އާޒިމާއަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

އާޒިމާއަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިންކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާ މަދަނީ މިންގަނޑަށް ފެތޭ ކަމާއި އެ ދައުވާ ކްރިމިނަލް ކޯޓުގައި ގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

އާޒިމާއަށް ކުރާ ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ކްރިމިނަލް ކޯޓުގައި ހުށަހެޅުމުން، އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މަދަނީ މިންގަނޑުން އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމުގަ އެވެ. މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.

ހައި ކޯޓުން މައްސަލަ ނިންމުމުގައި ފުރަތަމަ އިއްވީ ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ނިންމެވި ގޮތެވެ. އޭގައި ދެ ފަނޑިޔާރަކަށް ބުރަވެވުނީ އިސްތިއުނާފް ކުރެވޭނެ ކަމުގަ އެވެ. ފަނޑިޔާރު ހުސައިން ޝަހީދު ދެކެވަޑައިގަތީ ނުކުރެވޭނެ ކަމުގަ އެވެ.

އެއަށް ފަހު މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ތިން ފަނޑިޔާރުން ވެސް ބުރަވީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. މި މަރުހަލާގައި ދައުވާ ސާބިތުވާން ޖެހޭ މިންވަރަށް ހެކި ވަޒަން ކުރަން ނުޖެހޭތީ، ދައުވާ ގެންދެވޭ ވަރަށް ހެކި އޮތް ނަމަ ގެންދެވޭނެ ކަމުގަ އެވެ.

"މަދަނީ މިންގަނޑުން ގެންދެވޭތޯ ބަލާއިރު ހެކީގެ އެންމެ ފުނަށް ދާކަށް ނުޖެހޭ،" ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވިދާޅުވި އެވެ.

ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކޮށް، އާޒިމާގެ ފަރާތުން ފާހަގަ ކުރި މައިގަނޑު ނުކުތާއަކީ، އާޒިމާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެންމެ މަތީ ބުރަދަން ދިނަސް މަދަނީ މިންގަނޑަށް މައްސަލަ ނުފެތޭ ކަމުގަ އެވެ. އަދި ހުށަހެޅި ގިނަ ހެކިތަކާއި ދައުވާގައިވާ ތުހުމަތާ ގުޅުވެން ނެތް ކަމުގަ އެވެ.

މީގެ އިތުރަށް އާޒިމާގެ ދިފާއުގައި ދެއްކެވި މައިގަނޑު އެއް ނުކުތާއަކީ ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ނެރުނު އަމުރެވެ. ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު އުފެދޭ ސުވާލުތަކަށް ދައުލަތަށް ޖަވާބު ނުދެވޭ ކަމަށް އޭގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާއި ގުޅޭ ގޮތުން ހައި ކޯޓުން ވެސް އެއްވެސް ކަމެއް ފާހަގައެއް ނުކުރައްވަ އެވެ.

ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ތަހުގީގީ އިދާރާއަކުން ސުވާލު އުފައްދާފައިވަނިކޮށް އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އިންވެސްޓް ކުރުމަކީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ގޮތުގައި ދައުލަތުން ފާހަގަ ކުރައްވާ މައިގަނޑު އަމަލެވެ. އަދި އެ ފައިސާ ކަމަށް ބުނެ އެހެން ފައިސާއެއް އޭސީސީއާއި އެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓަކަށް ޖަމާ ކުރުމަކީ، ފައިސާ އަސްލު އޮޅުވާލަން ކުރި ދެވަނަ އަމަލު ކަމުގައި ދައުލަތުން ފާހަގަ ކުރައްވަ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ މަނީ ލޯންޑަ ކުރުމަށް ޔާމީނަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އެއީ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން ބުނަނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.

މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ކުށުގެ ދައުވާގެ އިތުރަށް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް އާޒިމާގެ މައްޗަށް އުފުލާފައިވާއިރު ދެ ދައުވާއަށް ވެސް އާޒިިމާ އިންކާރު ކުރައްވަ އެވެ.

ކްރިމިނަލް ކޯޓަށް 2019 ވަނަ އަހަރު ހުށަހެޅި އެ މައްސަލަ ތިން އަހަރަށް ދެމިގެން ދިއުމުން ވެސް އާޒިމާ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވަނީ ޝަރީއަތުގައި އޭނާގެ މައްސަލައެއް ގޮތެއް ނުނިންމި އެހެން ތާށިކޮށްފައި އޮތުމުން ކެރިއަރަށާއި ވަޒީފާގެ ފުރުސަތުތަކަށް ހުރަސްތަކެއް އެޅުނު ކަމަށެވެ.

އިބްތިދާއީ މަރުހަލާގައި އަދިވެސް އޮތް އެ މައްސަލަ މަޑުޖެހި ދިޔަ އެއް ސަބަބަކީ މައްސަލަ ބައްލަވާ ގާޒީން ބަދަލު ވުމެވެ. ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމާއި، ގާޒީ ހަސަން ސައީދާއި، ގާޒީ އަލީ ނަދީމާއި، ގާޒީ އިސްމާއީލް ރަޝީދުގެ ސެކްޝަނަށް ވެސް ފޮނުވި އެވެ.

ދެން މައްސަލައާ ހަވާލުވީ ގާޒީ އަލީ އާދަމެވެ. މަދަނީ މިންގަނޑަށް ދައުވާ ފެތޭ ކަމާ މެދު ގޮތެއް ނިންމެވީ އޭނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox