އިޒްރޭލު
849 ލިޔުން
ފަހުގެ
ހަބަރުރަސްމާލެ އަލައްބާރަށް ދިނުމުގެ ބިލް ކޮމިޓީން ދިރާސާކުރަނީ
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތް ގާނޫނީ ގޮތުން ސައްހަ ކުރުމަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ދިރާސާކުރުން މިއަދު މަޖިލީހުގެ ކޮމިޓީގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަބަރުނަޒީރު އަދާލަތު ޕާޓީން ވަކިވެއްޖެ
އަދާލަތު ޕާޓީން މި ސަރުކާރާއެކު ކޯލިޝަން ހެދުމަށް ނިންމުމާ ގުޅިގެން، އެ ޕާޓީގެ ކުރީގެ ތަރުޖަމާނު އަލީ ނަޒީރު ޕާޓީން ވަކިވެވަޑައިގެންފިއެވެ. ނަޒީރު ވިދާޅުވީ މިވަގުތު ޕާޓީގައި ދެމިހުރުމަކީ ހިޔާނާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދާލަތު ޕާޓީގެ މި ނިންމުމާ ގުޅިގެން ޕާޓީގެ ބައެއް އެހެން އިސް ބޭފުޅުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
