މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

Oct 28, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ޓުއާއިން އެމެރިކާގެ ރެޕް އާޓިސްޓް މެކްލްމޯ އުނިކުރުމާ ގުޅިގެން އުފެދުނު ހޫނު ބަހުސްތަކަށް ފަހު، މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ފަށައިފި އެވެ.

ޑަބްލިންގެ "3 އެރީނާ" ގައި ބޭއްވި މި ކޮންސެޓަށް 13،000 އެއްހާ މީހުން ހާޒިރުވިއިރު، މިއީ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ޝޯއެކެވެ. މި ޝޯގައި ހައިރާންކުރުވަނިވި ގިނަ ފަންނާނުންތަކެއް ފެންނާނެ ކަމަށް މެކްލްމޯ ކުރިން ވަނީ ބުނެފަ އެވެ.

އަސްލު ނަމުން ނަމަ ބެންޖަމިން ހެގަަޓީ، އޭނާގެ މި ޓުއާ އިއުލާންކުރީ އެޑް ޝީރަންގެ "ލޫޕް ޓުއާ" އިން އޭނާ ވަކިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޝީރަންގެ ޓުއާއިން އޭނާ އުނިކުރީ ސްޓޭޖް މަތީގައި ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެންނެވެ.

ދެ ކޮންސެޓެއްގައި "ފްރީ ޕަލެސްޓައިން" އޭ ބުނުމާއި، ދެއްކި ވާހަކަތަކުގެ ސަބަބުން ޔަހޫދީ ޖަމާއަތްތަކުގެ ފާޑުކިޔުން މެކްލްމޯއަށް ވަނީ އަމާޒުވެފަ އެވެ. އޭނާ ވަނީ އިޒްރޭލުން ގާޒާގައި ހިންގާ އަސްކަރީ ހަރަކާތްތަކުގައި މަރުވާ މީހުންގެ އަދަދަށް އިޝާރާތްކޮށް، އެއީ ނަސްލު ނައްތާލުމުގެ އަމަލެއް ނުވަތަ ޖެނޮސައިޑެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

އެޑް ޝީރަން ފަހުން ބުނެފައިވާ ގޮތުގައި، މެކްލްމޯ ޓުއާއިން އުނިކުރުމުގެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ނޫން ކަމަށާއި، އެއީ ޕްރޮމޯޓަރުން ނިންމި ނިންމުމެކެވެ.

މެކްލްމޯގެ ޑަބްލިން ޝޯގައި އޭނާއާއެކު ފެނިގެންދިޔަ ފަންނާނުންގެ ތެރޭގައި ލަވަކިޔުންތެރިޔާ ހޯޒިއާ އާއި، ރެޕް ގްރޫޕް "ނީކެޕް" ގެ އިތުރުން ފޯކް ބޭންޑް "ބިއޯގާ" ހިމެނެ އެވެ. ބިއޯގާ އަކީ މީގެ ކުރިން އެޑް ޝީރަންގެ ޓުއާގައި ވެސް ހުށަހަޅައިދީފައިވާ ބޭންޑެކެވެ.

މެކްލްމޯ ބުނެފައިވާ ގޮތުގައި އޭނާގެ "ފްރީ ޕަލެސްޓައިން" ޓުއާއިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކަށެވެ.

މި ޓުއާގެ ދަށުން އޭނާ ދެން ހުށަހަޅައިދޭނީ އަންނަ ބުރާސްފަތި ދުވަހު ފަރަންސޭސިވިލާތުގެ ޕެރިހުގައާއި ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox