އާރަށް މައްސަލަ: އަދީބު އާއި ޒިޔަތުގެ ހެކި ބަހާއި ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ކޯޓުން ނިންމައިފި

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުން ބަރީއަވުމަށް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއި ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު، 25، 2022، ގަ އެވެ. 

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ އެމަނިކުފާނުގެ ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ފަހުގަ އެވެ. ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އާ ހެކިތައް ބަލައިގަތުން ގޯސް ކަމަށް ނިންމާ، ދަށު ކޯޓުން އަލުން މައްސަލަ ބަލަން ހުކުމްކޮށްފަ އެވެ.

އެ މައްސަލައިގައި ޔާމީންގެ އިތުރުން، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ.

ޔާމީން އާއި ޔޫސުފް ނައީމް ވެސް އެ ދައުވާއިން ދިފާއުވުމަށް ބުނެފައި ވަނީ ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ފައިސާ ކަމަށެވެ. އަދި، އެ ޑޮލަރަށްވާ ދިވެހި ފައިސާ، ނަގުދު ފައިސާއިން ޔޫސުފް ނައީމްއާ ހަވާލުކުރިކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

އެކަން ސާބިތު ކުރުމަށްޓަކައި ޔާމީންގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް އާއި ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދުގެ އިތުރުން، އަބްދުﷲ ރަޝީދު ކިޔާ މީހެކެވެ. އޭގެ އިތުރުން، ޑޮލަރު މާރުކުރިކަން ބަޔާންކޮށްދޭ ލިޔުމެއް ވެސް ހެކީގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅި އެވެ.

އެ ހެކިތައް ބަލައިނުގަތުމަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ދައުލަތުން އޮތީ އެދިފަ އެވެ.

ނަމަވެސް، އެ ހެކިތައް ބަލައިނުގަތުމާ ގުޅޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަމަކީ ހެކިންގެ ހެކިބަހަށް ބުރަދަން ނުދިނުމާ ގުޅުންހުރި ކަންކަން ކަމަށްވާއިރު، ހެކިންގެ ހެކިބަހަށް ބުރަދަން ދިނުމަކީ ހެކިބަސް ނެގުމަށްފަހު، ޝަރީއަތުން ގޮތެއް ނިންމަންޖެހޭ ކަމަށް ވާތީ އެ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމީ އެވެ.

އާރަށް މައްސަލައިގައި ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ވަރަށް ގިނަ ހެއްކަށް ފުރުސަތު ނުދިނުމަށް ޔާމީންގެ ފަރާތުން ވެސް ކޯޓުގައި އެދިފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތުގެ ހެކިބަސް ހިމެނެ އެވެ.

ސަބަބެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ފާހަގަކޮށްފައި ވަނީ ހެއްކާބެހޭ ގާނޫނުގައި އޮތް ގޮތުން، ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ބަޔަކަށް ވާތީ އެވެ.

ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް ނިންމެވީ އަދީބު އާއި ޒިޔަތުގެ ހެކި ބަހަކީ އެ މައްސަލައިގައި ނަގަންޖެހޭ ހެކިބަހެއް ކަމަށެވެ. 

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކީގެ ތެރެއިން ބަލައިނުގަތުމަށް ނިންމީ ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމްގެ ހެކިބަސް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox