މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން، މިއީ ދިވެހި ގައުމަށް ދެވޭ އެންމެ ބޮޑު އަނިޔާ: އަލީ ހުސައިން

އޮކްޓޯބަރު 30، 2026 ގައި އާޓިފިޝަލް ބީޗް ކައިރީގައި ބޭއްވި އެއްވުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިބްރާހިމް ނިޔާޒު/އެކްސް

އޮކްޓޯބަރު 30، 2026 ގައި އާޓިފިޝަލް ބީޗް ކައިރީގައި ބޭއްވި އެއްވުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިބްރާހިމް ނިޔާޒު/އެކްސް

ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ޒަޔަނިޒަމް ދިރުވައި އާލާކުރަން ކަމަށާއި، އެއީ ދިވެހި އިސްލާމީ އުއްމަތަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ. 

ދިވެހި ރައްޔިތުންގެ ފައިސާއިން ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމަށް ފަހު، އެއްވެސް ބީލަމަށް ނުލައި  ހިލޭ  ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލަން މުއިއްޒު މަސައްކަތް ކުރައްވާތީ އެކަން ހުއްޓާލަން ގޮވާލައި ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި އެއްވުމުގައި އަލީ ހުސައިން ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދީނުގެ ދިފާއުގައި މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެ ކަމަށާއި، ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެއްކަމަށެވެ.

އަލީ ހުސައިން ތުހުމަތު ކުރެއްވި ގޮތުގައި އިޒްރޭލަށް ވާގިވެރިވާ ބިލިޔަނަރު އަލައްބާރުގެ އީގަލް ހިލްސްއިން ތަރައްގީކުރާ ރަސްމާލެ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއުއަކީ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވެ އުޅުމަށް މަގުފަހިކުރަން ރާވައި ހިންގާ މަޝްރޫއެކެވެ. 

ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޒަޔަނިޒަމަށް އޮތް ތާއީދު ކުޑަވަމުންދާކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ޒަޔަނިޒަމް މިހާރު އޮތީ އޭގެ އެންމެ ފަހުގެ ދުވަސްތަކުގައި ކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒު މި އުޅުއްވަނީ އަލުން ޒަޔަނިސްޓުން ގެނެސްފައި ދިވެހިރާއްޖޭގައި އާބާދުކޮށް، ޒަޔަނިޒަމް ދިރުވަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

"އިސްލާމްދީނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ދިވެހިރާއްޖޭގައި މި ސަތޭކަ ޕަސެންޓް ދިވެހިންގުޅޭ ދިވެހި ފަސްގަނޑުގައި ޒަޔަނިސްޓުން ގެނެސް ޣައިރުދީންތަކުގެ މީހުން ގެނެސް އާބާދުކުރުވުން،" އަލީ ހުސައިން ވިދާޅުވި އެވެ. 

"ނުވަސަތޭކަ އަހަރު ވަންދެން ދިވެހިރާއްޖޭގައި މިއޮތް އިސްލާމްދީނަށް މިހާތަނަށް މީހަކު ދިން އެންމެ ބޮޑު އުދުވާން، އެންމެ ބޮޑު ހަމަލާދޭ މީހަކަށް މިއަދު ތިވީ ސީދާ ރައީސް މުއިއްޒު."

ނަމަވެސް، މި ހަފުތާގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ޒަޔަނިޒަމްއާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަން ކެރުނު ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށެވެ.   

އޮކްޓޯބަރު 30، 2026 ގައި އާޓިފިޝަލް ބީޗް ކައިރީގައި ބޭއްވި އެއްވުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިބްރާހިމް ނިޔާޒު/އެކްސް
އޮކްޓޯބަރު 30، 2026 ގައި އާޓިފިޝަލް ބީޗް ކައިރީގައި ބޭއްވި އެއްވުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިބްރާހިމް ނިޔާޒު/އެކްސް

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައަށް އިޝާރާތްކުރައްވައި އަލީ ހުސައިން ވިދާޅުވީ، ޒަޔަނިސްޓުންނަކީ ދެ ޕާސްޕޯޓު ގެންގުޅޭ ބައެއް ކަމަށާއި، ހަމައެކަނި ޕާސްޕޯޓު ބޭން ކުރުމަކުން ނުފުދޭ ކަމަށެވެ.

ރަސްމާލޭގައި އަލައްބާރު ހިންގާ މަޝްރޫއުއަކީ، މިހާރު އިޒްރޭލް ޕާސްޕޯޓުގައި ފަތުރުވެރިންގެ ގޮތުގައި މިހާރު ރާއްޖެ ނާދެވޭތީ، އިންވެސްޓަރުންގެ ގޮތުގައި ރާއްޖެއަށް އައުމަށް ކުރާ ކަމެއް ކަމަށެވެ. މިކަމުގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ބައިވެރިނުވުމަށް އޭނާ ގޮވާލެއްވިއެވެ.

"ތިޔަބޭފުޅުންގެ ނަމުގައި މިކަން ކުރިއަނުދެއްވާށޭ. ތިބޭފުޅުންނަކީ މި ދިވެހި ގައުމަށް ޣައްދާރުވާ މީހުންގެ ގޮތުގައި ނުވެވަޑައިގަންނަވާށޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

އެހެން ދީންތަކުގެ މީހުންނަށް ދިވެހި ފަސްގަނޑުން މިލްކުވެރިކަން ދޭން މުއިއްޒު ފައިވިއްދާލައިގެން އެ އުޅުއްވަނީ ރާއްޖޭގައި އިސްލާމްދީން އޮންނާތީ މުއިއްޒު ކަންބޮޑުވާލެއް ބޮޑު ކަމުން ކަމަށް ވެސް ގަބޫލު ކުރެއްވޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

"އީގަލް ހިލްސް" ކުންފުންޏަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، އެ ކުންފުނިން ދިޔަ ކޮންމެ ގައުމަކުން އެމީހުން ބޭރުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ކެލިފޯނިއާ އާއި، ތައިލޭންޑް، ފިލިޕީންސް އަދި ސްރީލަންކާ ފަދަ ގައުމުތަކުގައި ވެސް އެމީހުންނާ ދެކޮޅަށް މުޒާހަރާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ކަންކަން އޮޅުންފިލުއްވުމަށް އަލީ ހުސައިން ވަނީ މުއިއްޒަށް ގޮވާލެއްވި އެވެ.

ރަސްމާލޭގެ 500 ހެކްޓަރު އަލައްބާރުގެ އީގަލް ހިލްސްއަށް ދެނީ އެކުއިޒިޝަން ކޯސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށް ހިލެ އެވެ. ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox