އިޒްރޭލު މީހުންގެ ނަމުގައި ރަސްމާލޭގައި ތަންތަން ރަޖިސްޓްރީ ނުކުރާނެ ކަމަށް ބުނުމަކުން ނުުފުދޭ: މަތީނު

އެމްޑަބްލިޔޫއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަތީން

އެމްޑަބްލިޔޫއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަތީން

ރަސްމާލޭގައި އިޒްރޭލު މީހުންގެ ނަމުގައި ތަންތަން ރަޖިސްޓްރީ ނުކުރާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަކުން އެކަނި ނުފުދޭ ކަމަށާއި، ސަރުކާރުގެ ކިބައިގައި ތެދުވެރިކަމެއް ހުރިނަމަ ރަސްމާލޭގެ މައިގަނޑު އެއްބަސްވުން ރައްޔިތުންނަށް ހާމަކުރަންޖެހޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީނު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮބައިކަމާއި، އެތަނުން އިންވެސްޓް ކުރަމުން އެދަނީ ކޮންބައެއްގެ ފައިސާއެއްކަން ސަރުކާރުން ބަޔާންކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިއީ ކުދި ބޮޑު ހުރިހާ އިންވެސްޓްމަންޓްތަކާބެހޭ ގޮތުން ވެސް ހާމަވާންޖެހޭ އަސާސީ މައުލޫމާތުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިޒްރޭލު މީހުންގެ ނަމުގައި ރަސްމާލޭގައި ތަންތަން ރެޖިސްޓްރީ ނުކުރާނެ ކަމަށްބުނުމަކުން ނުފުދޭ. ތިޔަހަވާލާދެއްވާ ގާނޫނުތައް ހުރީ މަތާރަންފިލާމަތީގައި ހިރަފުސް އަރަން ދޫކޮށްލެވިފައި. އަމަލެއް ނުކުރެވޭ. އަމަލު ކުރެވޭނަމަ ލައްކައެއްހާ ބިދޭސީ މަސައްކަތު މީހުން ރާއްޖޭގެ މަގުތަކަކު ނޫޅޭނެ،" މަތީން ވިދާޅުވި އެވެ.

މިއަދު ކުރެއްވި އިތުރުޕޯސްޓުގައި މަތީން ވިދާޅުވެފައި ވަނީ ނ. އަތޮޅު އައިލާ މަޝްރޫއު އިޒްރޭލުގައި ވެސް އިސްތިހާރު ކުރަމުންދާ ކަމަށާއި، އެތަނުން އިޒްރޭލުގެ ގިނަ ބަޔަކު ގެދޮރު ގަތުމުގެ އުންމީދު އެބަ އޮތް ކަމަށް އެ މަޝްރޫއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ކުންފުނީގެ ޗެއަރމަން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން މާލޭގެ އަމީނީ މަގުގައި ހުރި ޕިއްޒާހަޓާއި ކޭއެފްސީ ދިވެހި ޒުވާނުން ބަންދުކުރުވީ އެތަނުގެ ވިޔަފާރި އިޒްރޭލު މީހެއްގެ ނަމުގައި އޮވެގެނެއް ނޫން ކަމަށާއި, އެ ވިޔަފާރި ޗޭނުން އިޒްރޭލުގެ އަނިޔާވެރިކަމަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ލިޔެކިޔުންތަކުން ފެންނަން އޮތުމުން ކަމަށް މަތީނު ވިދާޅުވި އެވެ. 

މެދުއިރުމަތީގައި ކޭއެފްސީއާއި ޕިއްޒާހަޓްގެ ހިދުމަތްދޭ އެމެރިކާނާ ރެސްޓޯރަންޓުތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ރަސްމާލެ ގަނެފައިވާ އީގަލް ހިލްސްގެ މުހައްމަދު އަލައްބާރުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކައްޗަށްއެޅި ބިންގާ ކެއްޗާއި ހަމަޔަށް ދިޔަސް ދާނީ ކައްޗަށް،" ކަންކަން ދެ ފުށް ފެންނަ ނިޒާމަކުން ކުރިއަށް ނުގެންދާނަމަ ނިކުންނާނެ ނަތީޖާއަކާ މެދު އިންޒާރު ދެއްވަމުން މަތީނު އިތުރަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox