"ވީގޮތެއް ނޭނގޭ": ފުރާނަ ސަލާމަތް ވޭތޯ އެހެން މީހުން މަސައްކަތްކުރި

ބިދޭސީ މީހާއަށް އެހެން މުވައްޒަފުން ސީޕީއާރް ދެނީ: އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު

ބިދޭސީ މީހާއަށް އެހެން މުވައްޒަފުން ސީޕީއާރް ދެނީ: އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓް ތެރޭ ޕާކިސްތާނުގެ ކައްކާއެއްގެ ހަމަލާތަކެއް ގައި މަރުވި ބަންގްލަދޭޝް މީހާ، މަރުވިކަން އަދި ނޭނގޭތީ އެވަގުތު އޭނާ ތަޅުންގަނޑު މަތީ ބާއްވައިގެން, ފުރާނަ ސަލާމަތް ކުރަން އެތަނުގައި ދެން ތިބި މުވައްޒަފުން މަސައްކަތްތަކެއް ކުރި ކަން ވީޑިއޯ އަކުން އެނގިއްޖެ އެވެ.

"އަދަދު"އަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި, ބަންގްލަދޭޝް މީހާ ރެސްޓޯރެންޓްގެ ތަޅުންގަނޑު މަތީ އޮތްއިރު އެތަނުގައި ތިބި އެހެން މުވައްޒަފުން އޭނާއަށް ސީޕީއާރްދީ, މޫނަށް ފެން ޖަހައި ހޭއަރުވަން މަސައްކަޔް ކުރާތަން ފެނެ އެވެ.

އޭނާ ބާއްވާފައި އޮތީ ހަމަލާދިން ތަނުގައި ކަމެއް ސާފެއް ނޫނެވެ. އެތަނުގައި ލޭ ފެންނާކަށް ނެތެވެ. އެކަމަކު ޓީޝާޓް އޮތީ ލެއިން ފޯވެފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބަންގްލަދޭޝް މީހާއަށް ސީޕީއާރްދީ, އޭނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ޕާކިސްތާނަށް ނިސްބަތްވާ އެހެން މުވައްޒަފުންތަކެއް އުޅެ އެވެ. އުރުދޫ ބަހުން އެމީހުން ވާހަކަ ދައްކަމުން ދިޔައިރު, ކަން ހިނގި ގޮތް އެމީހުންނަށް ވެސް އޮޅުންނުފިލައިގެން އުޅޭ ތަން ފެނެ އެވެ.

"ކިޔާ ޕްރޮބްލަމް ހޯގައީ [ކިހިނެއްވެގެން މި އުޅެނީ]," އެތަނުން އެކަކު ސުވާލުކުރާ އަޑުއިވެ އެވެ. "މާލޫމް ނެހީ, މޭ އަބީ ބަހަރްސޭ އާޔާ, [ނޭނގެ, އަހަރެން ވެސް ދެންމެ ބޭރުން މި އައީ]," ޝެފެއްގެ ޔުނީފޯމް ލައިގެން ހުރި މީހަކު ބުނެ އެވެ.

މާރާމާރީ ހިންގި ޚާންޖީ ރެސްޓޯރެންޓް ފުލުހުން ބަންދުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މާރާމާރީ ހިންގި ޚާންޖީ ރެސްޓޯރެންޓް ފުލުހުން ބަންދުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާރާމާރީ ހިންގި ޚާންޖީ ރެސްޓޯރެންޓް ފުލުހުން ބަންދުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން އެނގެނީ އެމްބިއުލާސްއަށް ގުޅައިގެން ތިބި ކަމެވެ. ދެތިން މިނެޓް ތެރޭ އެމްބިއުލާންސް އަންނާނެ ކަމަށް ބުނެފައި އޮތް ނަމަވެސް, އެއަށްވުރެ އެމްބިއުލާންސް ލަސްވާތީ އެކަމާ ސުވާލު ކުރާ އަޑު ވެސް އިވެ އެވެ.

ތަޅުންގަނޑު މަތީ ހޭނެތިފައި އޮތް ބަންގްލަދޭޝް މީހާއަށް ދެ މީހަކު ވެގެން ސީޕީއާރް ދިންއިރު, އޭނާގެ މޫނު މަތީ ފެން އުނގުޅަމުން ދިޔަ އެވެ. ނަމަވެސް, އެމީހާ އެއްވެސް ހަރަކާތެއް ނެތެވެ. ފުލުހުން ބުނެފައިވާ ގޮތުގައި, ހޮސްޕިޓަލަށް އެމީހާ ގެންދިޔުމާއެކު މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, ވަޅިން ހަމަލާ އަމާޒުވެފައިވަނީ އެމީހާގެ ކަރަށާއި މެޔަށެވެ. ހަވީރު ރެސްޓޯރެންޓްގެ ބަދިގެ ތެރޭ ހިނގި ދެބަސްވުމުގެ ސީދާ ސަބަބު ސާފުވެފައި ނުވީ ނަމަވެސް, އެނގިފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ އާއި ބަންގްލަދޭޝް މީހާއާ ދެމެދު މީގެ ކުރިން ވެސް ދެބަސްވުންތައް ހިނގަ އެވެ.

ފުލުހުން ފޮޓޯ އާއި ވަނަވަަރު ވެސް އާންމުކޮށްފައިވާ ޕާކިސްތާނުގެ ކައްކާއަކީ, އޭނާގެ ދަންނަ މީހުން ބުނާ ގޮތުގައި ވަރަށް އަވަހަށް ރުޅި އަންނަ, ރުޅި ގަދަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި މާރާމާރީއެއް ހިންގާފައިވެ އެވެ.

މާރާމާރީގެ ތުހުމަތުވާ މުހައްމަދު އާބިދު --
މާރާމާރީގެ ތުހުމަތުވާ މުހައްމަދު އާބިދު --

މާރާމާރީގެ ތުހުމަތުވާ މުހައްމަދު އާބިދު --

މިއަދުގެ މާރާމާރީއަށްފަހު އޭނާ ފިލާފައިވާއިރު, ފުލުހުން ވެސް ބުނީ އެއީ ނުރައްކާތެރި މީހެއް ކަމާއި އާންމުންނަށް އޭނާއާމެދު ސަމާލުވުމަށް އެދޭ ކަމަށެވެ. އޭނާ ފެނިއްޖެނަމަ, ސީދާ ފުލުހަށް އެންގުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރެސްޓޯރެންޓް ހުރި ސަރަހައްދު ބަންދުކޮށްގެން, ފުލުހުން ތަހުގީގު ހިންގަމުންދާއިރު މި ނޫހަށް ލިބުނު ވީޑިއޯގައި ބަންގްލަދޭޝް މީހާއަށް ސީޕީއާރް ދިން ޕާކިސްތާނަށް ނިސްބަތްވާ ޝެފް ވަނީ ފުލުހުން ގެންގޮސްފަ އެވެ. އެ ސަރަަހައްދުގައި ހުރި ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި އޭނާ ގެންދިޔައީ ތަހުގީގަށް މައުލޫމާތު ހޯދުމަށެވެ.

އޭނާއަށް ފުލުހުން ތުހުމަތެއް ކުރާ ކަމެއް އެނގިފައެއް ނެތެވެ. އަދި ފުލުހުންގެ ވެހިކަލަށް އޭނާ އަރުވައިގެން ގެންދިޔައީ ހައްޔަރުކޮށްގެން ނޫން ކަމަށް ވެސް ނޫސްވެރިޔާ މައުލޫމާތު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox