ކުލި ނުދައްކައިގެން ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށް ތަން ހުސްކުރަން އަންގައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކެއް: މިއީ ކުލި ނުދައްކައިގެން ފަހި ފްލެޓެއް އަތުލި ފުރަތަމަ ފަހަރު -- ފޮޓޯ: އަދަދު

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކެއް: މިއީ ކުލި ނުދައްކައިގެން ފަހި ފްލެޓެއް އަތުލި ފުރަތަމަ ފަހަރު -- ފޮޓޯ: އަދަދު

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓުގެ ތެރެއިން ދެ ޔުނިޓެއްގެ އެގްރީމެންޓު ބާތިލުކޮށް އެ ތަންތަން ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންގައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށް ތަން ހުސްކުރަން އެންގީ އެ ދެ ޔުނިޓުގެ ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ ކަމަށެވެ. އެ ދެ ހައުސިން ޔުނިޓުގެ އެއްބަސްވުން ވެސް ބާތިލުކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

"އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވުނެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކުލި ދެއްކުމަށް ފޮނުވޭ ނޯޓިސް [ޕޭމަންޓު ޑިފޯލްޓު ނޯޓިސް] ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެންނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދެވިފަ،" ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.

Advertisement

އެ ކޯޕަރޭޝަނުން ބުނީ އެ ދެ ޔުނިޓަށް ފައިސާ ދެއްކުމަށް އެކިފަހަރުމަތިން ދިން މުއްދަތުތައް ފަހަނައަޅައި ދިޔައިރު، ވެސް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކޮށް އެކަމުގެ ނޯޓިސް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި، އެ ދެ ޔުނިޓުގެ ވެރިންނަށް ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ދެ ޔުނިޓު ހުސްކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުލީގެ ގޮތުގައި އެ ސަރުކާރުން ކަނޑައަޅާފައި އޮތީ މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 6000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 8000ރ. އެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ ކުއްޔަށް ބަދަލު ގެނެސް، މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 7000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 10،000ރ. ދައްކަން ޖެހޭ ގޮތަށް ހަދައިފަ އެވެ.

ކުލި ނުދައްކައިގެން ފަހި ފްލެޓުތަކުގެ ތެރެއިން ދެ ފްލެޓެއްގެ އެގްރީމެންޓު ބާތިލުކުރިއިރު، ކުރީގެ ރައީސް، ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓުތަކާއި އޭގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރި ފްލެޓުތަކާއި ރައީސް މައުމޫންގެ ވެރިކަމުގައި އިމާރާތްކުރި ފްލެޓުުތަކަށް ވެސް ކުލި ނުދައްކާ މައްސަލަ ވަރަށް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox