ނަޝީދާ ހިޔާލު އެއްގޮތަސް ވާނީ މިނިވަން ޗެއާޕާސަނަކަށް: އިންތި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހްމީ - ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހްމީ - ފޮޓޯ: އަދަދު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގިނަ ކަންކަމުގައި ހިޔާލު އެއް ގޮތަސް ހުންނަވާނީ މިނިވަން ޗެއާޕާސަނެއްގެ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބެލެވެނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ދެމެދު އޮތް ގަދަހިފުމެއްގެ ގޮތުގަ އެވެ. އިންތިއަކީ ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓެވެ. ދެން ވާދަކުރައްވަނީ ރައީސްގެ ތާއީދު އޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

މި ރޯދަ މަހު "އަދަދު" ނޫހުން ގެނެސްދޭ "ކުޅިކޮށް" ޝޯގައި އިންތި ބައިވެރިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައިވެ އެވެ. އަދި އިންތި އިންތިހާބުވެގެން މަސައްކަތް ކުރައްވާނީ ނަޝީދު ވިދާޅުވިހާ ގޮތަކަށް ކަމަށް ދެކެވޭ ވާހަކައަށް ރައްދެއް ދެއްވި އެވެ.

"އަޅުގަނޑު ވަރަށް މިނިވަން ވާނެ، އަޅުގަނޑަކީ ޒާތެއްގެ ޕްރޮޖެކްޓްއެއްގައި ތާށިވެފައި ހުރި މީހެއް ނޫން، ލޯނެއްގައި ޖެހިގެން ތާށިވެފައި ހުރި މީހެއް ނޫން، އަޅުގަނޑު އެހެން މީހަކަށް ބަރޯސާވާން ޖެހޭ ކަމެއް ނޯންނާނެ،" އިންތި ވިދާޅުވި އެވެ.

ނަޝީދާ ހިޔާލު ތަފާތުވެ އެމަނިކުފާނާ ދެކޮޅަށް ގޮތެއް ނިންމަން ޖެހިއްޖެ ހާލަތެއްގައި އެ ކަން ކުރަން ކެރޭނެތޯ ސުވާލު ކުރުމުން އިންތި ދެން ވެސް ވިދާޅުވީ "މިނިވަން ވާނެ" ކަމަށެވެ. ނަމަވެސް ނަޝީދާއި އޭނާ ވެސް ބޭނުންވަނީ ޕާޓީގެ އަސާސްތައް ހިފަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވެސް ނަގަހައްޓަވަން ބޭނުން ވަނީ ޕާޓީގެ ވެލިއުސްތަކާއި އަސާސްތައް، އަޅުގަނޑު ވެސް ބޭނުން ވަނީ އެ ކަންކަން، އެހެންވެ އަޅުގަނޑުމެންގެ ހިޔާލު، ވިސްނުން، ވަރަށް ގިނައިން އެއްގޮތްވާނެ، ހިޔާލު އެއްގޮތްވީތީ އެ ކަހަލަ ހީވުންތަކެއް ވެސް އެ އުޅެނީ،" އިންތި ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބާ އެކު އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާ ވެސް ވަނީ ބޮޑުވެފަ އެވެ. ދެ ފެކްޝަންގެ ސަޕޯޓަރުންނާއި އިސް ބޭފުޅުންގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައް ވެސް ރައްދު ކުރެވެމުންނެވެ. އިންތިއާއި ފައްޔާޒު ވެސް ވިއްކަމުން ދަނީ ޕާޓީ އެކަތިގަނޑަކަށް ހަދާނެ ކަމުގެ ވައުދުތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox