ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި، އެންމެ މަތީ އިއްޒަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން.

ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި، އެންމެ މަތީ އިއްޒަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން.

ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހަށް،

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގައުމީ ކަންކަމުގައި ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ އެންމެ މަތީ އިއްޒަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޖިލީހެއް އެކުލަވައިލެއްވިކަން ރައީސް އޮފީހުން އިއުލާނުކުރުމާއެކު، މުޅި ގައުމުގެ ނަޒަރު މިހާރު ހުއްޓިފައިވަނީ އެ މަޖިލީހަށެވެ. ސޯޝަލް މީޑިއާގައި އެ ހަބަރާއި ފޮޓޯ ވައިރަލްވެގެން ދިޔަ އެވެ. ހުރިހާ މީޑިއާ އަކަށް ވަގުތުން އެ ހަބަރު އެރިއެވެ. 

މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ކަންކަން ހަރުދަނާކޮށް ހިންގުމަށާއި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ގޮތުގައި ބައްޓަންކުރުމަށްޓަކައި ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމެވެ.

Advertisement

މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީން، އައްބާސް އިބްރާހިމް، އަބްދުއްރަޝީދު ހުސެއިން، އަނީސާ އަހުމަދު، ޑރ. މުހައްމަދު ލަތީފް، އިބްރާހިމް ރަޝީދު މޫސާ، މޫސާ އަލީ ޖަލީލް، އިބްރާހިމް އިސްމާއިލް އަލީ، އަހުމަދު ނަސީމް، ބަދުރުއްނަސީރު، އާދަމް އަބްދުއްރަހުމާން އަދި އަހުމަދު ޝާކިރަކީ ހަމައެކަނި ނަންފުޅުތަކެއް ނޫނެވެ.

އެއީ މިއަދު މި ފެންނަ ޒަމާނީ ދިވެހިރާއްޖެ ބިނާކުރުމުގައި، އެ ބޭފުޅުންގެ ޒުވާންކަމާއި، ވިސްނުންފުޅާއި، ދަލާއި ލޭ ގުރުބާންކުރެއްވި ގައުމީ ހިދުމަތްތެރީންނެވެ. ނިޝާން އިއްޒުންދީނާއި، ނިޝާން އަސްކަރީއާއި، ނިޝާން މުލީގޭ ޝަރަފާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ތިބޭފުޅުންގެ މޭފުޅުގައި އެޅުވިފައިވަނީ، އަމިއްލަ އެދުމަށްވުރެ ގައުމީ މަސްލަހަތު އިސްކުރެއްވި ކަމުގެ ތާރީހީ ހެއްކެއްގެ ގޮތުގަ އެވެ.

އެހެންކަމުން، ތި ބޭފުޅުންގެ ހިތްޕުޅުގެ އަޑިން އިހުލާސްތެރިކަމާއެކު ލަފާ ދެއްވައިފި ނަމަ، އަދި ވެރިކަމުގެ ފަރާތުން އެ ލަފާ ހެޔޮ ހިތުން ގަބޫލުކުރައްވައިފި ނަމަ، މި ގައުމު އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމަކަށް އެއްވެސް ދިވެއްސަކު ގަބޫލެއް ނުކުރާނެ އެވެ.

އިއްޒަތްތެރީންނެވެ. ތިޔަ ބޭފުޅުންނާ މި މަތިވެރި ޒިންމާ ހަވާލުކުރެވިފައި މިވަނީ، ގައުމުގެ މުސްތަގުބަލާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ފުން ބަހުސްތަކަކާއި ކަންބޮޑުވުންތަކެއް އުފެދިފައިވާ ނާޒުކު ދަނޑިވަޅެއްގަ އެވެ. އެއްކޮޅުން، ސަރުކާރުގެ ތަސައްވުރުގައި ބަޔާންކުރާ ގޮތުން، މާލެއަށް ވުރެ ބޮޑު ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއަކީ ބޭރުގެ އިންވެސްޓްމަންޓްތަކާއެކު އިގުތިސާދީ އާ އުސްމިންތަކަކަށް ގައުމު ގެންދިއުމަށް ފެށި އުންމީދީ މަސައްކަތެކެވެ.

އަނެއްކޮޅުން، އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާއި އިޖުތިމާއީ މައިދާނުގައި ހިޔާލުފާޅުކުރާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ގޮތުގައި، ރަސްމާލޭގެ ބިން ދިވެހީން އަދި މުޅި ދުނިޔެ ވެސް އެންމެ ރުޅިއަންނަ އިޒްރޭލާ ގާތްގުޅުމެއް ބާއްވަމުންދާ ޔޫއޭއީގެ އަލައްބާރު ފަދަ ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމުގެ ވާހަކަތަކާއި، އެފަދަ ބިޔަ ސަހަރެއްގައި ބޭރުގެ އެކި ދީންތަކުގެ މީހުން ދާއިމަށް ވަޒަންވެރިކުރުވުމުގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެ ފަރާތްތަކުގެ ނަޒަރުގައި، ދިވެހީންގެ އާބާދީއަށްވުރެ ބޮޑު ނުވަތަ ނުފޫޒުގަދަ ބޭރުގެ އާބާދީއެއް މި ފަސްގަނޑުގައި ވަޒަންވެރިވުމަކީ، ސައްތައިން ސައްތަ އިސްލާމީ މި ވަތަނުގެ ދީނީ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، ދިވެހީންގެ އަމިއްލަވަންތަކަން ގެއްލިގެންދިއުމުގެ ފެށުމަކަށް ވެދާނެ ކަމެކެވެ.

ލޮބުވެތި އިސް ރަށްވެހީންނޭވެ! ތިޔަ ބޭފުޅުން މުޅި އުމުރު ހޭދަކުރައްވައިގެން ހިމާޔަތްކުރެއްވި މި ކުޑަކުޑަ ޖަޒީރާ ގައުމުގެ ވިންދާ މިއަދު ކުޅެލާފައި މިވަނީ އެ ބިރުވެރިކަމެވެ. ތަރައްގީއާއި ތަހުޒީބަކީ ކޮންމެ ގައުމަކަށްމެ ބޭނުންތެރި އެއްޗެކެވެ. އެހެނަސް، އުސް އިމާރާތްތަކާއި ހިއްކާ ބިންތަކުގެ އަގަކީ އަހަރެމެންގެ ދީނާއި، ސަގާފަތާއި، އަމިއްލަ ވަޒަނުގެ މިލްކުވެރިކަން ކަމުގައި ވެގެން ނުވާނެ އެވެ.

މާލެއަށް ވުރެ ބޮޑު ސަރަހައްދެއް ބިނާކޮށް، އެ ތަނުގެ އިޖުތިމާއީ އަދި ދީނީ ވެށި ބަދަލުވެގެންދާ ފަދަ ގޮތަކަށް ބޭރުގެ ފަރާތްތަކަށް ދާއިމީ ވަޒަންވެރިކަން ދިނުމަކީ، އަންނަން އޮތް ޖީލުތަކަށް އަހަރެމެންގެ އަމިއްލަ ފަސްގަނޑު ބީވެގެން ހިނގައިދާނެ ކަމެއް ކަމުގައި ރައްޔިތުން ދެކޭ ދެކުމަކީ، ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ވެސް ޖަހާނެ ވިންދެއްކަން ކަށަވަރެވެ. އެހެންކަމުން، ތިޔަ އިއްޒަތްތެރި މަޖިލީހުގެ މޭޒުދޮށުގައި ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އިށީނދެވަޑައިގެން، ތިޔަ ބޭފުޅުން އަރުވާ އެންމެ ފުރަތަމަ އަދި އެންމެ ވަރުގަދަ ނަސޭހަތަކަށް ހައްދަވަންވީ، އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މަތިވެރި ވައުދުފުޅު ހަނދުމަކޮށްދެއްވުމެވެ. އެއީ މި މާތް އިސްލާމީ ވަތަން، އޭގެ އަސްލު ސިފައިގައި، ތާއަބަދަށް "ދިވެހީންގެރާއްޖެ" ގެ ގޮތުގައި ދެމެހެއްޓުމެވެ. ދިވެހިރައްޔިތުން ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރި ނުވުމަށެވެ. ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރުމަށެވެ. 

ބޭރުގެ އިންވެސްޓްމަންޓްތަކާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރުވެސް، ދިވެހީންގެ ސިޔާދަތާއި، އިސްލާމީ ވަހުދަތާއި، ބިމުގެ މިލްކުވެރިކަމަށް އެއްވެސް ލޮޅުމެއް ނާރާނެ ފަދަ ހަރުދަނާ ގާނޫނީ އަދި ސިޔާސީ ރައްކާތެރިކަން ކަށަވަރުކުރުމަށް ލަފާ ދެއްވުމެވެ.

ތާރީހު ތިޔަ 12 ބޭފުޅުންނަށް ދީފައިވާ ޝަރަފުގެ ލަގަބުތަކަށްވުރެ މާ މަތިވެރި އިމްތިހާނެއް މިއަދު ތިޔަ ބޭފުޅުންގެ ކުރިމަތީގައި އެބައޮތެވެ. ވެރިކަމުގެ ހައިބަތާއި، ސިޔާސީ މަސްލަހަތުތަކަށްވުރެ މައްޗަށް ގައުމުގެ ހައްގު އިސްކުރައްވައި، ރައްޔިތުންގެ ހިތުގެ އުދާސްތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގެންދަވާށެވެ. ތިޔަ ބޭފުޅުންގެ އިހުލާސްތެރި ބަސްފުޅަކުން މިއަދު މި ގައުމުގެ މިސްރާބު ސީދާކުރެވިއްޖެ ނަމަ، މާދަމާ މި ފަސްގަނޑުގައި އުފަންވާ ކޮންމެ ދިވެހި ދަރިއަކުވެސް، މިނިވަން އިސްލާމީ ވަތަނެއްގައި ނޭވާލަމުން ތިޔަ ބޭފުޅުންނަށް ހެޔޮ ދުއާ ކުރާނެކަން ޔަގީނެވެ. 

އަޅުގަނޑުގެ ޒިންމާއަކީ ތިޔަ ބޭފުޅުންނަށް މިކަން ހަނދާންކޮށް ދިނުމެވެ. އެ ޒިންމާ މިއަދާކުރެވުނީ ކަމަށް ދެކެމެވެ. ތިޔަ އިއްޒަތްތެރީންގެ ކޮނޑުފުޅުގައި އެޅިފައިވާ ދީނީ އަދި ގައުމީ އަމާނާތް އަދާކުރައްވާނެކަން ޔަގީނެވެ. އަދި ތާރީހުގެ ރަނގަޅު ސަފުހާ އިހުތިޔާރު ކުރައްވާށެވެ. 

-- ފެއްސާއި ރަތާއި ހުދުގެ ދަރިއެއް

-----

ސިޓީބިޓީ: 

މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި، އިސްލާހުކުރަން ބޭނުންވާ ކަންކަމާއި، ނުވަތަ އާންމުންގެ ސަމާލުކަމަށް ގެންނަން އެދޭ މުހިންމު ވާހަކަތަކެއް އެބަހުރި ހެއްޔެވެ؟

އަދަދު ނޫހުގެ "ސިޓީބިޓީ" ކޮލަމަކީ ހަމައެކަނި ތިޔަބޭފުޅުންގެ އަޑު އިއްވުމަށް ހާއްސަކުރެވިފައިވާ ސެގްމެންޓެކެވެ. ކުދި ބޮޑު ކޮންމެ ކަމަކަށް ވިޔަސް، މުޖުތަމައުގެ ވިންދާ ގުޅިފައިވާ ކަންކަމުގައި ކިޔުންތެރިންގެ ހިޔާލާއި ޝުއޫރުތައް ފާޅުކުރައްވާށެވެ.

ހިޔާލު ފޮނުއްވުމުގައި ސަމާލުކަންދޭންވީ ކަންކަން:

  • ލިޔުންތައް ވީހާވެސް ކުރު، އަދި ސީދާ މައުޟޫއަށް ބިނާވެފައިވުން.
  • ހަގީގަތާ ހިލާފު ވާހަކަތައް ނުހިމެނުން.
  • ބޭނުންނަމަ ސިއްރު ނަމެއްގައިވެސް ލިޔުން ޝާއިއުކުރެވޭނެ
  • އީމެއިލް ކުރައްވާނީ: info@adhadhu.com އަށެވެ. 

ގަލަމުގެ ބާރު ބޭނުންކުރައްވައިގެން، މުޖުތަމައު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox