަމަށް ރައީސް ސޯލިހު ވިދާޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްއިން ޖަލުތަކުގެ ހާލަތު އަދިވެސް ރަނގަޅުވެފައި ނުވާ ކަމަށް ބުނިއިރު އެފަދަ ވާހަކަތަކެއް ދެއްކެވުމުގެ ހައްގެއް އެމަނިކުފާނުގެ ޕާޓީއަށް ނެތްކަން ހަސަން މުހައްމަދު ވަނީ ތާރީހުން ހެކި ދައްކައިގެން މި ކޮލަމްގައި ބަޔާންކޮށްދީފަ އެވެ.
  • އެމްޑީޕީގެ ކުރިމަގާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމި އެ ޕާޓީގެ ހަތަރުވަނަ ކޮންގްރެސްގެ ފުރަގަހުގައި ހިނގަމުންދިޔަ ކަންތައްތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ހުށަހެޅި ގަރާރަށް އާހިރުގައި ކޮންގްރެސް ނިމުނުއިރު ވެގެންދިޔަ ގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކުލަވަރު ފެންނަ ގޮތާއި ގުޅޭގޮތުން މުހައްމަދު އުޝާމްގެ މި ރިޕޯޓުގައި މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ.
  • އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓުތައް ދައުރު ނިމުމުގެ ކުރިން ނުނިމެނޭކަން އަމަން ހަލީމްގެ މި ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ސަރުކާރުން އަދިވެސް ބުނަމުންދަނީ މަސައްކަތްތަކުގެ ސްޕީޑު ލަސް ނޫން ކަމަށެވެ.

ދިރާސާތަކުން ކިޔާލުމަށް

"ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ 2019 - ސްމޯލް ބިޒްނަސް"

މިއީ ގްރޭޓާ މާލެ ސަރަހައްދާއި ރާއްޖޭގެ 17 ސަރަހައްދެއްގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކުން ރައްޔިތުންގެ އާމްދަނީއަށް ކުރާ އަސަރުތައް ދެނެގަތުމަށް 2019 ވަނަ އަހަރު މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ކުރިއަށް ގެންގޮސްފައިވާ ދިރާސާގެ ރިޕޯޓެވެ. މި ރިޕޯޓަކީ ލާމަރުކަޒު ކުރުމަށާއި އިގްތިސާދީ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު މައުލޫމަތުތަކެއް ހިމަނާފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox