ހުކުމް ތަންފީޒުކޮށް ނިމޭއިރު ވެސް އިސްތިއުނާފު ނުނިމޭ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

18 ނޮވެމްބަރު، 2026 ގައި ބޭއްވި ޖުޑީޝަރީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީ މެންބަރުން ވަނީ ހުކުމް ތަންފީޒުކޮށް ނިމޭ ފަހުން އިސްތިއުނާފު ނިމޭތީ ހައްގުުތަކެއް ގެއްލޭ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

18 ނޮވެމްބަރު، 2026 ގައި ބޭއްވި ޖުޑީޝަރީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީ މެންބަރުން ވަނީ ހުކުމް ތަންފީޒުކޮށް ނިމޭ ފަހުން އިސްތިއުނާފު ނިމޭތީ ހައްގުުތަކެއް ގެއްލޭ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖަލު ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުން ކޯޓުތަކަށް ހުށަހަޅާ އިސްތިއުނާފު މައްސަލަތައް ނިންމުމަށް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން އަދަބު ލިބޭ މީހުންގެ އަސާސީ ހައްގުތަކެއް ގެއްލެމުންދާތީ، އެ ކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮމިޓީއަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

މި ގޮތަށް ނިންމީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.

ކޮމިޓީގެ ބަހުސްގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، މިއީ ކޮމިޓީގެ މެންޑޭޓުގެ ތެރެއިން ކޮންމެހެން ވެސް ހައްލު ހޯދަންޖެހޭ މުހިންމު މައްސަލައެއް ކަމަށެވެ. ހުކުމެއް ކުރެވި، އަދި ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމޭއިރު، ޖަލު ހުކުމް އެއްކޮށް ތަންފީޒުވެ ނިމޭ ހިސާބުން އިސްތިއުނާފު މަރުހަލާ ނިމޭ ކަމުގައި ވާ ނަމަ އަދި ނިމިގެން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ހާލަތްތަކުގައި އެއީ ވަރަށް ބޮޑު ހައްގަކަށް އަރައިގަތުން ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެ ގޮތުން ނުގަވައިދުން ހުކުމެއް ކުރެވި، މީހަކު ޖަލުގައި އެއް އަހަރު ދުވަސް ހޭދަކުރާ ފަހުން މަތީ މަރުހަލާގެ ކޯޓަކުން އޭނާއަކީ މައުސޫމް މީހެއް ކަމަށް ނިންމާ ހާލަތުގައި އެއީ ބަދަލު ދީގެން ވެސް އިޔާދަކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ގާނޫނީ އޮނިގަނޑު އޮތް ގޮތުގެ ތަފްސީލު ދެއްވަމުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 50 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި 51 ވަނަ މާއްދާގެ (ށ) ގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ކަށަވަރުކޮށްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފުކުރަންޖެހޭ މުއްދަތުތައް ބަޔާންކުރި ނަމަވެސް، ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ އިސްތިއުނާފު މައްސަލަ ނިންމަންޖެހޭ ވަކި މުއްދަތެއް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތުމަކީ އިންސާފުގެ ނިޒާމުގައި އޮތް ބޮޑު މައްސަލައެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީން ވަނީ، ޖޭއެސްސީއާ މަޝްވަރާކުރުމަށް ފަހު ގާނޫނަށް ބަދަލު ގެންނަންޖެހޭ ނަމަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.

މި މައްސަލަ އާންމުންނާއި މެންބަރުންގެ ސަމާލުކަމަށް އައީ، ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ދެ ކިލޯގެ ރަން އެތެރެކުރި ކަމަށް ބުނެ އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސުލައިމްހާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލައާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް ހައި ކޯޓުން އޭނާ މިނިވަންކުރީ، އެއް އަހަރުގެ ޖަލު ހުކުމް އެއްކޮށް ތަންފީޒުކޮށް ނިމުނު ދުވަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox