ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް، ގައުމީ ލޭ ހިނގަނީ ތިމަންނާ ގައިގައި އެކަންޏޭ ކިޔާފައި ގައުމު ވިއްކައެއް ނުލެވޭނެ: ނަޝީދު

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ރާއްޖޭގެ ތަރައްގީއަށްޓަކައި ބޭރުގެ އިންވެސްޓްމެންޓުތައް ރާއްޖެއަށް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވޭ -- ފޮޓޯ: އަދަދު

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ރާއްޖޭގެ ތަރައްގީއަށްޓަކައި ބޭރުގެ އިންވެސްޓްމެންޓުތައް ރާއްޖެއަށް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވޭ -- ފޮޓޯ: އަދަދު

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި އެފަދަ މަޝްރޫއުއެއް ހިންގަން ޖެހޭނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަން އޮޅުންފިލުވައިދީފައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިވެހި ލޭ ހިނގަނީ އެމަނިކުފާނު ގައިގައި އެކަނިކަމަށް ރައްޔިތުންނަށް ވިސްނަވައިދެއްވައިގެން ކަމަށެވެ.

އީގަލް ހިލްސް ޕްރޮޖެކްޓު ރާއްޖޭގައި ފަށަން ތާއީދުކުރައްވާ ވާހަކަ މިރޭ ވެސް ނަޝީދު ތަކުރާރުކުރެއްވި އެވެ.

"އެކަމަކު މި މުނާފިގުކަން އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، ކުރާނެކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ، ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައްޔިތުންގެ ގާތުގައި ތިމަންނާ ވެރިކަމަށް މި އަންނަނީ ދިދަޔަށް ބޮސްދޭށޭ، ގައުމިއްޔަތަށޭ، ކާންދޭނީ ވެސް ގައުމިއްޔަތޭ ދެން އެހެން ކިޔާފައި ވަޑައިގެނެއް ގައުމު ވިއްކައެއް ނުލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ކަމެއް ކުރާއިރު، އެކަމެއް ކުރަނީ ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަމެއް ކިޔައިދީފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއަދު މި ކުރަމުން ގެންދާ ކަންތަކުގައި އެއްގޮތަކަށް ވެސް ދެފުށް ފެންނަ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނެތް، ކޮންޓްރެކްޓަކީ ކޮބައިކަމެއް، ވެގެން މިދަނީ ކިހިނެއްކަމެއް ރައްޔިތުންގެ މަޖިލީހަކަށް ވެސް އެނގޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެ ކަންކަމުން ސާފުވަނީ މި ވެރިކަމުގެ މުނާފިގުކަން ކަމަށް ނަޝީދު ވިދާޅުވި އެވެ. ވެރިކަމުގެ ހުވާކުރެއްވި ދުވަހު އެމަނިކުފާނު ގައުމީ ދިދަޔާ މުހާޔަބުކުރައްވައި ދެއްކެވި ވާހަކައަށް ވެސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox