ރަސްމާލެ ޕްރޮޖެކްޓުގެ ސަބަބުން އިސްލާމީ ވަހުދަތާއި ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ބައެއް މީހުން: އެ އިއްތިހާދުގައި 150 އަށްވުރެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ -- ފޮޓޯ: އިލްމުވެރިންގެ ގުޅުން

އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ބައެއް މީހުން: އެ އިއްތިހާދުގައި 150 އަށްވުރެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ -- ފޮޓޯ: އިލްމުވެރިންގެ ގުޅުން

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދީފިނަމަ، ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ކަނޑައަޅައިފި އެވެ.

ގައުމީ އަދި، ދީނީ އެކިއެކި ކަންކަމުގައި ބަސްބުނުމަށް 150 އަށްވުރެ ގިނަ އިލްމުވެރިން އެކުވެގެން އުފައްދާފައިވާ އިލްމުވެރިންގެ ގުޅުމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން އެ އިއްތިހާދުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި، އެ ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ހިއްސާކޮށްފައިވާނެ ކަމަށް އެ އިއްތިހާދުން ބުންޏެވެ.

"މި ބައްދަލުކުރެއްވުމުގައި އިލްމުވެރިންގެ ގުޅުމުން ވަނީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހި ރާއްޖޭގައި ބޭރު މީހުން ރަށްވެހިވެ، ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމާއި އިގުތިސާދީ އަމިއްލަވަންތަކަމާއި ދިވެހި ސަގާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ،" އިލްމުވެރިންގެ ގުޅުމުން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.

Advertisement

އެ ކަންބޮޑުވުންތައް ހުށަހަޅާފައިވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ އެކި ފަރާތްތަކާ ބައްދަލުކޮށް އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ އިއްތިހާދުން ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ހިއްސާކުރި ކަންބޮޑުވުންތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާކޮށްދެއްވުމަށް މިނިސްޓަރު، ޝަހީމް އަރިހުން އެދުނު ކަމަށް އެ އިއްތިހާދުން ބުންޏެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަހުދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފައިވާއިރު، އެ މަޝްރޫއުގެ ދާއިމީ އެއްބަސްވުމުގައި މި އަހަރުގެ ޖުމްހޫރީ ދުވަހު ސޮއި ކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެ ތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. މިކަން ވަނީ އީގަލް ހިލްސް އިން ޔަގީންކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox