ހިޔާނާތުގެ މައްސަލަ ނިމެންދެން އަންމަޓީގެ ވާހަކަ ނުދައްކަން ދައުލަތުގެ ވެރިންނަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސުޕްރީމް ކޯޓުގެ ނަން ބޯޑު. ކޯޓުން މައްސަލަ ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސުޕްރީމް ކޯޓުގެ ނަން ބޯޑު. ކޯޓުން މައްސަލަ ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްސަލަތައް ނިމެންދެން އޭނާގެ ވާހަކަ ނުދެއްކުމަށް ދައުލަތުގެ ވެރިންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އަންމަޓީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. މިއަދު އޮތް އަޑުއެހުމުގައި އޭނާގެ ވަކީލު ވަނީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ނިންމެވުމަށް އަދި ކްރިމިނަލް ކޯޓުގެ ގާޒީއަށް ނިސްބަތް ކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ލިޔުއްވާފައިވާ ބްލޮގް ޕޯސްޓަކާއި ކުރެއްވި ޓްވީޓެއް ހިއްސާކުރައްވާފަ އެވެ.

އަދި، ޝަރީއަތެއްގެ ނިންމުމަކާ ގުޅިގެން ފަނޑިޔާރުންގެ ޒާތަށް ނިސްބަތްކޮށް ފާޑުކިޔައި، ޝަރީއަތުގެ ބޭރުން ވާހަކަ ދައްކާ ދެއްކުން ހުއްޓުވުމަށް އަމުރެއް ނެރެ ދިނުމަށް ވެސް އެދުނެވެ.

އަންމަޓީގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކޯޓުން ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ބުނެފަ އެވެ.

"ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކޮށް، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ ކަމަށް އަންގަން،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

މިފަދަ އަމުރެއް ނެރެފައިވާއިރު ޝަމީމްގެ ޓްވިޓާއި ބްލޮގު ޕޯސްޓުގެ އިތުރަށް ބައެއް އަޑުއެހުންތަކުގައި ދައުލަތް ތަމްސީލު ކުރައްވާ ޕީޖީގެ ވަކީލުން ދައްކަވާފައި ހުރި ބައެއް ވާހަކަތައް ވެސް އަންމަޓީގެ ފަރާތުން މިއަދު ފާހަގަކުރި އެވެ.

އެގޮތުން، ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލަކު، އަންމަޓީ ދޫކޮށްލީ ގާޒީ ދީބަނާޒް އާ އޮތް ގުޅުމެއްގެ ސަބަބުން ކަމަށް ވިދާޅުވެފައިވާތީ އެކަން ވެސް ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވުމަކީ މައްސަލައަށް ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި އަންމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ސިފަ ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox