ނިމިދިޔަ ހަފްތާ: ހަމަނުޖެހުމާ، ހައިޖާނުން މިނިވަންކަން ރަމްޒުކޮށްނުދެވޭނެ ކަމަށް ރައީސް ވިދާޅުވުން

ނިމިދިޔަ ހަފްތާ: ހަމަނުޖެހުމާ، ހައިޖާނުން މިނިވަންކަން ރަމްޒުކޮށްނުދެވޭނެ ކަމަށް ރައީސް ވިދާޅުވުން

ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނުން ގައުމެއްގެ މިނިވަންކަން ރަމްޒުނުކޮށްދެވޭނެ ކަމަށާއި އޭގެ ބަދަލުގައި އެއްބައިވެ، އެކަތިގަނޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވީ މިދިޔަ ހަފްތާގަ އެވެ. ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ހިޔާލުތަފާތުވުމަކީ އިންސާނީ ތޮބީއަތް ނަމަވެސް "މިނިވަންކަމުގެ ރާސްތާ" އޮމާންކޮށް ގެންދިއުމަށް އެކަންކަން އެއްފަރާތް ކުރަންޖެހޭ ކަމަށެވެ.

ތެލުގެ ސަބްސިޑީ "އެންމެ ބޭނުންޖެހުފައިވާ ރައްޔިތުންނަށް" އެކަނި ދިނުމަށް ނިންމައި އެކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް އެ މަސައްކަތުގެ ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރުކުރާށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުހަބާ ކިޔަމުން އެއީ ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. އިގުތިސޯދު ކުރިއެރި ނަމަވެސް ދަރަންޏާ ހުރެ މާލީ ހިރާސްތައް ގިނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އައިއެމްއެފް އިން އަންދާޒާކުރަނީ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 10 ބިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުން ފެންނަ މީހުން ކޯޓު އަމުރުތަކެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުންނެވެ.

ޔޯގާ ހެދުން ނުވަތަ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. "އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިއަދު އާންމުކުރި ކަރުދާހުގައި ބުނީ ޔޯގާއާ މެދު މައިގަނޑު ތިން ރައުޔެއް އޮތް އިރު އޭގެ ތެރެއިން ދެ ރައުޔުގައި ޔޯގާ ހަރާމް ކަމަށެވެ. ޔޯގާ ހުއްދަނުވާނެ ކަމަށް ދެ ރައުޔު އޮތް އިރު އެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާ ނަމަ ހަގީގަތުގައި ޔޯގާއަށް ނުވެސް ވާނެ ކަމަށް ވެސް އަދާލަތުގެ ކަރުދާހުގައި ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ތެޔޮ އެތެރެކުރަން ކުރާ ހަރަދު 95 ޕަސެންޓު އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދެއްކީ މިދިޔަ ހަފްތާގަ އެވެ. އިމްޕޯޓު ރެކޯޑުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ތެލުގެ ބާވަތްތައް ކަމުގައިވާ މެރީން ގޭސް އޮއިލް (ޑީސަލް) އާއި ޕެޓްރޯލާއި އޭވިއޭޝަން ފިއުލް އެތެރެކުރަން ހަރަދުވީ 3.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ 10 އަހަރުތެރޭ ނުއުފުލޭހާ މައްޗަށް އުފުލި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު މި ބާވަތްތަކުގެ ތެޔޮ އެތެރެކުރަން ކުރި ހަރަދު ވަނީ ހަ ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މަންކީޕޮކްސްގެ ރާއްޖެއިން ފެނުމުގެ ކުރިން އެއަށް ޓެސްޓު ކުރެވޭނެ ގޮތް ގާއިމްކޮށް ބައްޔަށް ފަރުވާ ކުރުމަށް ބޭހާއި ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. އެޗްޕީއޭން ބުނީ މި ބަލި ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް، ކޮވިޑާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު، "އާސަންދަ" އިން އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް ތަފާސް ހިސާބުތަކުން ދައްކާފައި ވަނީ ވެސް މިދިޔަ ހަފްތާގަ އެވެ. އާސަންދައިން "އަދަދު"އާ ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ މަދުން ހަރަދުވި އަހަރު ވެސް 100.6 މިލިޔަން ރުފިޔާ ހަރަދުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • 500 މިލިއަން ޑޮލަރަށް ޓީއެމްއޭ ވިއްކާލަން ވިސްނަނީ
  • އަހަރު ދެބައިވިއިރު އަމާޒުކުރި 50 ޕަސެންޓު ޓޫރިސްޓުން އައުން
  • ޔޯގާ ހަރާމްކަމަށް 104 އިލްމުވެރިންގެ ފަތުވާއެއް
  • ޓެރަރިސްޓް ހަމަލާތަކަށް ދިފާއީ ބާރު ތައްޔާރުވެ އޮންނާނެކަމުގެ ޔަގީންކަން ދިނުން
  • އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުންނަށް އިބުރޭ އަދި އަހުމަދު އަބްދުﷲ އިންތިހާބުވުން
  • ޖަލްސާތަކަށް ހަތް މިލިއަން ރުފިޔާ ހޭދަވެފައިވާކަން ހާމަވުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • މިއީ ޓާކިޝް އެއާލައިންގެ ފޭމް ދަތުރުގައި ބައިވެރިވި މުހައްމަދު ޝާބިން އޭނާގެ ތަޖުރިބާތައް ހިމަނައިގެން ގެނެސްދީފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ތުރުކީގެ ތާރިހީ ތަންތަނާއި ސަގާފަަތާ ގުޅޭ މުހިންމު މައުލޫމާތަކެއް ގެނެސްދީފައިވެ އެވެ.
  • މަހަށްދާނެ މީހުން ނުލިބުމާއި ތެލުގެ އަގު ބޮޑުވުމުގެ އިތުރުން މަސްވެރިކަމުގެ ތެރެއަށް ވެސް ބިދޭސީން ވަދެ މި ދާއިރާއަށް އަތްގަދަކޮށްފައި ވުމުގެ ސަބަބުން މި ދާއިރާ ހުއްޓިދާނެ ކަމުގެ ބިރު އޮތްކަން ފާތިމަތު އަޖުފާންގެ މި ރިޕޯޓުން އެނގެ އެވެ.
  • މަޖީދިއްޔާ ސްކޫލުން 1988 ސްކޫލް ނިންމި ދަރިވަރުން ކަމަށްވާ "މަޖީދިއްޔާ ކްލާސް 88" ބެޗުގެ މެދުގައި އޭރުއްސުރެ މިއަދާ ހަމައަށް އޮތް އެކުވެރިކަމާއި ގުޅުމުގެ ތަފްސީލީ މައުލޫމާތަކެއް މި ރިޕޯޓުގައި އާމިނަތު އިބްރާހިމް ގެނެސްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox