ނިމިދިޔަ ހަފުތާ: ތުހުމަތުތަކާ އެކު ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދެއްވުމުން އެމްޑީގެ ހޫނު ރައްދެއް

ނިމިދިޔަ ހަފުތާ: ތުހުމަތުތަކާ އެކު ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދެއްވުމުން އެމްޑީގެ ހޫނު ރައްދެއް

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) އިސްތިއުފާ ދެއްވީ ނިމިދިޔަ ހަފުތާގަ އެވެ.

އޭނާގެ ތުހުމަތުތަކާ ގުޅިގެން މެނޭޖިން ޑިރެކްޓަރު ސައީދު ވަނީ ހޫނު ރައްދެއް ދެއްވާފަ އެވެ.

އިބްރާހިމް ވަހީދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ކުންފުނީގެ ދަރަނި ބޮޑުވެފައިވަނީ ޗެއާމަން އާއި އެމްޑީގެ ނާގާބިލް ކަމުންނެވެ. އެ ދެ ބޭފުޅުން ފެނަކަ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު އެ ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތީ 680 މިލިޔަން ރުފިޔާ ކަމަށް ވިޔަސް މިހާރު ދަރަނި 1.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އެއީ ރަނގަޅު އަދަދެއް ވެސް ނޫން، ރަނގަޅު ވާހަކައެއް ވެސް ނޫން. އަޅުގަނޑުމެން ފެނަކައާ ހަވާލުވިއިރު ވެސް އެތަނުގައި ވަރަށް ބޮޑު ދަރަންޏެއް އޮތް. އިތުރެއް ނުވޭ. ގަވާއިދުން ނުދެއްކުނު ނަމަވެސް އަޅުގަނޑުމެން މިދަނީ ދައްކަމުން. ކުރީގެ ދަރަނި އެދަނީ ބޮޑުވަމުން،" އެ ތުހުމަތުތަކާ ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމަށް ހިތްވަރުދެވޭ ގޮތަށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އަލިމަނިކަކީ އެފަދަ ފިކުރު ގަބޫލުކުރާ ދިވެހިންގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގާޒީއެއް ގޮތުގައި ވެސް މަސައްކަތް ކުރި މީހެއް ކަމަށް ސިއްރު ހެކިވެރިއަކު ޝަރީއަތުގައި މަޖިލީހުގައި ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލާނީ އެކަން ކާމިޔާބު ކުރުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގަ އެވެެ. ރިޔާސީ އިންތިހާބަށް ވުރެ އަހައްމިޔަތު ކަން ދޭން ޖެހޭނީ ނިޒާމު ބަދަލުކުރުމުގެ ވޯޓަށް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާ ލިބޭނީ ބޮނޑިއެއް، އެކަމަކު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް، ޕާލަމެންޓަރީ ނިޒާމެއް ނޫން ގޮތަކަށް މި ރާއްޖޭގެ ވެރިކަން ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

ނިމިދިޔަ ހަފްތާގައި ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއެއްގެ ތެރެއިން މި ސުވާލު ކުރިމަތިކުރުމުން ޖަވާބު ފެއްޓެވީ ވެސް "ވަރަށް ބޮޑަށް އޮޅޭ ކަމެއް މިއީ، އަޅުގަނޑުމެން ނޫޅެމޭ ވެމްކޯގެ މެންޑޭޓް ތެރެއަށް ވަންނާކަށެއް،" މިހެން ވިދާޅުވުމަށްފަހު އެވެ. މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ވެމްކޯގެ ބިޒްނަސް މޮޑިއުލް އަކީ ގޭގެއާއި އިމާރާތްތަކުން ކުނި އެއްކުރުމެވެ. އެ މަސައްކަތަށް އަދިވެސް އެ މުވައްޒަފުން ބޭނުން ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ސިޓީ ކައުންސިލުން ކުނި ގެންގޮސްދޭނީ ވެސް ވެމްކޯގެ ކުނި ޖަމާކުރާ ސައިޓަށް ކަމަށް ވިދާޅުވި އެވެ.

ދިރިއުޅޭ މީހުންނާއި ވެހިކަލުން ތޮއްޖެހިފައި އޮތް ވެރިކަން ހިންގާ މާލެއިން އަމިއްލަ މީހުންގެ ވެހިކަލް ޕާކު ކުރުމަށް 1770 އަށް ވުރެ ގިނަ ޖާގަ ކުއްޔަށް ދީފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނީ ނިމިދިޔަ ހަފްތާގަ އެވެ. ޕްރައިވެޓް ޕާކު ކުރުމަށް މާލެއިން ބައެއް ތަންތަން ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެގޮތަށް ޖާގަ ދެނީ ޓެކްސީއެއް ނަމަ މަހަކު 750ރ. އަށް އަދި ޕްރައިވެޓް ވެހިކަލެއް ނަމަ މަހަކު 1500ރ. އަށެވެ.

ފުލުހުންގެ ބޯޑު މިހާރު ހިނގަމުން އަންނަ ގޮތުން އެ ބޯޑުގެ ބޭނުން އެންމެ ބޭނުންތެރި ގޮތުގައި ނުހިފޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން ބޭނުންވާ ގިނަ ކަންކަމަށް މިނިސްޓްރީއަށް އެއްބަސްނުވެވެ އެވެ. އެގޮތުން ބޯޑުން ބޭނުން ވަނީ މިނިސްޓްރީގެ ދަށުން ވަކިވެ މިނިވަން ގުނަނެއްގެ ގޮތުގައި ހިންގައި އަމިއްލަ ވެބްސައިޓަކާއި ސިއްކައެއް ބޭނުން ކުރުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަކު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންތައްތަކަކީ ސަރުކާރުތަކުންވާ ވައުދުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބުތަކުގައި ޕާޓީތަކުން ދައްކާ ބައެއް ވާހަކަތައް އެއީ ކެމްޕޭނަށް ދަމާފައި ހުންނަ ބެނާތަކުގައި، އެ ބެނާތައް ތައްޔާރުކުރި "ކުދިން އަމިއްލައަށް ލިޔެފައިވާ ވާހަކަތައް" ކަމަށް ވެސް ބައެއް ޕާޓީތަކުން ކުރިން ބުނެފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނުފޫޒު ފޯރުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ޕާލިމެންޓްރީ ގްރޫޕްގައި ބައިވެރިވާ މެންބަރުންނަށް އެފަދަ ކަމެއް ނެތް ކަން އެނގޭނެ ކަމަށް އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒެއް ޕީޖީ ގްރޫޕަށް ފޯރުވާފައި ނެތް ކަމަށެވެ. އަދި ޕީޖީ ގްރޫޕްގެ ބައްދަލުވުންތައް ގަވައިދުން ބާއްވައި، މައްސަލަތަކުގެ ބަހުސްތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ނިމިދިޔަ ހަފްތާއިން ފެށިގެން ކުރަމުންނެވެ. މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނުވެސް ދަނީ ބާނަމުންނެވެ.

އަމީނީ މަގު ގާ އަތުރައިގެން ތަރައްގީ ކުރުމުގެ ބަދަލުގައި ތާރު އަޅަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓަންޓުގެ ލަފަޔާ ހިލާފަށް ކަން ހާމަވީ މިދިޔަ ހަފްތާގަ އެވެ. އަމީނީ މަގުގައި ތާރު އެޅުމަކީ އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫން ކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ މެއިންޓެއިން ކުރަން ފަސޭހަވާނެ އަދި އެންމެ ހަރަދު ކުޑަ ވާނެ ގޮތަކީ ގާ އަތުރައިގެން ހެދުން ކަމަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއާ ގުޅިގެން އެންމެ މައިގަނޑު އެއް ކަންބޮޑުވުމަކީ ފެން ހިންދާ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެނިއުމަރޭޓަރުން މަދުވެ، މަސައްކަތް ލަސްވާތީ ބޯހިމެނުމުގެ މުއްދަތު އިތުރުކުރުން
  • ގުޓެރޭޒަށް ފަހު އދ. އަށް އަންހެން ސެކްރެޓަރީ ޖެނެރަލެއް އިންތިހާބުކުރަން ގޮވާލުން
  • ހަދާ އިމާރާތަކުން ވެއްޓުނު ދަގަނޑެއް މީހެއްގެ ގަޔަށް ހެރި ބޮޑެތި އަނިޔާތަކެއް
  • ދިވެހި ބަސް ދިވެހިންގެ ދެ ވަނަ ބަހަށް ބަދަލުވާތީ ބިދޭސީ ޓީޗަރެއްގެ ކަންބޮޑުވުން ފާޅުކުރުން
  • މިނީ ބަހުގެ ހިދުމަތްތައް މާލޭގައި އިތުރު ދެ ހަފްތާއަށް ހިލޭކުރުން
  • ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރުދިން ގުރޫޕަކަށް ސީޕީގެ ވަރުގަދަ އިންޒާރެއް
  • ތައިސޭ ކޮށިން އަމިއްލަ ބަޔަކަށް 4000 އަކަފޫޓުގެ ބިމެއް ދިނުން
  • ޝައިހް ފަޒްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހުކުމްކުރުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތައް ކާމިޔާބުކޮށްފައި ވަނީ އެކި ޕާޓީތައް އެކުލެވޭ ކޯލިޝަންތަކުން ކަމާއި މިހާރު ވެރިކަމުގައި ކޯލިޝަން އޮތް ނަމަވެސް، އެ ކޯލިޝަންގެ ތެރޭގައި ހުރި މައްސަލަތަކާއި އަދި އެފަދަ ވެރިކަންތައް ކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މުހައްމަދު އުޝާމް މި ރިޕޯޓުގައި މައުލޫމާތު ހިމަނާފައިވެ އެވެ.
  • ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޑައިވިން މަންޒިލަކަށް ރާއްޖެ ވެފައިވާއިރު ވެސް ޑައިވިން ކުރުމުގައި ދިމާވާ ހާދިސާތަކުގައި އަނިޔާ ލިބޭ މީހުންނަށް ފަރުވާ ދެވޭނެ އެކަށޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތްކަން ފާތިމަތު އަޖުފާންގެ މި ރިޕޯޓުން ހާމަވެ އެވެ.
  • ދުނިޔޭގެ ސުލްހައިގެ ދުވަހާ ގުޅުވައި ނަސްމާ އަބްދުލްމުހުސިން ލިޔުނު މި ކޮލަމްގައި އޭނާ ވަނީ ރާއްޖެ އަކީ ސުލްހަވެރި ގައުމެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް އެ ސުލްހަ ބޭއްވުމަށްޓަކައި މިނިވަންކަމަށް ކޮންމެވެސް ވަރެއްގެ ހުރަހެއް އެޅޭކަން ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox