ނުރައްކާތެރިކޮށް ދުއްވުމުގެ ރިކޯޑު އޮތް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވަނީ

ބްރިޖަށް އަރަން ދިޔަ ސައިކަލެއް ހުއްޓުވައި ޓްރެފިކް ފުލުހުން ސުވާލު ކުރަނީ. ޓްރެފިކް ގަވާއިދާ ހިލާފަށް ބްރިޖުގައި ދުއްވުމަކީ ގޯސްވެފައިވާ މައްސަލައެއް --- ފޮޓޯ: އަދަދު ފައިލް

ބްރިޖަށް އަރަން ދިޔަ ސައިކަލެއް ހުއްޓުވައި ޓްރެފިކް ފުލުހުން ސުވާލު ކުރަނީ. ޓްރެފިކް ގަވާއިދާ ހިލާފަށް ބްރިޖުގައި ދުއްވުމަކީ ގޯސްވެފައިވާ މައްސަލައެއް --- ފޮޓޯ: އަދަދު ފައިލް

މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުމުގެ ރިކޯޑު އޮންނަ މީހުން ހާޒިރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރުދޭން ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަދަދު ނޫހަށް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ރިކޯޑު އޮތް މީހުން އެ އިދާރާއަށް ހާޒިރު ކުރުމަށްފަހު، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ނުރައްކާތެރިކޮށް މަގުމަތީގައި ވެހިކަލް ދުއްވުމުގެ ރިކޯޑު އޮތް މީހުން ހާޒިރުކޮށް އެ މީހުންނަށް ނަސޭހަތްތެރިވަމުން. އެފަދަ ކަމެއް ދެން ތަކުރާރުކޮށްފި ނަމަ، އެ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނެ ކަމުގެ އިންޒާރު ވެސް ދެން،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މީގެ ކުރިން މަގުތައް މަތީގައި ބާރަށް ވެހިކަލް ދުއްވުމުގެ ރިކޯޑު އޮތް 22 އަހަރުގެ ޒުވާނަކު ފުލުހަށް ހާޒިރުކޮށް މިއަދު ނަސޭހަތްތެރިވެފަ އެވެ.

ފުލުހުން ބުނީ އެ ޒުވާނާގެ ރިކޯޑުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަގުމަތީގައި ސްޓަންޓު ޖައްސަމުން ދުއްވުމާއި އަރިއަރިއަށް ބާރު ސްޕީޑުގައި ދުއްވުން ހިމެނޭ ކަމަށެވެ.

ދިގު ކިޔުން: އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނާއެކު އައި ބޮޑެތި ބަދަލުތައް

މި ބަދަލުތަކަށް ސޯޝަލް މީޑިއާގައި ތައުރީފާއި ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ. ގާނޫނާމެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އޮކްޓޯބަރު 1، 2026، އިން ފެށިގެން ގާނޫނަށް ބަދަލުތަކެއް އަންނާނެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ، ވެހިކަލްތަކާ ބެހޭ ގާނޫނުން އަލަށް ތައާރަފުވާ ކަންކަމާއި ރައްޔިތުންނަށް އެނގެން މުހިންމު މައުލޫމާތުތައް.

އޭގެ އިތުރުން، ވަންވޭއާ ހިލާފަށް ދުއްވުމާއި މޯބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުމާއި އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުން ވެސް އޭނާގެ ރިކޯޑުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ނުރައްކާތެރިކޮށް މަގުމަތީގައި ވެހިކަލް ދުއްވާ މީހުން ހާޒިރުކޮށް ފުލުހުން ނަސޭހަތްތެރިވާން ފަށާފައިވާއިރު، މި މަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގައި ފުލުހުންނަށް ބޮޑެތި ޒިންމާތަކާއި ބާރުތައް ދީފައިވެ އެވެ.

އެގޮތުން، މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުން 25،000ރ. އާއި 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާއި ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސެންސް ހިފެހެއްޓުމުގެ ބާރު އެ ގާނޫނުގެ ދަށުން ލިބެ އެވެ.

އަދި، ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، ދުއްވި މީހާ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް އައު ގާނޫނުގެ ދަށުން ކުރެވެ އެވެ.

ނުރައްކާތެރިކޮށް ދުއްވަން 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް 
ނުރައްކާތެރިކޮށް ދުއްވަން ފަސް އަހަރާއި 10 އަހަރުގެ މުއްދަތައް ލައިސަންސް ހިފެހެއްޓުން (ޓްރެފިކް ފުލުހުންނަށް އިހުތިޔާރީ)
ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް 
އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ފަސިންޖަރާ ހަވާލު ކުރުން 25،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދު ޖޫރިމަނާއެއް 
އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ފަސިންޖަރާ ހަވާލު ކުރުން ދެ އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ލައިސަންސް ބާތިލު ކުރުން 
އުޅަނދުގެ ކޮންޓްރޯލް ހަވާލުކޮށްގެން މީހަކަށް އަނިޔާވެއްޖެ ނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް 
އުޅަނދުގެ ވެރި ފަރާތް ބަދަލުނުކޮށް ދުއްވުން 750 ރުފިޔާގެ ޖޫރިމަނާއެއް 
ރަޖިސްޓްރީ ބާތިލްކޮށްފައިވާ އުޅަނދެއް ދުއްވުން އުޅަނދު ދުއްވި ފަރާތް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު ލައިސަންސް ޑީމެރިޓްކުރުން އަދި އުޅަނދުގެ ވެރި ފަރާތް 1000 ރުފިޔާއިން ޖޫރިމަނާ ކުރުން 
އަހަރީ ފީ ނުދައްކައި އުޅަނދެއް ދުއްވުން 750 ރުފިޔާގެ ޖޫރިމަނާއެއް 
ރޯޑްވާދިނަސް ނެތުން 1000 ރުފިޔާގެ ޖޫރިމަނާއެއް 
ގާނޫނާ ހިލާފަށް ރޯޑްވާދިނަސް ސެޓިފައި ކުރުން 20،000 ރުފިޔާގެ ޖޫރިމަނާއެއް 
ނިޝާންތަކާއި ޓްރެފިކް ލައިޓާ ހިލާފުވުން  1000 ރުފިޔާ ނުވަތަ 1500 ރުފިޔާ ނުވަތަ 2000 ރުފިޔާގެ ޖޫރިމަނާއެއް 
ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުން 2000 ރުފިޔާ ނުވަތަ 3000 ރުފިޔާ ނުވަތަ 5000 ރުފިޔާއިން ޖޫރިމަނާ ކުރުން 
ހައިވޭގައި ގާނޫނާ ހިލާފަށް ދުއްވުމާއި މަޑުކުރުން 2000 ރުފިޔާ ނުވަތަ 3000 ރުފިޔާ ނުވަތަ 5000 ރުފިޔާއިން ޖޫރިމަނާ ކުރުން 
އުޅަނދުގައި ތަކެތި ހަމަނުވުން 750 ރުފިޔާ ނުވަތަ 1000 ނުވަތަ 1500 ރުފިޔާގެ ޖޫރިމަނާއެއް 
ލައިސަންސް ޕްލޭޓުގެ ނަންބަރު އޮޅުވާލުން 10،000 ރުފިޔާގެ ޖޫރިމަނާއެއް 
ލައިސަންސް ނެތި ދުއްވުން1000 ރުފިޔާ 1500 ރުފިޔާ ނުވަތަ 2000 ރުފިޔާގެ ޖޫރިމަނާއެއް 
ދުވާރު ނުވަތަ ހިނގަން ހާއްސަ ތަނެއްގައި އުޅަނދެއް ދުއްވުން 750 ރުފިޔާގެ ޖޫރިމަނާއެއް 
ޒިބްރާކްރޮސް އިން ހުރަސް ކުރަން ޖާގަ ނުދިނުން 1500 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ޑީމެރިޓް ކުރުން 
އެމެޖެންސީ އުޅަނދަކަށް ހުރަސްއެޅުން 1500 ރުފިޔާއިން ޖޫރިމަނާ ކުރުން 
އުޅަނދެއް ދުއްވާއިރު ފޯނު ބޭނުން ކުރުން 750 ރުފިޔާގެ ޖޫރިމަނާއެއް 
މީހުންނަށް އުނދަގޫވާ ގޮތަށް އުޅަނދެއްގައި އަޑުގަދަ ކުރުން 750 ރުފިޔާގެ ޖޫރިމަނާއެއް 
އުޅަނދު ދުއްވާއިރު ސިނގިރޭޓު އިސްތިއުމާލު ކުރުން 750 ރުފިޔާ ނުވަތަ 1000 ނުވަތަ 1500 ރުފިޔާގެ ޖޫރިމަނާއެއް 
ކުޑަކުދިން އަރުވައިގެން ގަވާއިދާ ހިލާފަށް ދުއްވުން 750 ރުފިޔާގެ ޖޫރިމަނާއެއް 

އައު ގާނޫނުގެ ދަށުން ލައިސެންސް ހިފެހެއްޓުމުގެ އިތުރުން، ލައިސެންސް ޑީމެރިޓް ކުރުމުގެ އައު ނިޒާމެއް ވެސް ތައާރަފުކުރަން ޖެހެ އެވެ. ލައިސެންސުން ޕޮއިންޓު ކެނޑުމަކީ މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން، ޑީމެރިޓް ސިސްޓަމް ގާއިމްކޮށް އަމަލު ކުރަންޖެހެނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. އެ ސިސްޓަމުގެ ތެރެއިން ޑްރައިވިން އެޑިއުކޭޝަން ޕްރޮގްރާމް ނެގޭނެ ގޮތް ވެސް ފަރުމާ ކުރަން ޖެހެ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން، ވަކި މިންވަރަކަށް ލައިސަންސުން ޕޮއިންޓު ކެނޑުމުން ލައިސަންސް ހިފަހައްޓަން ޖެހެ އެވެ. އޭގެ ފަހުން ލައިސަންސް ލިބޭނީ ޑްރައިވިން އެޑިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. މިއީ މި ގާނޫނުން މުޅިން އަލަށް ތައާރަފް ކުރާ ކަމެކެވެ. 

ޕޮއިންޓު ޑީމެރިޓް ކުރާތާ ދެ އަހަރު ފާއިތުވާއިރު އިތުރު އެއްވެސް ޕޮއިންޓެއް ކެނޑިފައިނުވާ ނަމަ ކުރިން ރިކޯޑު ކުރެވިފައިވާ ޕޮއިންޓުތައް އުނި ކުރެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox