ޔޫއޭއީގައި ދެ ދިވެހިން ހައްޔަރުކޮށްފައި ތިއްބާ ސަފީރު ތޯރިގު އެ ގައުމުގެ އިސް އޮފިޝަލަކާ ބައްދަލު ކުރައްވައިފި

Oct 15, 2026, 7:25 PM
ދިވެހި ސަފީރު ޔޫއޭއީގެ ސްޓޭޓް މިނިސްޓަރާއެކު: ދެ ދިވެހިން ބަންދުކޮށްފައި ތިބީ އަސާސީ ހައްގުތަކުން މަހްރޫމްކޮށްފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ސަފީރު ޔޫއޭއީގެ ސްޓޭޓް މިނިސްޓަރާއެކު: ދެ ދިވެހިން ބަންދުކޮށްފައި ތިބީ އަސާސީ ހައްގުތަކުން މަހްރޫމްކޮށްފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފްލައިދުބާއީގެ މަތިންދާބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގައި ދެ ދިވެހިން ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ހައްޔަރުކޮށްފައި ތިއްބާ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު ތޯރިގު އިބްރާހިމް އެ ގައުމުގެ އިސް އޮފިޝަލަކާ މިއަދު ބައްދަލު ކުރައްވައިފި އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ. 

ނަމަވެސް އެ ބައްދަލުވުމުގެ އިތުރު އެއްވެސް ތަފުސީލެއް ތޯރިގު ނުދެއްވަ އެވެ. 

ދުބާއީ އިން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ސެޕްޓެމްބަރު 30، ގައި ދަތުރު ކުރަނިކޮށް އެ ބޯޓު ވައްޓާލަން މަސައްކަތް ކުރީ ކޯޕައިލެޓެވެ. އެ ކޯޕައިލެޓަކީ އޮމާނަށް ނިސްބަތްވާ ހަމާމް އަލް-ހައްމާމީ އެވެ. 

އެ މައްސަލައިގައި ހައްޔަރު ކުރީ ފްލައިދުބާއީގައި މަސައްކަތް ކުރާ ދެ ދިވެހި ޕައިލެޓުންނެވެ. އެ މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ އެ ދެ ދިވެހިން ހައްޔަރުކުރީ މި މަހު 3، ގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މީހުންނަށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިފައި ނުވާކަން އަދަދުއަށް ވަނީ އެނގިފަ އެވެ. އަދި، އެ މީހުންގެ އާއިލާއާ ގުޅައި ވާހަކަދެއްކުމުގެ ހައްގު ވެސް އެ މީހުންނަށް ދީފައި ނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެ ދެ މީހުން ހައްޔަރުކުރިކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އާއިލާއަށް އެންގީ މި މަހު 8، ގަ އެވެ. އޭގެ ކުރިން އެމީހުންނަށް ވީނުވީ އެއްވެސް މިންވަރަކަށް، ދިވެހި އެމްބަސީއަށް ވެސް ޔޫއޭއީން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެމްބަސީގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައެއްނުވެ އެވެ 

ބަންދު ކުރެވޭ މީހާއަށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމަކީ، ބަންދު ކުރެވޭ މީހާއާމެދު އަމަލު ކުރަންޖެހޭ އދ. ގެ މަންޑޭލާ ރޫލްސްގެ ދަށުން ގޮވާލާ ކަމެކެވެ. ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކޮންވެންޝަން އެގެއިންޓްސް ޓޯޗާއިން ވެސް ލިބެ އެވެ. އެއީ ޔޫއޭއީ އިން ވެސް ސޮއިކޮށްފައިވާ މުއާހަދާއެކެވެ. 

އޭގެ އިތުރުން، ބިދޭސީއަކު ހައްޔަރުކޮށްފި ނަމަ، އެމީހަކު ހައްޔަރު ކޮށްފައިވާކަން އޭނާގެ ގައުމަށް ލަސްނުކޮށް އެންގުމުގެ ހުއްދަ އާއި އޭނާގެ ގައުމުގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ހައްގު ވިއެނާ ކޮންވެންޝަން ކޮންސިއުލާ ރިލޭޝަންސްގެ ދަށުން ވެސް ލިބެ އެވެ. އެއީ ވެސް ޔޫއޭއީ އިން ބައިވެރިވާ މުއާހަދާއެކެވެ. 

އެ ދެ ދިވެހިންގެ ބަންދާމެދު ދިވެހި ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަން ޔޫއޭއީއަކުން ވެސް ހާމައެއް ނުކުރެ އެވެ. އެ ގައުމުގެ ނޫހެއްގައި ވެސް އަދި އެ ވާހަކައެއް ނުލިޔެ އެވެ. ނަމަވެސް ދެ ދިވެހިން ބަންދުކުރިކަން ސަރުކާރުގެ ތަރުޖަމާނު ވަނީ ޔަގީންކޮށްދީފަ އެވެ. 

އިޒްރޭލުގެ 182 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެފްޒެޑް 1073 ފްލައިޓު ވައްޓައިލަން މަސައްކަތްކުރީ އެ ބޯޓުގެ ކޯ-ޕައިލެޓެވެ. އެ ޓެރަރިސްޓު ހަމަލާގައި ކޯ-ޕައިލެޓު ވަނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑި ބޭނުންކޮށްގެން ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓައިލަން މަސައްކަތްކޮށްފަ އެވެ.

އޭނާގެ މި އަމަލުގެ ސަބަބުން ބޯޓު ކޮންޓްރޯލުން ނެއްޓި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 17,000 ފޫޓު (5,180 މީޓަރު) ތިރިއަށް ވެއްޓުނެވެ. ނަމަވެސް، އެ ބޯޓު ވެއްޓެން ދަނިކޮށް، އިންޑިއާގެ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުންނާއި އެހެން މީހުން ވަދެ ހަމަލާދިން މީހާ ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓުގެ ކޮންޓްރޯލް އަލުން ހޯދައި ރައްކާތެރިކަމާއެކު ޖެއްސީ އެ ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox