ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ ބަދަލުގައި ހަފުތާއެއްފަހުން ވެރިން ޑިޖިޓަލްކޮށް ޖޫރިމަނާކުރަން ފަށަނީ

މާލޭ މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި މީގެ ކުރިން ސްޓިކާ ޖަހާފައި -- ފޮޓޯ: އަދަދު

މާލޭ މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި މީގެ ކުރިން ސްޓިކާ ޖަހާފައި -- ފޮޓޯ: އަދަދު

މިއަދުން ފެށިގެން އެއް ހަފުތާފަހުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ޓްރެފިކް ގަވާއިތަކާ ހިލާފުވާ މީހުންނަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅަންފަށާނެކަން އިއުލާނުކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި މަހުގެ 21، ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. އަދި، ފިޔަވަޅު އެޅޭ ފަރާތްތަކަށް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް އެކަން އަންގާނެކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

"އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މި އިއުލާނު ސަރުކާރުގައި ޝާއިއުކުރާ ތާރީހުން [މިއަދުން] ފެށިގެން ހަތް ދުވަހުގެ ތެރޭގައި މިހާރު ބޭނުންކުރައްވާ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލްއިން އަޕްޑޭޓު ކުރެއްވުމަށް ދެންނެވީމެވެ،" އެ އިއުލާނުގައި ބުންޏެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ޑިޖިޓަލްކޮށް ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާގައި، ޖޫރިމަނާ ކުރާނީ ގަވާއިދާ ހިލާފަށް ވަކި ސަރަހައްދުތަކެއްގައި ޕާކުކުރާނަމަ ކަމަށެވެ. އެ ސަރަހައްދުތަކަކީ:

  • ހޮސްޕިޓަލް ސަރަހައްދު
  • ސްކޫލް ސަރަހައްދު
  • ކަފިހި ހުރަސް
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ޕާކު ކުރުމަށް ހާއްސަކޮށްފައިވާ ސްލޮޓުތައް
  • މާލޭގެ: މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގު ރޯޑު)
  • ހުޅުމާލެ ފުރަތަމަ ފޭސްގެ: ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު
  • ހުޅުމާލެ ފޭސް ދޭއްގެ: ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، ހިތިގަސް މަގު

އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް އުޅަނދެއް ޕާކުކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާ ކުރުމާއެކު އެ އުޅަނދެއްގެ ވެރިފަރާތުގެ ލައިސެންސުން ޑީމެރިޓް ޕޮއިންޓު ކެނޑޭނެ އެވެ.

ނަމަވެސް، ގޯޅިއެއް ނުވަތަ މަގެއްގެ ކަންމައްޗާއި ސްކޫލްތައް ކައިރީގައި ޕާކިން ޒޯނު ނޫން އެހެން ތަނެއްގައި އާއި ބަސް ހުއްޓުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ކަފިހިހުރަސް މަތީގައި އުޅަނދެއް ޕާކުކުރާ ކޮންމެ ފަހަރަކު އޭގެ ވެރިފަރާތް 1500ރ. އިން ޖޫރިމަނާ ކުރުމާއެކު ލައިސެންސުން ޕޮއިންޓު ކެނޑޭނެ އެވެ.

ގާނޫނާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ އިތުރުން، އެ އުޅަނދުތައް ބޫޓު ކުރުމުގެ ބާރު ގާނޫނުން ދީފައިވެ އެވެ. އަދި، އުޅަނދު ހުންނަ ސަރަހައްދުން ނޫން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ބާރު ވެސް ފުލުހުންނަށް ގާނޫނުން ދީފައިވެ އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕާކު ކުރުމަށް ކަނޑައަޅާފައިވާ ޒޯނެއްގައި ވެސް އުޅަނދެއް ޕާކު ކޮށްފައި ބޭއްވޭނީ އެންމެ ގިނަވެގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުރަތަމަ މަރުހަލާގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ ވެރިފަރާތް ޖޫރިމަނާކުރަން ފެށި ނަމަވެސް، ފުލުހުންގެ ޗެކްޕޯސްޓުތަކުން ހުއްޓުވާ މީހުންނާއި މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުންނާމެދު ވެސް ޑިޖިޓަލްކޮށް ފިޔަވަޅު އެޅުމުގެ ބާރު އެ ގާނޫނުން ފުލުހުންނަށް ލިބެ އެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ވެރިފަރާތް ޑިޖިޓަލްކޮށް ޖޫރިމަނާކުރަން ފަށާނެކަން ސަރުކާރުން އިއުލާނުކޮށްފައިވާއިރު، ޕާކު ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox