ރަސްމާލެ ތަރައްގީކުރަނީ ޔަހޫދީންނަށް، އެކަމަށް ދުވަހަކު ވެސް ދިވެހީން މައާފެއް ނުކުރާނެ: ޔާމީން

Nov 9, 2026, 8:36 AM
ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް، ރާއްޖޭގައި އިންވެސްޓުކުރާ އަލް އައްބާރު އަދި ރައީސް މުހައްމަދު މުއިއްޒު.

ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް، ރާއްޖޭގައި އިންވެސްޓުކުރާ އަލް އައްބާރު އަދި ރައީސް މުހައްމަދު މުއިއްޒު.

ޔޫއޭއީ އީގަލް ހިލްސްއިން ތަރައްގީކުރަން ރާވާފައިވާ ރަސްމާލެ ވޯޓާފްރޮންޓް އެންޑް މެރީނާ މަޝްރޫއަކީ ދިވެހިރާއްޖޭގައި ޔަހޫދީން އާބާދުކުރުމަށް ހިންގާ މަޝްރޫއެއް ކަމަށާއި، އެކަން ކޮށްފި ނަމަ ދިވެހި ރައްޔިތުން މި ސަރުކާރުގެ ވެރިންނަށް ދުވަހަކު ވެސް މައާފު ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރަސްމާލޭގެ މުޅި ކޮންސެޕްޓަށް އިންކާރު ކުރައްވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޔާމީން ވިދާޅުވީ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ރޭވުމާއި ރަސްމާލެ ދިވެހީންގެ އަތުން ދިއުމަށް ފަހު އެތަނަށް ދިވެހިރާއްޖެ ސިޔާދަތީ ބާރެއް ނުފޯރާނެ ކަމަށެވެ. 

"އެތަނުގައި އުޅޭނީ ޔަހޫދީން، އެތަނަށް ދާނީ ޔަހޫދީން. އެތަނަށް ހުއްދަ ދޭނީ ޔަހޫދީންނަށް ތާއީދުކުރާ މީހުން،" ޔާމީން ވިދާޅުވި އެވެ.

އެއީ ޔަހޫދީންނަށް ހަމްދަރުދީވާ، ޔަހޫދީންދެކެ ލޯބިވާ މީހުން ކުރެާ ކަމެއް ކަމަށާއި އެހެން ނޫނީ ދިވެހިންގެ ތެރެއިން ޔަހޫދީން ގެނެސް ވަޒަންވެރިކުރުވާކަށް ނުޖެހޭނެ ކަމަށް  ޔާމީން ވިދާޅުވި އެވެ. 

ރަސްމާލޭގައި ރާ ނުވިއްކޭނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

މި މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ މިނިސްޓަރުން ދައްކަވާ ވާހަކަތަކުގައި ފުށޫއެރުން ހިރިކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ ރަސްމާލެ ދޫކުރަނީ ނިމުމެއް ނެތް ގޮތަށް ކަމަށެވެ. 

"މިއީ ނިމުމެއް އޮތް ކަމެއް ނޫން. މިހާވަރަށް ސަރުކާރުން އޮޅުވާލައިގެން މިކަން ކުރާއިރު އަޅުގަނޑު ހިތަށް މި އަރަނީ ހަމަ ދިވެހި ޒުވާނުންނާ މިހާރު ގެދޮރު ވެރިކަމުން މަހުރޫމްވެފައި ތިބި އެކި އުމުރުފުރައިގެ މީހުންނާ މިހާރު މުއިއްޒު ދައްވެއްޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.  

ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުން އެޕާޓެމެންޓުތަކާއި ވިލާތައް ބިދޭސީންނަށް ގަނެވޭނެ އެވެ. ރަސްމާލެ ވިއްކާލުމުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި އީގަލް ހިލްސްއާއެކު ދުބާއީގައި ދިވެހި ސަރުކާރުން ސޮއިކުރުމާއެކު ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑިޔުން ސަރުކާރަށް އަމާޒުވުމުން ސަރުކާރުން ބުނެފައި ވަނީ އެތަނުން އިޒްރޭލް މީހުންނަށް ބިން ނުނަގެވޭނެ ކަމަށެވެ. ނަމަވެސް އިޒްރޭލްގެ ގިނަ އަދަދެއްގެ ބަޔަކީ ދެ ގައުމުގެ ޕާސްޕޯޓު އޮންނަ ބައެކެވެ، 

ރަސްމާލެ ފުރަތަމަ ހިއްކުމަށް އެމްޓީސީސީގައި އޮތް މަހާޖައްރާފު ބޭނުންކުރުމުގެ ބަދަލުގައި، އެ މަޝްރޫއު ބޭރުގެ ބަޔަކާ ހަވާލުކުރީ އަކަ މީޓަރަކުން 2 ޑޮލަރާއި 4 ޑޮލަރުގެ ދެމެދުގެ ނާޖާއިޒު ފައިދާގެ ސަރުކާރުގެ ވެރިންނަށް ލިބޭ ގޮތަށް ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ. 

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.

ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ރަސްމާލެ ވިއްކުމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން ނޮވެމްބަރު 13 ވާ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox