ދަތުރުގެ ކުރިން ބޯޓުގައި ތިބި މީހުންގެ ލިސްޓު ޔޫއޭއީއިން އިޒްރޭލަށް ފޮނުވި

Oct 4, 2026, 7:30 PM
ވައްޓާލަން އުޅުނު ފްލައިދުބާއީގެ މަތިންދާބޯޓު -- ފޮޓޯ: އޭޕީ

ވައްޓާލަން އުޅުނު ފްލައިދުބާއީގެ މަތިންދާބޯޓު -- ފޮޓޯ: އޭޕީ

އިސްރާއީލަށް ދަތުރުކުރި ފްލައިދުބާއީގެ ބޯޓެއްގެ ކޮންޓްރޯލް ހޯދައި، އެ ބޯޓު ވައްޓާލަން ކޯޕައިލެޓަކު މަސައްކަތް ކުރި ހާދިސާއާ ގުޅިގެން، އެ ފްލައިޓް ފުރުމުގެ ކުރިން އޭގެ ފަސިންޖަރުންނާއި ފަޅުވެރިންގެ ލިސްޓު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާ ހިއްސާކޮށްފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން އާދީއްތަ ދުވަހު ބުނެފި އެވެ.

މިކަމާ ގުޅިގެން، ހަމަލާދޭން އުޅުނު މީހާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން ދެނެގަނެވިފައި ނުވަނީ ކީއްވެގެންތޯ ވަނީ ސުވާލު އުފެދިފަ އެވެ.

މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ސަލާމަތީ ގޮތުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ވަނީ ހާމަވެފަ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، އެ ބޯޓުގެ ކޯ-ޕައިލެޓަކަށް ހުރި އޮމާންގެ ރައްޔިތަކީ ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ކަންބޮޑުވުން އޮތުމުން، އޭނާގެ އަމިއްލަ ގައުމުގައި އުދުހުން މަނާކޮށްފައިވާ މީހެކެވެ.

Advertisement

މީގެ އިތުރުން، އިސްރާއީލާ އެކު ސިޔާސީ ގުޅުން ނޯންނަ އޮމާންގެ ރައްޔިތަކަށް، އިސްރާއީލު މީހުން ގޮވައިގެން ތެލް އަވީވަށް ދަތުރުކުރި ބޯޓެއްގެ ފްލައިޓް އޮޕަރޭޝަނުގައި ބައިވެރިވުމުގެ ހުއްދަ ލިބުނު ގޮތެއް ވެސް އަދި ސާފެއް ނުވެ އެވެ.

މި ތަހުގީގު އިސްކޮށް ހިންގަމުންދާ ޔޫއޭއީން ބުނި ގޮތުގައި، މިދިޔަ ބުދަ ދުވަހު ހިނގި މި "ޓެރަރިސްޓް ހަމަލާ" ގައި ކޯ-ޕައިލެޓް ވަނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑި ބޭނުންކޮށްގެން ބޯޓުގެ ކެޕްޓަނަށް ހަމަލާދީފަ އެވެ. އަދި ބޯޓު ވައްޓާލުމަށް އޭނާ މަސައްކަތް ކުރި އެވެ. އޭނާގެ މި އަމަލުގެ ސަބަބުން 182 މީހުންނާއެކު ދަތުރުކުރި އެ ބޯޓު ވެއްޓެން ދަނިކޮށް، އިންޑިއާގެ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުންނާއި އެހެން މީހުން ވަދެ ހަމަލާދިން މީހާ ވަނީ ހިފަހައްޓާފަ އެވެ.

ސަރަހައްދީ އޮފިޝަލުން ބުނި ގޮތުގައި، އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ގައުމު ހިމެނޭހެން ހުރިހާ މައުލޫމާތެއް އިސްރާއީލާ ހިއްސާކޮށްފަ އެވެ. ނަމަވެސް، އެއްވެސް ފަސިންޖަރަކާ ނުވަތަ ފަޅުވެރިއަކާ މެދު އިސްރާއީލުން ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެ އެވެ. މި މައުލޫމާތު ދިން އޮފިޝަލުން ވާހަކަ ދެއްކެވީ، ތަހުގީގާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރާ ގޮތަށެވެ.

މި ހަމަލާ ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް އަލުން ހޯދުމަށް އެހީތެރިވި ފަސިންޖަރުންނަށް އިސްރާއީލުގައި ވަނީ ބަތަލުންގެ ދަރަޖަ ދީފަ އެވެ.

ނަމަވެސް، ބޮޑު ކާރިސާއަކަށް މަގުފަހިވެގެން ދިޔަ ސަލާމަތީ އިހުމާލުތަކާ ގުޅޭގޮތުން އޮފިޝަލުން މިހާރު ވަނީ އުނދަގޫ ސުވާލުތަކެއް އުފައްދައި، ތުހުމަތުތައް ކުރަން ފަށާފަ އެވެ.

އިސްރާއީލުގެ ދާޚިލީ ސަލާމަތީ އިދާރާ، ޝިން ބެޓް އިން ބުނި ގޮތުގައި ބޭރުގެ ފްލައިޓްތަކުގެ ފަސިންޖަރުންގެ ލިސްޓުތައް ޗެކްކުރުމުގެ ޒިންމާ އޮންނަނީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު މިރީ ރެގޭވް އިސްރާއީލުގެ ދައުލަތުގެ މީޑިއާ "ކާން" އަށް ވިދާޅުވީ، ފްލައިޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސަލާމަތީ އިދާރާތަކުގެ ޒިންމާއެއް ކަމަށާއި، އޭނާގެ މިނިސްޓްރީއަށް ފަސިންޖަރުންގެ ލިސްޓެއް ނުވަތަ އެއްވެސް އިންޒާރެއް ލިބިފައި ނުވާ ކަމަށެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު ވިދާޅުވީ، އިސްރާއީލާ އެކު ސިޔާސީ ގުޅުން ނޯންނަ ގައުމުތަކުގެ ރައްޔިތުން ޕައިލެޓުންގެ ގޮތުގައި އެ ގައުމަށް ދަތުރުކުރުން ހުއްޓުވުމަށް ބޭރުގެ އެއާލައިންތަކާ އެކު ގިނަ ދުވަސްވީ އެއްބަސްވުންތަކެއް އިސްރާއީލުން ގާއިމުކޮށްފައިވާ ކަމަށެވެ.

އިސްރާއީލާއި ޔޫއޭއީއާ ދެމެދު ދަތުރުތައް ކުރާ އެމިރޭޓްސްގެ ބަޖެޓް އެއާލައިން، ފްލައިދުބާއީއަށް މި އޮމާންގެ ޕައިލެޓަކީ ސަލާމަތީ ނުރައްކަލެއްކަން ދެނެގަނެވިފައި ނުވަނީ ކީއްވެގެންކަން ވެސް އަދި އޮތީ ސާފުނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox