ހާމަކަމެއް ނެތި ބޭރުގެ ކުންފުންޏަކަށް ރަސްމާލެ ދޫކޮށްލުމުން ސާފުވަނީ މިއީ ހެޔޮ ވެރިކަމެއް ނޫންކަން: މަތީން

އެތެރެފުށް ޕްރޮގްރާމްގައި މަތީން ވާހަކަދައްކަވަނީ: އޭނާ ގެންދަވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އަދަދު

އެތެރެފުށް ޕްރޮގްރާމްގައި މަތީން ވާހަކަދައްކަވަނީ: އޭނާ ގެންދަވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އަދަދު

އެއްވެސް ހާމަކަމެއް ނެތްގޮތަށް ރަސްމާލޭގެ ބިމުން ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޭން ނިންމުމުން ސާފުވަނީ މި ސަރުކާރުން ކުރަނީ ރަނގަޅު ހެޔޮ ވެރިކަމެއް ނޫންކަން ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ ސަރުކާރުގެ ބޭނުމަށް ކިތަންމެ ކުޑަ ކަމެއް ހޯދަން ޖެހުނަސް، އެކަން ކުރަން ވަކި އުސޫލެއް ހަމައެއް އޮންނަ ކަމަށެވެ. ނަމަވެސް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މުދަލެއް ބޭރުގެ ބަޔަކަށް ދިންއިރު، ވާއެއް ނުވާއެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފޮތްފަންސޫރު ދައުލަތަށް ހޯދަން ވީމާ، ކޮފީ ދަޅު ހޯދަންވީމާ އެބަޖެހޭ އިއުލާނުކުރަން، ބިޑުކުރަން. އެކަމަކު 20 އަކަށް ބިލިއަން ޑޮލަރުގެ ދައުލަތުގެ މުދަލެއް މީހަކަށް ހިލޭ ދެވޭއިރުގައި މި ހަމަ، މީހެއް ކައިރީގައި އަހައިލުމެއް ކަހައިލުމެއް ވެސް ނެތް، ބިޑު ޕްރޮސެސްއެއް ވެސް ނެތް، ޓްރާންސްޕޭރެންސީއެއް ވެސް ނެތް،" މަތީން ވިދާޅުވި އެވެ.

"އެހެންވީމާ މި ނުވޭ ރަނގަޅު ހެޔޮ ވެރިކަމަކަށް، ދެ ފުށް ފެންނަ ވެރިކަމަކަށް ދެއްތޯ؟"

އޭގެ އިތުރުން، ބިޑު ކުރުމެއް ނެތި ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް 99 ދޭން އެއްބަސްވި ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް، އެތަނުން ޕްރޮޕާޓީއެއް ވިއްކާލާ ނުވަތަ ތަރިކައިގެން ގޮތުގައި ދެވަނަ ނުވަތަ ތިންވަނަ ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ވިޔަސް ދޭ ކޮންމެ ފަހަރަކު 99 އަހަރު އިތުރުވާކަން އީގަލް ހިލްސް ކުންފުނިން ހާމަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އެގޮތަށް 99 ޕްލަސް ޕްލަސް އަހަރަށް ކުއްޔަށް ދިނުން އެއީ މިލްކު ކޮށްދިނުން އެއީ. އެހެންވީމާ އެއީ ގާނޫނުގައި އޮންނަ ދެފޮޅުވަތް ދޭތެރެއިން މިލްކުވެރިކަން ހޯދައިފައި އެއޮއް ފެންނަނީއޭ،" މަތީން ވިދާޅުވި އެވެ.

އެންމެ ކުރު މުއްދަތަށް ބެލިކަމުގައިވިޔަސް، 99 އަހަރު ވަންދެން ދުނިޔޭގައި ތިބެނީ ކިތައް މީހުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި، އެ އުމުރަށް އަޅާއިރު ދުނިޔޭގައި ތިބޭ މީހުންގެ ތެރެއިން ވެސް ގަދަވެ ސަލާމަތުން ތިބެނީ ކޮންބައެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ރަސްމާލެއާމެދު ކަންބޮޑުވެގެން އުޅެނީ އެތަނުގެ ބައެއް އަލައްބާރުއަށް ދޭން ސަރުކާރުން ނިންމުމުން އެކަނި ނޫންކަމަށް މަތީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަސްމާލެއަކީ ގޯސްތަކެއްގެ ސިލްސިލާއެއް ކަމަށެވެ.

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ މާލެއަށް މީހުން ތޮއްޖެހުންކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ އެ މައްސަލަ އެހެން އޮއްވައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދުކޮށްގެން މާލެ ސަރަހައްދުގައި ސިޓީއެއް ބިނާކުރުމުގެ މަސައްކަތް ފެށުން އެއީ އޭގެ ޒާތުގައި ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ރަސްމާލެ ހިއްކަން ކުރި ހަރަދާއި ހޭދަކުރި ވަގުތު، ރާއްޖޭގެ އެހެން ސަރަހައްދެއް ތަރައްގީ ކުރުމަށް އިންވެސްޓުކުރި ނަމަ، އޭގެ ފައިދާ މާބޮޑުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"700 މިލިއަން ޑޮލަރުން ޒަމާނީ ސިޓީއެއް ތަރައްގީ ކުރެވޭެނ އައްޑޫ ސިޓީގައި، ލާމު އަތޮޅުގައި ހދ. އަތޮޅުގައި،" މަތީން ވިދާޅުވި އެވެ.

"ހަގީގަތަށް ދަންނަވަންޏާ ރައީސް މުއިއްޒު މިކަމުގައި ދޫދެއްވާފައި ތަންކޮޅެއް އޯޕެން މައިންޑެޑްކޮށް ފުޅާ ވިސްނުމެއްގައި ކުރިއަށް ގެންދަވާނަމަ ރައީސް މުއިއްޒު އަމިއްލަފުޅަށް އުފެއްދެވި ސިޓީއެއްގައި އެ ތަނުގެ އިމާރާތްތަކުގައި މިހާރު މީހުން ދިރިއުޅޭނެ."

އެހެންނަމަވެސް، އެ ސިޓީ ތަރައްގީކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ކަމަށް ނިންމައިގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީމާ އޭގެ ހަގީގީ ކްރެޑިޓް ސަރުކާރަށް ނުލިބޭކަމަށް މަތީން ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ފަޅުކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރާނީ އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށް މުއިއްޒު އިއުލާނުކުރެއްވިއިރު، އެކަން ހާސިލު ކުރުމަށްޓަކައި ހިންގެވީ އިކޯސައިޑެއް ކަމަށެވެ.

"ރާއްޖޭގައި އޮތް ބޮޑު އެއްފަޅު ހިއްކާލީމި، ކޮންކަހަލަ ބޮޑު ތިމާވެށީގެ ޖަރީމާއެއްތޯ ދެއްތޯ؟ އެއީ އެއް ވާހަކަ، ތިމާވެށީގެ ގޮތުން ބަލާއިރު ދެކޮޅުޖެހޭ އެއްޗެއް ނޫން، ޕްލޭނެއް، އާބަން ޑިވެލޮޕްމެންޓަށް ބަލާއިރު ދެކޮޅުޖެހޭ އެއްޗެއް ނޫން، ދެން އަނެއްކާ އެތަނަށް ހަރަދުކުރީ ކިހިނެއްކަމެއް ނޭނގޭ،" މަތީން ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔައީ ނިންމަން ޖެހިފައި ހުރި ކުދިކުދި މަޝްރޫއުތައް މަޑުޖައްސައިލުމަށްފަހު، ކަމަށެވެ. މުޅި ރާއްޖެއަށް ޑޮލަރުގެ ބޮޑު ތަދެއް ކުރިމަތިވީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަދު ދުވަސްވަރެއްގައި ރަސްމާލެ ހިއްކުމަށް އެތައް ހަރަދެއް ކުރުމުގެ ބަދަލުގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ހިފިނަމަ، ރައްޔިތުންގެ ލޯތްބާއި ތާއީދު މާބޮޑަށް މުއިއްޒުއަށް ލިބޭނެ ކަމަށް މަތީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox