ޝަމްއާން އޭސީސީއަށް ހާޒިރުކޮށް އިހުސާން ހިންގެވިކަމަށް ތުހުމަތުކުރި ކޮރަޕްޝަނާ ގުޅޭގޮތުން ބަޔާން ނަގައިފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދު (ކ) އަދި ހޯމް މިނިސްޓަރު، އަލީ އިހުސާން (ވ): ޝަމްއާން ފްރޭމްކުރީ އިހުސާންކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައި، އެ ތުހުމަތުތައް އިހުސާން ދޮގުކުރޭ -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދު (ކ) އަދި ހޯމް މިނިސްޓަރު، އަލީ އިހުސާން (ވ): ޝަމްއާން ފްރޭމްކުރީ އިހުސާންކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައި، އެ ތުހުމަތުތައް އިހުސާން ދޮގުކުރޭ -- ފޮޓޯ: އިމިގްރޭޝަން

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދު އޭސީސީއަށް ހާޒިރުކޮށް ހޯމް މިނިސްޓަރު، އަލީ އިހުސާން ހިންގެވިކަމަށް ތުހުމަތުކުރި ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޝަމްއާން އޭސީސީއަށް ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގަ އެވެ. އޭނާ ހާޒިރުކޮށްފައި ވަނީ އިހުސާންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް އެކްސްގައި އޭނާ ކުރިން ކުރައްވާފައިވާ ޕޯސްޓަކާ ގުޅޭގޮތުން މައުލޫމާތު ނެގުމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ޕޯސްޓެއްކަމެއް ނޭނގެ އެވެ.

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ކުށް ސާބިތުކޮށް 25 އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އިއްވީ ޖޫން 9، ގަ އެވެ. އެ ދުވަހުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމުގެ ކުރިން އެކްސްގައި ޝަމްއާން ދެ ޕޯސްޓެއް ކުރެއްވި އެވެ.

އަޅުގަނޑު ފްރޭމް ކުރީ އިހުސާން، މި ސަރުކާރު ވަގުތުން ބަދަލު ކުރަންޖެހޭ: ޝަމްއާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ހޯމް މިނިސްޓަރު އިހުސާން އިސްވެ ހުންނަވައި އޭނާ ފްރޭމްކުރަން އުފެއްދި ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ރައީސަށް ދެންނެވުމުން މި މައްސަލަ ކުރިމަތިވިކަން ފާހަގަކުރައްވައި، މި ސަރުކާރު ވަގުތުން ބަދަލުކުރަންޖެހޭ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

އެ ދުވަހު ޝަމްއާން ކުރެއްވި ޕޯސްޓުގައި ތުހުމަތުކުރައްވާފައި ވަނީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވްކުރުމަށް އިހުސާން ކޮރަޕްޝަން ހިންގެވި ކަމަށެވެ. އެގޮތުން، ކޮންމެ ކޯޓާއަކަށް 8000ރ. ގެ މަގުން އަދި، އެޕްރޫވް ކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1800 ޑޮލަރުގެ މަގުން އިހުސާން ފައިސާ ނެންގެވި ކަމަށް އެ ޕޯސްޓުގައި ޝަމްއާން ތުހުމަތުކުރެއްވި އެވެ.

"ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫ އެސް ޑޮލަރުގެ މަގުން މިކަން ކުރާ ވާހަކަ ރައީސް އަށް ދަންނަވާ އެކަމުގެ ހެކި ރައީސްއަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ،" ޖޫން 9، ގައި ޝަމްއާން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޝަމްއާންގެ ތުހުމަތުތައް ދޮގުކުރައްވައި ކަން ހިނގި ގޮތް ހާމަކުރަން އިހުސާން ފުލުހުންނަށް އަންގަވައިފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ފްރޭމްކުރި ކަމަށް ބުނެ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ކުރި ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ. މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ރައްޔިތުންނަށް ހާމަކުރުމަށް މިނިސްޓަރު މިހާރު ވަނީ ފުލުހުންގެ މުއައްސަސާއަށް އަންގަވާފައެވެ.

"އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން."

އޭނާގެ މައްޗަށް ދައުވާ އުފުލީ އެ ކަންކަމުގެ ވާހަކަ މުއިއްޒުއާ ހަމައަށް ގެންދިޔުމުން ފްރޭމް ކޮށްގެން ކަމަށް ވެސް ޝަމްއާން ތުހުމަތުކުރެއްވި އެވެ.

ނަމަވެސް، ޖެހިގެން އައި ދުވަހުގެ ހެނދުނު އިހުސާން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި އެކަން ހިނގައިދިޔަ ގޮތް ހާމަކުރުމަށް ފުލުހުންގެ މުއައްސަސާއަށް އަންގަވައިފަ އެވެ.

އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ތަހުގީގު ހިންގާފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކަމަށް ބުނެފަ އެވެ.

"މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެތުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތަީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ތުހުމަތުތަކެކެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން މާޗު 21، 2025، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ. 

ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox