ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވެދާނެތީ ބިރުގަންނާކަށް ނުޖެހޭ، މިއީ ޖިހާދީ ގައުމެއް: އަސްލަމް

ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އަސްލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އަސްލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖެއަކީ ޖިހާދީ ގައުމެއްކަމަށް ވިދާޅުވެ، ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިވެދާތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުން އަސްލަމް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުއަކީ ފަލަސްތީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ހައްދަވާ އެއްވެސް އެއްބަސްވުމަކާ ގުޅޭގޮތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިއްޒަތްތެރި ރައީސް، ޖިހާދީ ގައުމެއް، މުޖާހިދުން އުފަންވެފައި އޮތް ގައުމެއް. މި ގައުމުގެ ހައްގުގައި މި ގައުމުގެ ދީނުގެ ހައްގުގައި މުޖާހިދުން ވަނީ މާޒީގައި ތެދުވެފައި. ގައުމަށް ބޭނުންވި ހިނދު މި ގައުމުން ވަނީ ސަލާހުއްދީން އައްޔޫބީ އާއި ޖޯޖް ވޮޝިންޓަނާއި މަހަތުމާ ގާންދީ އެ ބޭފުޅުންގެ ގައުމަށްޓަކައި ކުރެއްވި ޖިހާދު ކުރައްވާނޭ އެތައް އަބުތާލުންނެއް އުފަންވެފައި،" އަސްލަމް ވިދާޅުވި އެވެ.

"އެހެންވެއްޖެއްޔާ އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހޭ މިއަދު."

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔާ މީހުންނަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ ފަލަސްތީނުގައި ޔަހޫދީން ވަޒަންވެރިވި ގޮތަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު އެ މީހުންނަށް ނުލިބޭނެ ކަމަށެވެ.

އެގޮތުން، ރާއްޖެ މިހާރު މި އޮތީ ފަލަސްތީނުގައި ޔަހޫދީން އެންމެ ފުރަތަމަ ޔަހޫދީން ވަޒަންވެރިވިއިރު، ފަލަސްތީނު އޮތް ހާލަތުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަލަސްތީނުގައި އެ ބުނާ ކަމެއް ހިނގައިދިޔައިރު، އޮތް ހާލަތުގައެއް ނޫން މިއަދު އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންގެ އަތުގައި އެބައޮތް ފުރިހަމަ ގާނޫނުއަސާސީއެއް، މިއީ މިނިވަން ދައުލަތެއް، އަޅުގަނޑުމެންނަކީ އަމިއްލަވަންތަ، އަމިއްލަ ބަހަކުން ވާހަކަދައްކާ އެއް ދީނަކަށް ތަބާވެގެން ތިބި ބައެއް،" އަސްލަމް ވިދާޅުވި އެވެ.

ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު، ފަލަސްތީނު އޮތީ އިނގިރޭސިންގެ އިސްތިއުމާރުގައި ކަމަށާއި އެތަނުގައި ހެދި އެއްބަސްވުމެއްވިއްޔާ ހެދީ އިނގިރޭސިން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox