
މުހައްމަދު ޝަހްޒާން
ޖާނަލިސްޓު
މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.
3510 ލިޔުން
ހަބަރުރަސްމާލެ ޑީލުން ހާމަވީ މިއީ ހެޔޮ ވެރިކަމެއް ނޫންކަން: މަތީން
ރަސްމާލޭގެ ބިމުން ބޮޑު ބައެއް އެއްވެސް ހާމަކަމެއް ނެތި ބޭރުގެ ކުންފުންޏަކަށް ދިނުމަކީ މި ސަރުކާރުން ކުރަނީ ހެޔޮ ވެރިކަމެއް ނޫންކަން ހާމަވާ ކަމެއް ކަމަށް އަބްދުލް މަތީން ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބިލިއަން ޑޮލަރުގެ އަގުހުރި ދައުލަތުގެ މުދަލެއް ބިޑު ކުރުމެއް ނެތި ދޫކޮށްލުމަކީ ގާނޫނީ އުސޫލުތަކާ ޚިލާފު، ދެފުށް ނުފެންނަ އަމަލެކެވެ.
ހަބަރުއަފީފް އެންވާރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި މުހައްމަދު އަފީފް، އެންވަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފިއެވެ. އަފީފަކީ މި ސަރުކާރުގައި ފެނަކަ ހިންގުމާ ހަވާލުވި ތިންވަނަ އެމްޑީ ކަމަށްވާއިރު، އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ އެ ކުންފުނި އުވާލުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހަބަރުޕްރެސްތަކަށް އަދަދު ނުވައްދާ މައްސަލަ ރެޖިސްޓްރީކޮށްފި
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ރެޖިސްޓްރީކޮށްފިއެވެ.
ދިވެހި ދެ ޕައިލެޓުން ޔޫއޭއީގައި ބަންދުގައި ތިބޭތާ 12 ދުވަސް
ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

