އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ދިވެހިރާއްޖޭގައި ކާފަރުންގެ ބަޔަކު ވަޒަންވެރިވުމުގެ ހުކުމަކީ ކޮބާތޯ ދިވެހިން ބަލަން ބޭނުމެވެ. އަދި ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރި ޔަހޫދީން މިތަނުގައި ވަޒަންވެރިވުމުގެ ހުކުމަކީ ކޮބާތޯ ދިވެހިން ބަލަން ބޭނުމެވެ. ދިވެހި ސަރުކާރާއި ޑުބާއީގެ އީގަލް ހިލްސްއާ ދެމެދު ހަދާފައިވާ އެއްބަސްވުންއޮތީ އެފަދަ ކަމަކަށް ޖާގަ ލިބޭ ގޮތަކަށްތޯ ވެސް ބަލަން ދިވެހިން ބޭނުމެވެ. އެކަމަށް ޝައްކުކުރެވޭ ހާލަތުތައް އޮއްވައި އެ އެއްބަސްވުން ސިއްރުކުރުމުގެ ހުކުމަކީ ކޮބާތޯ ވެސް ދިވެހިން ބަލަން ބޭނުމެވެ. މިކަންކަމުގައި ދީނީ ރައުޔު ހާމަކުރުމުގެ ދީނީ އަދި ގާނޫނީ ޒިންމާ މަތިކުރެވިފައިވާ ފަތުވާ މަޖިލީހުން ބަހެއް ނުބުނެ ހަނު ތިބުމުގެ ހުކުމަކީ ކޮބާތޯ ވެސް ދިވެހިން ބަލަން ބޭނުމެވެ.

ދިވެހިރާއްޖޭގައި ކާފަރުންގެ ބަޔަކު ވަޒަންވެރިވުމުގެ ހުކުމަކީ ކޮބާތޯ ދިވެހިން ބަލަން ބޭނުމެވެ. އަދި ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރި ޔަހޫދީން މިތަނުގައި ވަޒަންވެރިވުމުގެ ހުކުމަކީ ކޮބާތޯ ދިވެހިން ބަލަން ބޭނުމެވެ. ދިވެހި ސަރުކާރާއި ޑުބާއީގެ އީގަލް ހިލްސްއާ ދެމެދު ހަދާފައިވާ އެއްބަސްވުންއޮތީ އެފަދަ ކަމަކަށް ޖާގަ ލިބޭ ގޮތަކަށްތޯ ވެސް ބަލަން ދިވެހިން ބޭނުމެވެ. އެކަމަށް ޝައްކުކުރެވޭ ހާލަތުތައް އޮއްވައި އެ އެއްބަސްވުން ސިއްރުކުރުމުގެ ހުކުމަކީ ކޮބާތޯ ވެސް ދިވެހިން ބަލަން ބޭނުމެވެ. މިކަންކަމުގައި ދީނީ ރައުޔު ހާމަކުރުމުގެ ދީނީ އަދި ގާނޫނީ ޒިންމާ މަތިކުރެވިފައިވާ ފަތުވާ މަޖިލީހުން ބަހެއް ނުބުނެ ހަނު ތިބުމުގެ ހުކުމަކީ ކޮބާތޯ ވެސް ދިވެހިން ބަލަން ބޭނުމެވެ.

މިދެތިން ހަފުތާގެ ތެރޭގައި ރާއްޖޭގައި އޮތް އެންމެ ބޮޑު މައުލޫއަކީ، ދުބާއީގެ އީގަލް ހިލްސްއަށް ރަސްމާލޭގެ ބިމުން ފައްސަތޭކަ ހެކްޓަރު ދިނުމަށް ދިވެހި ސަރުކާރާއި އެކުންފުންޏާ ދެމެދު ވެގެން އުޅޭ އެއްބަސްވުމުގެ މައްސަލަ އެވެ. އެނގޭ މީހުން ބުނާ ގޮތުގައި އެއެއްބަސްވުން އޮތްގޮތުން އެތަނުން ބޭރު މީހުންނަށް ބިން ދިގުމުއްދަތަކަށް ވަޒަންވެރިވުމަށް ދޫކުރެވެ އެވެ. އަދި އީގަލް ހިލްސްގެ ބާނީއަކީ އިޒްރޭލުގެ ޔަހޫދީންގެ މާ ގާތް މިތުރަކަށްވާހިނދު، އިޒްރޭލުގެ ޔަހޫދީންގެ އެތައް ބަޔަކު ރަސްމާލޭގެ ބިމުން ގޯތިގެދޮރު ގަނެގެން އެތަނުގައި ވަޒަންވެރިވުމުގެ ފުރުސަތު އިންތިހާއަށް އެބައޮތެވެ. ދިވެހި ސަރުކާރުންވަނީ މި އެއްބަސްވުން ސިއްރުވެސް ކޮށްފަ އެވެ. 

މިކަމުގައި އެކި މީހުން އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް، އެންމެން އެއްބަސްވާ ހަގީގަތެއް އެބަ އޮތެވެ. އެއީ މިއީ ދީނީ ބަހުސެއް ކަމެވެ. މިކަމުގައި އެކިކޮޅަށް ވާހަކަދައްކާ މީހުން ހަމަދެއްކުމުގައި އިސްލާމްދީނަށް އިޝާރާތްކުރާ ކަމެވެ. ދިވެހިންގެ ބިމުން ބައެއް މިލްކުކުރެވޭނީ ދިވެހި ރައްޔިތުންނަށް ކަމުގައި ދިވެހިން މިތިބީ ގަބޫލުކޮށްގެންނެވެ. ދިވެހި ރައްޔިތަކަށް ވެވޭނީ އިސްލާމަކަށް ވެސް ވެގެންކަމުގައި ދިވެހިން ވަނީ ގާނޫނުއަސާސީގައި ލިޔެފަ އެވެ. 

މިހެން މިކަން އޮއްވައި، ދިވެހިރާއްޖޭގެ ބިމުން ބައެއް އިސްލާމްދީނަށް ވެސް ނިސްބަތް ނުވާ ބަޔަކަށް ދިނުމުގެ ބަހުސެއް ކުރެވޭނަމަ އެ ބަހުސަކީ ދީނީ ބަހުސެއް ކަމާމެދު ހަމަ އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. އަދި އަމުދުން ދިވެހިންގެ ބިމުން ބައެއް ދެވެނީ، އިޒްރޭލުގެ އަނިޔާވެރި ޔަހޫދީންނަށް ކަމަށް ވެގެން ހިނގައިދާނެތީ، އެއީ އަދި ދުނިޔޭގައި މިއުޅޭ އެހެނިހެން ކާފަރުންނަށް ދިވެހިރާއްޖެއިން ބިންދިނުމާ މާބޮޑު ތަނުން ތަފާތުވާނެ ކަމެއް ކަމަށްވާތީ، މިއީ މުސްލިމުންނާއި ޔަހޫދީންގެ ޒަމާންވީ އެހެނިހެން ބޮޑެތި ބިންތަކާ ވެސް ގުޅިފައިވާ ކަމެއްކަމުގައި ނޫންގޮަތަކަށް ނުއެއް ބެލެވޭނެ އެވެ. 

ކަންމިހެން އޮތުމާއެކު މިކަމުގައި އެކި މީހުން އެކި ގޮތަށް ވާހަކަދެއްކުމުން ނުކުންނަނީ ދީނީ އަރާރުމެކެވެ. ދީނީ ހިޔާލުތަފާތުވުމެވެ. އެކަން ގޮސް ހުއްޓެނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމާއި ދީނީ އެކުވެރިކަން އެއްގޮތްކުރުމާ ހަމައިގަ އެވެ، އަދި މިކަން ދީނާ ގުޅޭ އެހެން ގޮތެއް ވެސް އެބަ އޮތެވެ. 

ޔަހޫދީންގެ ބަޔަކު ރަސްމާލޭގައި ވަޒަންވެރިވުން އެއީ ހުއްދަކަމެއްކަމަށް ދެކެގެން އެކަން ކުރަން ދޫކޮށްލައިފިނަމަ، ރާއްޖޭގައި އުޅޭ އެކަމާ ނުރުހޭ ބަޔަކު، ކުރާ ކަމެއްގެ ސަބަބުން ނުކުމެދާނެ ނިމުމެއް ނެތް ދީނީ ފިތުނަޔަކާއި ތަޅާފޮޅުންތަކެކެވެ. އެކަން ގޮސް ހުއްޓޭނީ ކިހާވަރެއްގެ ހަނގުރާމަތަކެއްގެ މެދުގައިކަމެއް ނޭނގޭނެ އެވެ. މިހުރިހާ ކަމެއް މިހެން ހުރީމާ ހަމަ އެއްވެސް މީހަކަށް ދެބަސްވެވެން ނެތް ކަމަކީ މިކަމަކީ ދީނީ މައުލޫއެއް ކަމާއި މިކަން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ގުޅިފައިވާކަމެވެ.

ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނެއް އޮވެ އެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި އެ ގާނޫނުގެ ދަށުން މަޖިލީހެއް އުފައްދައި، އެތަނަށް ދީނީ އިލްމުވެރިންތަކެއް އައްޔަންކުރެވިފައިވެ އެވެ. އަދި އެތަން އިދާރީ އިންތިޒާމެއްގެ ދަށުން ހިންގުމަށް މުވައްޒަފުންތަކެއް ވެސް ނަގައިގެން އެތަނަށް އޮފީހެއް ވެސް ކަނޑައެޅިގެން ދިވެހި ދައުލަތުން ބޮޑު ހަރަދެއް ހިނގާ ގޮތަށް އެމަޖިލިސް ވެސް ދައުލަތުގެ އިދާރާއެއް ގޮތަށް ހިނގަމުން އެބަހަރަދެ އެވެ. 

ދުނިޔޭގައި އިސްލާމީ ފަތުވާ ދިނުމަށް މަޖިލިސް ހެދިފައި ހުންނަނީ އިސްލާމީ ގައުމުތަކުގަ އެވެ. މިފަދަ މަޖިލީހެއްގެ އެންމެ މުހިންމު ބޭނުމަކީ،  އަލަށް އުފަންވާ ކަންކަމުގައި ދީނީ ހުކުމްތައް ހުރި ގޮތް ދިރާސާކޮށް އެކަންކަން ރައްޔިތުންނަށް ބަޔާންކޮށްދިނުމާއި ހާއްސަކޮށް ރައްޔިތުންގެ މެދުގައި ދީނީގޮތުން ހިޔާލު ތަފާތުވެދާނެ ކަންކަމުގައި  އިސްލާމްދީނުގައި އޮންނަ ތަނަވަސް އުސޫލުތައް ހާމަކޮށްދިނުމާއި އިސްލާމީ ހުކުމްތަކާ ގުޅިގެން ހިޔާލުތަފާތުވާ ދަނޑިވަޅުތަކުގައި އެކަމުގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން ޒިންމާ ނަގައިގެން މަސައްކަތްކުރުމެވެ. 

ގައުމުގައި އަލަށް ފަށާ ކަމެއްގެ ހަރާން ހަލާލަށް އެތައް ބަޔަކު ގޮތް ކިޔައި އެކި ފަޅިއަށް ރައްޔިތުން އަރާ އެކަން ދީނީ އަރާރުމަކުން ފިތުނަޔަކަށް ބަދަލުވެ ހިނގާނެކަމެއް ހިނގަންދެން އެއްވެސް ބަހެއް ނުބުނާ ތަނެއްގެ ގޮތުގައި ފަތުވާދޭ މަޖިލީހެއް އޮންނަ ނަމަ އެއީ ދީނީ ގޮތުން ފަތުވާދިނުމުގެ ޒިންމާ އަދާކުރަންތިބޭ ބަޔަކު އެ ޒިންމާ އަދާނުކުރީ ކަމުގައި ބަލަންޖެހޭ ހާލަތެކެވެ. ގާނޫނީގޮތުން ވެސް އެކަން އޮންނާނީ މިކަހަލަ ގޮތަކަށް ކަމުގައި އަހަންނަށް ހީވެ އެވެ. 

ރަސްމާލެ ޕްރޮޖެކްޓް ސަރުކާރުން ހަވާލުކޮށްގެން އުޅޭ އީގަލް ހިލްސްގެ ޗެއަރމަން މިފަހުން ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކޮށްފި އެވެ. ސަރުކާރުގެ ވަޒީރުންނާ ބައްދަލުކޮށްފި އެވެ. އެކި ނޫސް މީޑިއާތަކާއި ބައެއް ނޫސްވެރިންނާ ވަކިވަކިން ބައްދަލުކޮށްފި އެވެ. ދީނީ ފޯރަމްތަކާއި މަހާސިންތާ ބޭއްވުމުގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އެބާވަތުގެ ކަންކަން އިންތިޒާމުކުރި އިސްލާމީ މިނިސްޓްރީއަކީ މިއަދުގެ މިނިސްޓްރީ އެވެ. އަޅުގަނޑު ހިތަށް އަރަ އެވެ. މުޙައްމަދު އަލައްބާރާއި ދީނީ އިލްމުވެރިން ބައްދަލުކުރުމުގެ ފޯރަމެއްގެ އިންތިޒާމު ހަމަނުޖެހެނީ ކީއްވެގެންތޯ އެވެ. 

ދީނީ ހިޔާލުތަފާތުވުން މިހާބޮޑުވެފައިވާ މި މައްސަލާގައި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބަހެއް ނެތީ ކީއްވެތޯ އެވެ؟ އެ މަޖިލީހުގެ ދިރާސާގެ ބޭނުމަށް ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ އެއްބަސްވުންތައް އެ މަޖިލީހުން ހޯދަން ނޫޅެނީ އެއީ އެ މަޖިލީހުގެ ދީނީ އިލްމުވެރިންގެ ދީނީ އަދި ގާނޫނީ ޒިންމާއަކަށް ނުވާނީތޯ އެވެ؟ 

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ޖަވާބުދާރީވާންވެސް ޖެހޭނެ އެވެ. މިކަމުގައި ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ގޮތެއް ހުއްޖަތެއް ތިޔަބޭކަލުންނަކަށް ނެތެވެ. 

ދިވެހިރާއްޖޭގައި ކާފަރުންގެ ބަޔަކު ވަޒަންވެރިވުމުގެ ހުކުމަކީ ކޮބާތޯ ދިވެހިން ބަލަން ބޭނުމެވެ. އަދި ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރި ޔަހޫދީން މިތަނުގައި ވަޒަންވެރިވުމުގެ ހުކުމަކީ ކޮބާތޯ ދިވެހިން ބަލަން ބޭނުމެވެ. ދިވެހި ސަރުކާރާއި ޑުބާއީގެ އީގަލް ހިލްސްއާ ދެމެދު ހަދާފައިވާ އެއްބަސްވުންއޮތީ އެފަދަ ކަމަކަށް ޖާގަ ލިބޭ ގޮތަކަށްތޯ ވެސް ބަލަން ދިވެހިން ބޭނުމެވެ. އެކަމަށް ޝައްކުކުރެވޭ ހާލަތުތައް އޮއްވައި އެ އެއްބަސްވުން ސިއްރުކުރުމުގެ ހުކުމަކީ ކޮބާތޯ ވެސް ދިވެހިން ބަލަން ބޭނުމެވެ. މިކަންކަމުގައި ދީނީ ރައުޔު ހާމަކުރުމުގެ ދީނީ އަދި ގާނޫނީ ޒިންމާ މަތިކުރެވިފައިވާ ފަތުވާ މަޖިލީހުން ބަހެއް ނުބުނެ ހަނު ތިބުމުގެ ހުކުމަކީ ކޮބާތޯ ވެސް ދިވެހިން ބަލަން ބޭނުމެވެ. 

ޤިޔާމަތް މަޙްޝަރު ދުވަހުގައި އެތައް ކަމަކާ މެދު ސުވާލުކުރެވުމުގެ ކުރިޔަށް ތިމާގެ ފައި ހުރި ތަނުންވެސް ގުޑާ ނުލެވޭނެކަމަށް ހަދީސްގައި އައިސްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ތިމާއަށް ލިބުނު އިލްމަކަށް ތިމާ އަމަލުކުރި ގޮތެވެ. 

އަލްބަޤަރާ ސޫރަތުގެ 159 ވަނަ އާޔަތާއި 160 ވަނަ އާޔަތުގައިވެ އެވެ. "ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންކަލާނގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެމީހުންނަށް ﷲ ލައުނަތް ލައްވާނެ އެވެ. އަދި ލައުނަތްދޭ މީހުންވެސް އެމީހުންނަށް ލައުނަތް ދޭނެ އެވެ.  އެމީހުން ތައުބާވެ އަމަލުތައް އިސްލާހުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުރި މީހުން މެނުވީއެވެ. ފަހެ، އެމީހުންނަށް ތިމަންކަލާނގެ ތައުބާ ލައްވާހުށީމެވެ. ތިމަންކަލާނގެއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ އޯގާވަންތަ ކަލާނގެ އެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox